ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި އެތައް ދިވެހިންގެ މެދުގައި މަގްބޫލް ކައިޒީންގެ އިންސްޓަގްރާމް ޕޭޖަށް 100،000 ފްލޯވާސް ލިބުމުގެ އުފަލުގައި ދޭން ނިންމި 3000 ޑޮލަރާ އެކު، ޕޭޖްގައި ތިބި ފްލޯވަރުންގެ އަދަދު 114،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އިންސްޓަގްރާމްގައި އޭނާއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުންނާއި ކޮވިޑް-19 ގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި ގިވްއަވޭގެ ފޭނުންނަށް ދޫކޮށްލީ މިދިޔަ ހޮނިހިރު ދުވަހެވެ. އޭރުގައި، ކައިޒީންގެ ފޮލޯވާސްގެ އަދަދު ހުރީ 105،000 ގައެވެ. އެކަމަކު، މިއަދުގެ މިހާތަނަށް ފްލޯވާސްގެ އަދަދު ވަނީ 114،000 އަށް އަރައިފައެވެ.

ކައިގެ ފޭނުންނަށް 3000 ޑޮލަރު ހޯދުމުގެ ފުރުސަތެއް

ބެލެވޭ ގޮތުގައި، ކުއްލިއަކަށް ކައިޒީންގެ ފޮލޯވަރުންގެ އަދަދު އިތުރުވީ ގިވްއަވޭގެ ސަބަބުންނެވެ.

https://www.instagram.com/p/CBX0xg4AC5J/?utm_source=ig_embed

ކައިޒީން "ވަގުތަށް" މިއަދު ބުނީ ގިވްއަވޭ ދިނުމަށް "ޕަބްލިސިޓީ" ހޯދަން ނޫން ކަމަށާއި މިހާތަނަށް އައިއިރު، އޭނާ އަށް އެކަށީގެންވާ ވަރަށް ޕަބްލިސިޓީ ލިބިފައިވާ ކަމަށެވެ. މިއީ އޭނާގެ ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ގިވް އަވޭ" ގައި ބައިވެރިވެވޭނީ ކިހިނެއް؟

ކައިޒީން ބުނީ އޭނާގެ ސަޕޯޓަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1000 ޑޮލަރު ދޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް 15،000ރ. އެވެ. ނަސީބުވެރި ތިން މީހުން ހޮވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ކައި ދޭން ނިންމާފައިވާ ހަދިޔާ ބޭނުން ނަމަ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ އިންސްޓަގްރަމް ފޮލޯ ކުރަން ޖެހޭނެއެވެ. އަދި ގިވްއަވޭގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، ތިން ރަހްމަތްތެރިއަކު ކޮމެންޓް ސެކްޝަންގައި ޓެގް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ސްޓޯރީގައި އެ ޕޯސްޓު ޝެއާ ކުރަން ޖެހޭނެއެވެ. އެހާ ހިސާބުން ކައިޒީންގެ ގިވްއަވޭގައި ބައިވެރިވެވުނީއެވެ.

ކައި ބުނި ގޮތުގައި މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިކަން ކުރިއަށް ދާނެއެވެ.

ރާއްޖޭގެ މަޝްހޫރު ބްރޭންޑްތަކުގެ އެމްބެސެެޑަރުކަން ކޮށްފައިވާ ކައިޒީންއަކީ ރާއްޖޭގެ އެންމެ ނަން ހިނގާ އަންހެން މޮޑެލްވެސް މެއެވެ.

ކައިޒީންގެ އިންސްޓަގްރާމް ޕޯސްޓަށް މިހާތަނަށް 18،000 އާ ގާތް ކުރާ އަދަދަކަށް ލައިކްސް ވަނީ ލިބިފައެވެ. އަދި 7،000 އަށް ވުރެ ގިނަ ކޮމެންޓު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މާމީ

    އޮރިއާން ވި ވަރަކަށް ފުލޯވަރުން ގިނަވެ ޓެގުކުރާ މީހުުން ގިނަވާނެ.

