ހުރީ ވަރަށް ފިޓް ކޮށެވެ. ފުލުހެއްގެ ގޮތުގައި ހުވަފެން ދެކެމުންދިޔަ އުމުރުން 21 އަހަރުގެ ސަމުއެލް އޯ ސުލިވަން އަށް ދެން ކަންތައް ވެގެން ދިޔައީ މާ ރަނގަޅަކަށްނޫނެވެ. އޭނާ ޕުޝްއަޕް ޖައްސަނިކޮށް ސްްޓްރޯކެއް ޖެހުނީއެވެ.

މެއި 27 ވަނަ ދުވަހު އޭނާއަށް މި ކަންތައް ދިމާވީ ބޭރުގައި ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ. މެލްބޯންއަށް އަށް ނިސްބަތްވާ ސަމުއެލް އެ ދުވަހުވެސް ކަސްރަތަށް ހަވީރު ގަޑީގައި ނުކުތުމަށްފަހު، އެނބުރި ގެއަށް ގޮސް ބޭނުންވީ އާއިލާއާއެކު ކާލާށެވެ.

އެހެން ނަމަވެސް އެ ދުވަހު އޭނާ ކަސްރަތުގައި އުޅެނިކޮށް ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށީއެވެ. އަދި ވަގުތުން އޭނާ ހަޅޭލަވަމުން މައިންބަފައިން ގާތަށް ދިޔައެވެ.

ވަގުތުން އޭނާގެ މައިންބަފައިން އެމްބިއުލާންއަށް ގުޅިިއެވެ. އެމްބިއުލާންސް އައުމުގެ ކުރިން އޭނާގެ ހާލު ގޯސްވެގެން މައިންބަފައިން އޭނާއަށް ސީޕީއާރްޗެސް ދިނެއެވެ.

އަދި އެމްބިއުލާންސް އައުމާއެކު، ވަގުތުން އޭނާއަށް ވަނީ މޮނަޝް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާގެ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެއީ އޭނާގެ ސިކުނޑިން ލޭ ފައިބަމުން ދާތީ ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.

އަދި ޑޮކްޓަރުންނަށް ވަނީ، އޭނާގެ ވިހެއި އިރުވެސް ސިއްހީ މައްސަލަތަކެއް ހުރި ކަންވެސް އެނިގެން ގޮސްފައެވެ.

އޭނާގެ އޮޕަރޭޝަން ކުރިއަށްދިޔައިރު، އޭނާ މަރުވެދާނެކަމަށްވެސް އާއިލާ ގާތުގައި ޑޮކްޓަރުން ބުނެފައި ވެއެވެ. ނަމަވެސް 48 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އޭނާ އޮތީ އައިސީޔޫގައި ބާއްވާފައެވެ. އަދި އޭނާގެ އިތުރު އޮޕަރޭޝަނެއް ފަހުންވެސް ކޮށްފައި ވެއެވެ.

އޭގެ ތިން ހަފްތާ ފަހުން އޭނާ ވަނީ އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފައެވެ. އޭނާއަށް މިހާރު ފަރުވާދެމުން ދަނީ ވޯޑުގައެވެ. އޭނާގެ ހާލު ރަނގަޅެއްނޫނެވެ. ސްޓްރޯކް ޖެހުމުގެ ސަބަބުން ވާހަަކަވެސް ނުދެއްކެއެވެ. އަދި އޭނާގެ ލޮލުގެ ފެނުމަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އާއިލާ މީހުންނާއި އޭނާ ވާހަކަދައްކަަމުން ދަނީ އިނގިލީގެ އިޝާރާތުންނެވެ.

އޭނާގެ އާއިލާގެ އުއްމީދަކީ އޭނާ އަވަހަށް ބަލިން ފަސޭހަވުމެވެ. އާއިލާއިން ކުރަމުންދާ އެ އުއްމީދުތައް ހުއްޓައެއް ނުލާނެއެވެ. އެ އުއްމީދުގައި ސަމުއެލްއަށް އެހީވާން ހާއްސަ ފަންޑެއްވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު