1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކުޅަދާނަ އެކްޓަރު އައިޝާ ޖުލްކާ، އަށް އަހަރުގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާއިރު، އެހާކުޑައިރު ފިލްމީ ހަޔާތް ފެށުނީތީ މިހާރު އެކަމާ ދެރަވާ ކަމަށް އޭނާ ބުނެފިއެވެ.

އަނިލް ޝަރްމާ ޑައިރެކްޓްކުރާ ފިލްމު "ޖީނިއަސް" އިން ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެ އައިޝާ ބުނެފައިވަނީ ފިލްމު ކުޅުމަކީ ރިގެރެޓިން ނިންމުމެއް ނޫން ކަމަށާއި ނަމަވެސް އެހާ ކުޑައިރު މިދާއިރާއަށް އާދެވުމުން މިހާރު ދެރަވާ ކަމަށެވެ.

"ފިލްމު ކުޅެން ނިންމުމަކީ އެއްގޮތަކަށްވެސް ހިތާމަކުރާ ނިންމުމެއް ނޫން. އެކަމަކު މިހާރު ހިތަށްއަރާ ކުޑައިރު ހަމަ ނޯމަލް ދިރިއުޅުމެއް އުޅެވުނު ނަމައޭ އެކްޓްރެސް އަކަށް ނުވެ. އެދުވަސްވަރު ލައިފް އެންޖޯއީ ނުކުރެވުނީމަ މިހާރު ދެރަވޭ" އައިޝާ ބުނެފައިވެއެވެ.

"އަހަރެން އެންމެ ކުޑައިރުވެސް ފިލްމު ބަލަން ވަރަށް ޝައުޤުވެރިކަން ހުރޭ. އަހަރެންނަށް އެންމެ ފުރަތަމަ ވީ.ސީ.ޑީ ޕްލޭޔާއެއް ލިބުނީ މާމަގެ ފަރާތުން. ދެން އޭރުން ފެށިގެންވެސް އަބަދު ޓީވީ ބެލުން ކަމަކަށް އޮންނަނީ. އޭގެފަހުން ފެޝަން ޑިޒައިނިންގް ކިޔަވާފަ އެ ދާއިރާއިން ކުރިއަށްދާން ވިސްނައިގެން ހުރީ. އެހެން ހުއްޓަ ފުރަތަމަ ފިލްމަކުން ޖާގަ ލިބުނީ އުމުރުން 19 އަހަރުގަ. އެޔަށްފަހު ފިލްމުތަކުން ފުރުސަތު ލިބެން ފެށީ. ދެން އާއިލާގެ ވެސް އެއްބާރުލުން ލިބޭތީ މި ދާއިރާއިން ކުރިއަށް ދިޔައީ" އައިޝާ އިތުރަށް ބުނެފައިވެއެވެ.

ފުރަތަމަ ފިލްމީ ދާއިރާއަށް ވަދެގެން އައި ދުވަސްކޮޅު ވަރަށް ގިނަ ގޮން ޖެހުން ތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި އުމުރުން އެހާ ކުޑަވުމުން ވެސް އުނދަގޫ ވި ކަމަށް އައިޝާ ބުނެއެވެ. ނަމަވެސް އާއިލާގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބަރުލުމަށް އޭނާވަނީ އާއިލާގެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

އައިޝާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ޖީނިއަސް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 24 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެހެ. ރޭޕްކުރީތޯއްޗެއް.