ކޮޥިޑް-19 ގެ މެދުކެނޑުމަށް ފަހު ކަޕިލް ޝަރްމާ ޝޯގެ ފުރަތަމަ މެހްމާނަކަށް ބޮލީވުޑްގެ ތަރި ސޯނޫ ސޫދު ގެންދަން ހަމަޖެހިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ޝޯގެ ޝޫޓިން މި ހަފްތާގެ ތެރޭގައި ފެށިގެން ދާނެއެވެ.

އެތައް 100 ޝޯއެއް ގެނެސްދީފައިވާ ކަޕިލް ޝަރްމާ ޝޯއަކީ ކޮމެޑީ ޝޯއެކެވެ.

އެ ޝޯއަށް އާންމުކޮށް އަންނަނީ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނާއި އެކި ދާއިރާތަކުން މަޝްހޫރު ފަންނާނުނެވެ.

ކަޕިލް ޝަރްމާ ޝޯއަކީ އިންޑިއާގެ ކޮމެޑީ ޝޯތަކުގެ ތެރެއިން އެންމެ ޓީއާރްޕީ ރަނގަޅު ޝޯއެވެ.

ޝޯގެ މެއިން ހޮސްޓަކީ ކަޕިލް ޝަރްމާ ކަމަށްވީ ނަމަވެސް ޝޯގައި އަރްޗަނާ ސިންގް އާއި ބާރްތީ ސިންގް އަދި ކްރިޝްނާ ފަދަ ފަންނާނުން ހިމެނެއެވެ.

އަދި ކޮމެޑީގެ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަންނާނުން ވެސް ފެންނަ މި ޝޯ ކުރިއަށް ދަނީ ލައިވް މިއުޒިކާ ވެސް އެކުގައެވެ.

މި ޝޯއަކީ ލައިވް އޯޑިއަންސެއް ކުރިމަތީގައި ކުރިއަށް ގެންދާ ޝޯއަކަށް ވާއިރު އޯޑިއަންސަށް ގާތްގަނޑަކަށް 50 އެއްހާ މީހުންނަށް ވަދެވެއެވެ.

ބެލެވޭ ގޮތުން ކޮވިޑް-19 ގެ ނުރައްކާ މި ވަގުުތު ދެމި އޮތުމާއެކު މި ޝޯގެ އޯޑިއެންސް ސްޓޫޑިއޯއަށް ގެނައުން މެދުކަނޑާލާނެއެވެ.

ކަލަސް އިން މިހާރު ގެނެސްދޭ ކަޕިލް ޝަރްމާ ޝޯގެ ޝޫޓިން މެދުކެނޑިފައިވާތާ ދޮޅު މަސް ވަނީ ފާއިތުވެފައެވެ.

ކަޕިލް އަކީ އިންޑިއާގެ އެންމެ އާމްދަނީ ރަނގަޅު ކޮމެޑިއަންއެވެ.

އޭނާގެ ޝޯއަށް ނާންނަ ބޮލީވުޑްގެ ފަންނާނަކު މަދުވާނެއެވެ.

އޭނާގެ ޝޯއަކީ މީގެ ކުރިން ސޮނީީއިން ވެސް ދެއްކި ޝޯއެކެވެ.

ކަޕިލްގެ ޝޯ އެތައް ބަޔަކަށް ކަމު ގޮސް ހަފްތާ ބަންދުގައި ގެނައި ޝޯތައް މިހާރު ވަނީ ދެ ޝޯއަށް ގިނަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު