އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރެން ދިރިއުޅެމުން އައީ ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައެވެ. އަހަރެން ވަރަށް ކުޑައިރު ބައްޕަ ނިޔާވެފައި ވުމުން މަންމަ އުޅެނީ އެހެން މީހަކާ ކައިވެނީގެ ޒަވާޖީ ޙަޔާތަކުން ގުޅިގެނެވެ.

އަހަރެންގެ ދޮން ބައްޕައަކީ މާލޭ މީހެއް ކަމުން އަހަރެމެން ދިރިއުޅެމުން އައި ދޮންބައްޕަގެ ތަނަވަސް ގޭގައެވެ. އަހަރެންގެ އަސްލު ބައްޕަ މިދުނިޔޭގައި ނެތްނަމަވެސް ދޮންބައްޕަގެ ފަރާތުން އަހަންނަށް އަންނަނީ ބައްޕައެއްގެ ލޯބި ލިބެމުންނެވެ. އަހަރެން ބޭނުންވާހާ އެއްޗެއް ދޮންބައްޕަ އަހަންނަށް ގަނެދެއެވެ. އަހަރެން ބޭނުން ތަނަކަށް ގެންގޮސްދެއެވެ.

ދުވަސްތަށް މިގޮތުގައި ފާއިތުވަމުން ދެއެވެ. އަހަރެންގެ އުމުރުން މިހާރު 15 އަހަރެވެ. ކުޑައިރު ހުންނަ " ބޭބީ" ގޮތްގަނޑު މަޑު މަޑުން އަހަރެން ގައިން ކެޑެން ފަށައިފިއެވެ. ދޮންބައްޕަ ކައިރީގައި އެއްޗި ގަނެ ދިނުމަށް އެދުމަށް ފަސްޖެހެން ފަށައިފިއެވެ.

ނަމަވެސް އިހުނެކޭވެސް އެއްފަދައިން ދޮންބައްޕަ ދިޔައީ އަހަރެން ބެނުންވާ ހުރިހާ އެއްޗެއް ނުބުންޏަސް ހޯދައި ދެމުންނެވެ.

އަހަރެންގެ މަންމައަކީ ގަވައިދުން ކަސްތަރު ކުރަންދާ މީހެކެވެ. އެހެންކަމުން އާންމުކޮށް އިރުއޮއްސި 6 އަކުން 10 އަކާއި ދެމެދު މަންމަ ގޭގައެއް ނޫޅޭނެއެވެ. އެގަޑީގައި ގޭގައި އުޅޭނީ އަހަންނާއި ދޮންބައްޕަ އެކަންޏެވެ.

އެއް ރެއެވެ. އާދައިގެ މަތިން މަންމަ ދިޔައީ ކަސްރަތު ކުރުމަށެވެ. ގޭގައި އުޅުނީ އަހަންނާއި ދޮންޕައްބަ އެކަންޏެވެ. މަންމަ ކަސްރަތު ކުރަން ދިޔަތާ މާގިނަ އިރެއް ނުވެ ދޮންބައްޕަ އަހަރެން އުޅޭ ކޮޓަރިއަށް އަޔެވެ. އަދި އަަހަރެންގެ ފަން އިސްތަށިގަނޑު ގަތާ ދޭން ކަމަށް ބުނެ އަހަރެންގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ. އެއިރު ދޮންބައްޕަ އެއުޅެނީ އަހަންނާއި " ބެހެން" ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. ވާނީވެސް އެހެންތާއެވެ. ކުޑައިރުއްސުރެއް މިއަދާ ހަމައަށްވެސް އެފަދަ ނަޒަރަކުން ދޮންބައްޕަ އަހަންނާއި މެދު ދެކެފައެއް ނުވެއެވެ.

އިރުކޮޅެއްފަހެވެ. އަހަރެންގެ މަޑު އިސްތަށިގަނޑުގައި ފިރުމަން އިދެފައި މަޑު މަޑުން އަހަރެންގެ ކަރުގައި ދޮންބައްޕަ އަތް އަތް ކާތަން ފަށައިފިއެވެ. އެހިނދު އަހަންނަށް ދޮންބައްޕައާއި ދުރަށް ޖެހިލެވުނެވެ. އަދި ނުރުހުމުގެ ނަޒަރަކުން ދޮންބައްޕައަށް ބަލާލެވުނެވެ.