    178
    7
    • ބޮޑު ވަރު

      އަސްލުވެސް..ކީއްކުރަން ތީނަގެ ފޭންއަކަށްވާކަށް ކޮންފައިދާއެއް...

      65
      3
    • ބީރުމީހާ

      ކައި އާދޭސްކޮއްފަ މިބުނީ ﷲގެމަގަށް އެބުރި ރުޖޫޢަވޭ މީ ވަގުތީތަނެއް ތިކުރާއެއްވެސްކަމެއްގެ ފައިދާއެއް އެދުވަހަކުން ނުލިބޭނެ އަދި ތިޔާ ހޯދާ ފައިސާއަކީ އަލިފާން ކޮއްކޯ އަސްލާހުވޭ ވަގުތު ފާއިތުނުވަނީސް

      37
      1
  2. އަރީ

    ތިންހާސް ޑޮލަރު ދީފިތަ މީހަކަށް ؟ ކޮން ވިޔަފާރިވެރިޔަކުތަ ކައި އަށް 3000 ޑޮލަރު ހޯދަ ދެނީ؟

    97
    4
    • ހޮނޑާފުށި

      ވިޔަފާރިއެއް ނޫން ވިޔަފާރިވެރިން

      32
  3. ހާމިދު

    ޢެދެނީ ތިކުއްޖާއަށް ތެދުމަގު ދެއްކެވުން .

    147
    1
  4. ކިމް

    ދިވެހިންވެސް ދޯ ލާރިއަށް ބޫތުކައިފަ ވަރިހަމަ ބިންމަތީގަ ދޫ ލާންވިޔަސް އެކަން ކުރާނެ

    93
    2
  5. ޖިން

    ތިޔައްވު ރެއް ރަގަޅު ހެދުމެއް ލާންނުލިބުނީތަ ތިވަ ރު ވާކަން ނުވާނެ ތިމާ މަޝްހޫ ރު ވިއަސް

    96
    3
  6. ރިސްމީ

    ތިގިވްއަވޭ ހޯދަން އަމިއްލަ ފި ރިންވެސް ޓެގްކޮށްލާފަ? ލާ ރިއަށް ބޫތުކައިފަ

    44
    1
  7. ކކކކ

    މާތް ﷲ އަށް ބިރުވެތިވޭ.

    60
    1
  8. ރުޝާ

    މާތްﷲ ފޮރުވުމަށް އަންގަވާފައިވާ ގުނަވަންތައް އެންމެންނަށް ފާޅުކުރަމުން ދުވިވަރަކަށް ފޮލޯކުރާނެމީހުން އަދި އިތުރުވާނެތާ؟އެއްފަހަރުވެސް ވިސްނާފިކުރުކޮށްލިންތަ ތިމާމީ މުސްލިމެކޭ ކިޔައިގެން އުޅޭ މީހެކޭ.ހުރި ހަލާކެއްގެ ބޮޑުކަމެއްދޯ.މާތްﷲ ތިމަންޖެއަށް ހެޔޮމަގު ދައްކަވާންދޭވެ.

    72
    1
  9. ކޮމެންޓު

    ގައިމު ގާނޫނުގަ އޮތީ ރާއްޖޭގަ އޮރިޔާން ކާޑު ގެންގުޅުމާ އުފެއްދުން މަނާކަމަށް. ދެން އޮރިޔާން ކަމަށް ބަލާނީ ކިހާވަރެއް ވީމަ ބާ. ހިކަނދި ފަތަކުން ނިވާ ކުރީމަވެސް ރަނގަޅުވާނެ ދޯ މިދާވަރުން

    58
    1
  10. ޓައްޕު

    މިލިޔަނެއްދިނަސް މަނޫޅެން ފޮލޯކުރާކަށް އެއްވެސް އެއްޗެއް ނުލާހުރިއްޔާ މާގިނަ މީހުން ފޮލޯކުރާނެ ކަމަށް ލަފާކުރެވޭ ފުކެއް ބޮޑުވަރު

    51
    2
  11. ލާމު

    ދިވެހި މުސްލިމެއްތަ؟ އޮރިޔާން ނިވާކޮށްބަލަ! މާތްﷲ މި މަންޖެއަށް ތެދުމަގު ދައްކަވާށި.

