މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ފަރުވާއެއް ކަމަށްބުނެ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަތަށް ބޮސްދެމުން ދިޔަ އިންޑިޔާގެ ފާދިރީއަކު، ކޮވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

އެ ފާދިރީ ބަލި ޖެހިގެން މަރުވި އިރު، އޭނާގެ ފަރާތުން 20 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ ރަތްލަމް ސަރަހައްދަށް ނިސްބަތްވާ މި ފާދިރީ މީހުންގެ އަތަށް ބޮސްދެމުން ދިޔައީ، އޭނާ ބޮސްދިނުމުން އެކި ކަހަލަ މުސީބާތްތަކުން ސަލާމަތްވާނެ ކަމަށާއި، ކޮވިޑް-19 ބަލިންވެސް މީހާ ރައްކާތެރިވާނެ ކަމަށް ބުނެއެވެ.

އެ ފާދިރީ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އެއަށްފަހު، އެ ސަރަހައްދުން 40 މީހެއްގެ ސުންކު (ސާމްޕަލް) ވަނީ ނަގާފައެވެ. އޭގެތެރެއިން 20 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން އެ ފާދިރީ މަރުވެފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

މިހާތަނަށް މުޅި ދުނިޔެއިން 8,119,575 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިންޑީޔާއިން މިހާތަނަށް 343,091 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އެގައުމަކީ މުޅި ދުނިޔެއިން 4 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ގައުމެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އިންޑިއާގެ ފާދިރީން ގެންދަނީ ބަލީގެ ފަރުވާ ކަމަށް ބުނެ، އެއްވެސް އަސާސެއް ނެތް އެތައް ކަމެއް އާއްމުން ލައްވައި ކުރުވަމުންނެވެ. ގެރީގެ ކުޑަކަމުދާ އެއްޗެއްސަކީ ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ އިންޑިއާގެ ބައެއް ފާދިރީން ވަނީ ގެރީގެ ކުޑަކަމުދާ ތަކެއި ބުއިމަށް އާއްމުންނަށް ލަފާ ދީފައެވެ.

ކޮވިޑް-19 އަށް އިންޑިއާގެ ބައެއް މީހުން މިހާރު ދަނީ އަޅުކަން ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގެރިގަޑު

    އިންޑިޔާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅީ!

    61
    • ސަޓަނި

      އޯކޭ ބުރޯ!!

      17
      2
  2. Anonymous

    ބުއްދި ކޮބާ ތަ މިމީސްމީހުން

    33
    • ޜާނާ

      ގެރީގެ ބުއްދި ހުރީމަވާ ގޮތް އެއީ

      31
  3. ބޭބެ

    ގެރީގެ ކުޑަކަމުދާ އެއްޗެހި ބު އި ފާނދިރީ ކަލޭގެ ވެސް މަރުވި ވާހަކަ މަދެކުނިން މީން ނޫހަކުން

    22
  4. އަލިބެ

    އަރޭ. ބާބާ މަރްގަޔާ. އަބް އިލާޖީ ކޯން ކަރޭގާ؟

    20