އިންޑިއާގެ ސިޓީއެއް ކަމަށްވާ ކަންޕޫރުގައި ރާ ބުއި ރާމާމަކުނެއް އުމުރަށް ޖަލަށް ލައިފިއެވެ.

"ކަލުއާ" ގެ ނަމުން ނަން ދީފައިވާ މި ރާމަމަކުނަކީ މިރްޒާޕޫރަށް ނިސްބަތްވާ ރާމާމަކުނެއް ކަމަށް އެ ގައުމުގެ މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މިހާތަނަށް މި ރާމާމަކުނު ވަނީ 250 އަށްވުރެ ގިނަ މީހުންގެ ގައިގައި ދަތް އަޅާފައެވެ. އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ރާމާމަކުނަކީ ސިހުރު ފަންޑިތަ ހާދާ މީހަކު އޮޅުކޮށްގެން ގެންގުޅުނު އެއްޗެކެވެ. އަދި އޭނާ ވަނީ ކޮންމެ ދުވަހަކު ރާމާމަކުނަށް ރާ ބޯންދީ އެކަމަށް ދެވި ހިފުވާފައެވެ. އޭގެ ފަހުން އޭނާ މަރުވުމުން ރާމާމަކުނަށް ވަނީ ރާ ލިބޭނެ ގޮތެއް ނުވެފައެވެ.

ރާ ނުލިބުމުގެ ސަބަބުން މީހުންނަށް ބިރު ދައްކަމުން މީހުންގެ ގައިގައި ދަތް އަޅަމުން މި ރާމާމަކުނު ފަށާފައިވާތީ އެ އަވަށުގެ މީހުން ވަނީ ޒުލެއްގެ ބަޔަކަށް ގުޅައި އެ ރާމާމަކުނު ހިފަން އިރުޝާދު ދީފައެވެ. ޒުލުގައި މަސައްކަތް ކުރާ މީހުންނަށްވެސް މި ރާމާމަކުނު ހިފުނީ ވަރަށް އުނދަގުލުންނެވެ.

"މިހާރު ވަނީ ވަކިން ތަނެއްގައި ކޮއްޓަކަށް ލާފައި ބެހެއްޓިފައި. އަދިވެސް އުޅުމަކަށް އެއްވެސް ކަހަލަ ބަދަލެއް އައިސްފައިވާ ތަނެއް ނުފެނޭ. މިތަނަށް ގެނައިތާ ތިން އަހަރު ވެއްޖެ. އެހެން ނަމަވެސް މިހާރު ނިންމައިފިއިން އުމުރު ދުވަހު މިތަނުގައި ޖަލެއްގެ އުސޫލުން ބާއްވަން" ޒުލުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ކަމަށްވާ ނާސިރު ބުންޏެވެ.

އެ ކޮށި ބަލަހައްޓާ މީހާއާވެސް އެއްވެސް ކަހަލަ ރައްޓެހި ކަމެއް އެ މަކުނު ނުބަހައްޓާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އެ ރާމަމަކުނަކީ އުމުރުން ހަ އަހަރުގެ މަކުނެއް ކަމަށާއި، މިހާރު ދޫކޮށްފިނަމަ ބޭނުން ބަޔަކަށް އަނިޔާ ކުރަމުން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މުރާދު

  މިނިވަން ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ޝަރީއަތަކާ ނުލާ މަކުނަށް އެުމުރ ދުވަހަށް ކުރި ހުކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން

  21
  3
 2. ހަސަނު

  ހަމަ ރާމާމަކުނު ރާކޮޅެއް ބޯލާއިރަށް ޖަލަށް، ރޭޕްކުރާ މީހުން މިނިވަން ކަމާއެކީ މަގުމަތީގަ. ހާދަހާވާ އިންސާފުވެރި ގައުމެކޭމީ.

  41
 3. ހޭވައްލާ

  އެކަމަކު ވާ މި ދިވެހިރާއްޖެ މަކުނަކަށް ވުރެ ވެސް ފަހަތުގައި

  24
 4. ގޮރިއްލާ

  ހާދަ ލަދުހަޔާތް ކުޑަ ރާމާމަކުނެކޭ... ޕިސްޕިސްޕިސްޕިސް?

  8
  1
  • Anonymous

   ހީހީ ހަލާކު

 5. ޜަފީގް

  ޚޮބާ