މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ސްކޫލްތަކާއި ޕާކުތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ސްޓޭޓޭއް ކަމަށްވާ ވާޖިނިއާގެ ލައިބްރަރީއަކުން ކުދިން ފޫހި ފިލުވަން ކުރީ ތަފާތު ކަމެކެވެ.

ވާޖިނިއާގެ މޮންޓްގޮމެރީ ކައުންޓީ ޕަބްލިކް ސްކޫލްގެ ލައިބްރަރީގައި މަސައްކަތް ކުރާ ކެލީ ޕަސެކް ބުނެފައިވަނީ އޭނާގެ ސިކުނޑިއަށް އެ ހިޔާލު އައިސްފައިވަނީ މި ހާލަތުގައި ކުދިން ފޫހިވެގެން ތިބި ދަނޑިވަޅެއްގައި ކަމަށެވެ. މި ކަމުގެ ސަބަބުން އެކުދިން ފޮތްތަކާއި ކައިރި ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ލައިބްރަރީގައި މަސައްކަތް ކުރާ މީހަކަށް ބަލައި ދަރިވަރުންނާއި ގާތް ގުޅުމެއް އޮވުމަކީ އަހަރެން ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެއް. އެގޮތަށް ގުޅުން އޮތުމުން އެނިގެންދާނެ އެކުދިން ބޭނުންވާ ފޮތަކީ ކޮބައިކަން އަވަހަށް އެނގިގެން ދާނެ" ޑްރޯން ބޭނުން ކޮށްގެން ފޮތް ފޯރުކޮށްދިނުމާއި ބެހޭގޮތުން ކެލީ ބުންޏެވެ.

އޭނާ ބުނީ، އެ ހިޔާލު ލިބިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދަރިވަރުން ނުފެނި ގިނަ ދުވަސް ވުމުން އެކުދިންނާއި އޮތް ގުޅުން ހީނަރުވެގެން ހިނގައިދާނެ ކަމަށް ވިސްނަމުން ދަނިކޮށް ކަމަށެވެ.

އެގޮތުން އޭނާގެ އާއިލާއިން ހިންގަމުން އަންނަ ޑްރޯން އޮޕަރޭޝަނެއް މެދުވެރިކޮށް، ދަރިވަރުން ފޮތެއް ބޭނުން ކަމަށް ފޯމެއް ހުރިހަމަ ކުރުމުން އޭނާ އެ ފޮތް ބަންދުކޮށް ޑްރޯން މެދުވެރިކޮށް ގެއާއި ހަމައަށް ފޮނުވަދެއެވެ.

އެ ސްކޫލް ވެގެންގޮސްފައިވަނީ ދުނިޔެއިންވެސް ފުރަތަމަ ފަހަރަށް ޑްރޯން ބޭނުން ކޮށްގެން ދަރިވަރުންނަށް ފޮތް ފޯރު ކޮށްދީފައިވަނީ ސްކޫލަށެވެ.