ޕާކިސްތާނުގައި މަގެއްގެ މަތިން މީހެއްގެ އަތުން ފައިސާ އާއި އޭނާގެ ފޯނާއި އެއްޗެެހި ފަހުން ޖަހައިގަނެ ގެންދަން އުޅުމުން، އޭނާއަށް ރޮވުނީއެވެ. އޭނާގެ އަތުން ޖަހައިގަނެގެން އެ އެއްޗެހި ނެގުމުން، އެ މީހުންގެ ގާތުގައި އޭނާ ކޮންމެވެެސް ވާހަކައެއްވެސް ދެއްކިއެވެ. އެ މަންޒަރު ބަލަން ސައިކަލުގައި އައި އެ ދެ ވަގުންނަށް ކެތެއް ނުވިއެވެ. ވަގުތުން ޖަހައިގަތް ތަކެތި އެ މީހާއާ ހަވާލުކޮށްފިއެވެ. އަދި އޭނަގެ ގައިގައި ބައްދާލިއެވެ.

އެ މަންޒަރު ފެންނަ ވީޑިއޯ މިހާރު އާއްމުންގެ ބޮޑު ސަމާލުކަމެއް ދަނީ ލިބެމުންނެވެ.

ސައިކަލެއްގައި ވައްކަން ކުރަމުން ދިޔަ އެ ދެ މީހުން، ވަގަށް ނަގައިގެން ފިލަން އުޅުނީ ޑެލިވަރީ ކުރާ މީހެއްގެ އަތުންނެވެ. އޭނާ ޑެލިވަރީ ކުރުމަށްފަހު އެނބުރި ސައިކަލާއި ދިމާލަށް ދަނިކޮށް އެ ދެ ވަގުން ސައިކަލުގައި އައިސް އޭނާއަށް ދިމާ ކުރެއެވެ.

އެގޮތުން އެކަކު ސައިކަލުން ފައިބާ އެ މީހާގެ އަތުން އެއްޗެހި ޖަހައިގަންނައިރު ، އަނެކަކު އިނީ ސައިކަލުގެ ކުރީގައެވެ.

އެހެން ނަމަވެސް އެ ތަކެތި އެ މީހާގެ އަތުން ޖަހައިގަނެގެން ދާން އުޅުމުން ކުއްލިއަކަށް އެ މީހާ ރޯން ފެށިއެވެ. އަދި އޭނާ އެ ވަގު މީހާއާ ކޮންމެވެސް ވާހަކަތަކެއް ދައްކައެވެ. އެ މަންޒަރު ބަލަން އެ ވަގުންނަށް ކެތެއް ނުކުރެވުނެވެ. އޭނާގެ އަތުން އެއްޗެހި ޖަހާގަތް މީހާ ވަނީ އެ ތަކެތި އަނބުރާ އެ މީހާއާ ހަވާލުކޮށްފައެެވެ. އަދި ފިލުމުގެ ބަދަލުގައި އެ މިހާގެ ގައިގަ އެ ވަގު ވަނީ ބައްދާލާފައެވެ. އަދި އަތާއި އަތްވެސް ވަނީ ޖޯޑުކޮށްފައެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން އެތައް ބަޔަކު ދަނީ އެ ވީޑިއޯއަށް ލައިކްދީ ކޮމެންޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުލައި

    ޕްރޮފެނަލް ވަގުން

    32
    1
  2. ޓައްުުޕު

    ޥަގުންގެ ތެރޭގައިވެސް ހެޔޮލަފާ މީހުންތިބެދާނެއެވެ ޕާޓޭންގެ ތެރޭވެސް ރަގަޅު މީހުންނަށް ބަދަލު ކުރެވޭފަދަ މީހުންޢުޅެއެވެ އަހަރެން ވަރަށް ގިނައިން ކުށް ކުށުގައި ބަންދު ކުރެވިއަދަބު ލިބިފައިވީހުން ނަށް އިހްސާން ތެރިވަމެވެ އަހަންނަށް އެގުނު ކަމަކީ އޭގެ ތެރެއިންބައެއްމީހުނަކީ ހެޔޮލަފާ ދިރިއުޅުމެއް ބޭނުންވާ އިޅްލާސްތެރި މީހުން ކަމެވެ ސަބަބުތަކަކާހުރެ މަގު އޮޅިފައި ވާކަމެވެ

    52
    1