    52
    4
  12. ހައްޤުބަސް

    މިރާއްޖޭގެ މިފަދަ އަންހެނުންނާއި ހެދި ހޭބަލިވާ ފިރިހެނުން މަދެއް ނޫން.... ސޯލިހު އަންބަކު ލިބުނަސް އެގޭ އަގުވަޒަން ކުރަނީ މަދު ފިރިހެނަކު.

    63
    3
  13. ާައަންނި

    ކައީތީ ހަމަ ރާއްޖޭގެ އެއްމެ ހޮޓް.

    9
    63
    • ހަހަހަ

      ނަރަކައިގެވެސް އެންމެ ހޮޓް މަގާމު ލިބޭނެ އެހެން އުޅުނއވަރަކަށް.... އޭނަ ފޮލޯކޮއްފިއްޔާ ކަލެއަށްވެސް...

      10
  14. އެން

    ބައި މުށް ފޮތި ޚަރަދު ކުރަން ނުކެރޭއިރު ކޮން 3000 އެއް؟

    67
    1
    • ޙދޖ

      ހަހަހަހަ. ދޮގެއް ނޫން

      24
      1
  15. Anonymous

    ޝައްކެއްނެތް އެ ލާރި ހޯދުން ހަލާލެއް ނުވާނެ

    22
    1
  16. ކައު

    މަހީކުރީ ކައިލީ ޖެނީ.

    11
    2
  17. މަގޭ

    އަޅުގަނޑުގެ ކޮމެންޓް ނުޖެހީ އޭގައި ކޮން ގޯހެއް ހުރެގެންތޯ ހައްގުބަސްބުނީމަތޯ؟

  18. ސަންފަ

    ކައި ގެ ފޭނުންތަ ނޫނީ 3000 ޑޮލަރު ގެ ފޭނުން ތަ؟?

  19. ވިސްނާލުމަށް އެދެމޭ

    ކަށްވަޅު ގައި އޮންނާނީ ހަމައެކަނި.
    ފޭނުންގެ ބޭނުމެއް ކޮބާ.؟ ޤިޔާމަތް ދުވަސް ދޮގުނުކުރެވޭނެ. ބައްލަވާ ސޫރަތުލް ޤާރިޢަ.
    ހިސާބު ބެލެވި ޖަޒާލިބޭނެ ދުވަހަށް ފޭނުންވެސް ތައްޔާރު ކޮށްބަލަ. ދީންވެރި އެކުވެރިން ތިބިއްޔާ މަރުވީމަ ވެސް ހެޔޮދުޢާ ކޮށްލާދެވޭނީވެސް . އެދުވަހު އެއްވެސް މީހެއްގެ ޢަމަލަށް ފޭނުންވެސް ޒިންމާނުވާނެ. ﷲ ތިބާއަށް ދެއްވާފައިވާ ރިވެތި ސިފައަށް ޝުކުރުވެރިވާންވީ ގޮތަކީ މިއީތޯ. އިސްލާޙްވެ ރީތި ދިރިއުޅުމެއް ފަށާ! އަބަދު ޒުވާން ކަމުގައި ރީތިކަން މަތީ ނުހުންނާނެ. މުސްކުޅިވުމުގެ ކުރިން ޒުވާން ކަމުގެ ބޭނުން ދީނުގެ މަގުގައި ހުރެގެން ހިފާ.

    17
  20. ހައިރާން

    3000 ޑޮލަރު ހޯދަން ، ގުރުއަތުގަ ބައިވެރިވާން ކުރަން ޖެހޭ ކަންތައް ކިޔާލި އިރު.... ތެދެއް ތިބުނީ. މަޝްޝޫރު ވާކަށް ނޫން ތި އުޅެނީ. އެކަން ފެނިއްޖެ.. ބޭނުންވި ކަންތައް ވެއްޖެދޯ؟ ކައިޒީން (އަސްލު ނަމުންނަމަ ޒަޔާން) ތި ދޭ 3000 ޑޮލަރު ލިބޭ މީހުން ހަދާން ކުރައްޗޭ، އޮރިޔާން އަންހެނެއް އިސްތިހާރު ކޮށްގެން ލިބުން ހަރާން ލާރި ކޮޅެއްކަން ތިއީ. ތި ފައިސާ ލިބޭނީ ނަސީބުވެރި އަކަށް ނޫން. ބަދުނަސީބު ވެރިއަކަށް

    11
  21. ނަންނެތް

    ލިބިފައިވާ ނެގެޓިވް ކޮމެންޓުތައް ފެނިފައި ހަމަ ހައިރާންވެއްޖެ. މިފަދަ މުޖުތަމިއެއްގައި ކައި ފަދަ ކުދީންނަށް ލިބިފައިވަނީ މާގިނަ ފުރުސަތުތަކެއް ނުމެ ނޫން. ނަމަވެސް ކައިގެ ހުވަފެންތަކާއެކު ކައި ކުރިޔަށް!

    17
    • ހަހަ

      މި މުޖްތަމައުގަ އުޅެވިދާނެ ބޭނުންގޮތަކަށް ދޮންކަލޯ... ދެން މަރުވީމަ ދާން އޮތް މުޖުތަމައުއިން ތި ހުވަފެންތަށް ވަރަށް ރީތިވާނެ ހުރޭ ލާދީނީވެފަ...

      11
  22. މަގޮލާ

    މިލިޔަނުން ދޭންބުނިކަމުގަވިޔަސް ތީން މީހަކާ ވައި ވެސް ނޭޅޭނަން. އިންޝާﷲ.

    12
  23. ރިހި ރާންބާގަސް

    ދުށުން އެދެނީ އައުރަ ނިވާކޮށްގެން ރީތިރަނގަޅުގޮތުގަ އުޅޭމަންޒަރު! ތިޔަދާ ކަތިމަގުން އިތުރަށް ކުރިޔަށްނުގޮސް ސީދާމަގަށް ނިކުމެ މެކުހަށް ޖަހާފަ ދުއްވާލާ! މަންޒިލް ވަރަށްވެސް ހިތްފައިމް ވާނެ!

  24. މަ

    މީ މުސްލިމެއްތަ؟ ކޮބާ މީނާގެ މައިންބަފައިން. މީ ނުވޭތަ މައްސަލައަކަށް.

  25. ރައްޔިތުން

    މޮޑެލް ކިޔައިގެން ވިޔަސް %100 މުސްލިމު މި ދިވެހި ޤައުމުގައި އޮރިޔާން ވެގެން މޮޑެލް ކުރާކަށް ނުޖެހޭ، ކޮބާ ދީނީ ދަންނަބޭކަލުން އަދި %100 މުސްލިމު ދިވެހި ޤައުމުގެ އިސްލާމްދީން ހިމާޔަތް ކުރުމަށް ހުވައިކޮށްގެން ހުންނެވި ރައީސް އަދި ހުވައިކޮށްގެން ތިބި އެހެންމީހުންނާއި ކަމާ ގުޅޭ މިނިސްޓަރ، ކައިގެ ތިޔަ ލަދުވެތި ހަރާން އަދި ފާހިށު ގޮތުގައި ދައްކާ ހަރަކާތްތައް ހުއްޓުވާ އަދި އިސްލާމީ އަޚްލާޤުގެ ގިއުގަޑުގެ ތެރެއިން މޮޑެލް ކުރުވުމަށް ގޮވާލަން.