އަހަރެން ރުޅި އައިސްގެން ދޮންބައްޕައާާއި ދިމާއަށް ބަލާލުމުން އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. އަދި އަހަރެން ދޮންބައްޕަގެ މެޔާލާ ފިއްތާލިއެވެ. އެއަށްފަހު އަހަރެންގެ ހަތަރެސްފައޮ ރަގަނޅަށް ބަދެލިއެވެ. އަދި އަހަރެން ބަރަހަނާކުރުމަށް ފަހު އެ ނުލަފާ ޖަނަވާރު އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަތެވެ.

އިރުކޮޅެއް ފަހެވެ. އަހަރެންގެ މަންމަ ގެއަށް އައެވެ. މަންމަ އައުމާއި އެކު އަހަރެން އެވާހަކަ މަންމައަށް ކިޔާ ދިނީމެވެ. ޖަވާބުގައި މަންމަ ބުނީ " އެއީ އެވަރު ކަމެއް ނޫން" ކަމަށެވެ. އެއިރު ދޮންބައްޕަ ދުރުގައި ހެވިފައި ބަލަން ހުއްޓެވެ.

އެވަގުތު އަހަރެންގެ ކައިރިއަށް އައިސްފައިވާ ރުޅިއާއި ވެފައި ހުރެ ގެއިން ނުކުތީމެވެ. ގެއިން ނުކުތުމަށްފަހު އަހަރެން ދިޔައީ ބައްޕަ ފަރާތު ބޮޑުބޭބެއެއް ގެއަަށެވެ. އަދި އެގެއަށް ގޮސް ބޭބެއަށް ހުރިހާ ވާހަކައެއް ކިޔާ ދިނީމެވެ.

އެ ދުވަހަށް ފަހު މިއަދާ ހަމައަށްވެސް އަހަރެން މިއުޅެނީ ބޮޑުބޭބެ ކައިރީގައެވެެ. އަހަރެންގެ މަންމަ އެތަކެއްް ފަހަރެއް މަތިން އަހަރެން ގެޔަށް ގެންދިއުމަށް މަސައްކަތް ކުރި ނަމަވެސް އެހުރިހާ ފަހަރަކުވެސް އަހަރެން މަންމައަށް އިންކާރު ކުރީމެވެ. އެއީ އަހަރެންގެ މަންމައަކީވެސް ހިތުގައި ރަހުމެއް ހުރި އިންސާނެއް ނޫންކަން އަހަންނަށް ކަށަވަރުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެހެން

    ސޭޑް

    55
  2. ލޮލް

    😢

    42
  3. އާދަމް

    ވާހަކަ ލިޔުނު ކަ މަށް ބުނާ ނޫސްވެރިޔާ ނަން ނުޖެހީ ކީއްވެބާ؟

    46
    3
    • ކޮންމެވިސް މީހެއް

      ނަން އިނގުނީމާ ދެން ކީއްކުރާނީ ހާދިސާ އާ ގުޅުންހުރި މީހުންނަށް ކަމެއް ކޮއްދެވޭނެތަ؟؟

      6
      1
  4. ނަދީމާ

    ފޯކްލޯރެއް!

    26
    24
  5. Anonymous

    ޢެތައް އަހަރެއް ފާއިތުވިފަހުން ތިގޮތައް ހާދިސާއިގެ ވާހަކަ ހާމަކުރުމުން ނުފުދޭނެ، ކީއްވީތަ އެ ޖާހިލު ދޮންބައްޕަ ފާޚިޝް އަމަލު ހިންގި ދުވަސްވަރު ޝަރީއަތަށް މައްސަލަ ނުހުށަހެޅީ؟؟؟، އެއީ އަނިޔާލިބުނު އަންހެންކުއްޖާގެ ވާރުތަވެރިންގެވެސް ޒިންމާއަކަށްވާއިރު.....އަދިވެސް ލަސްނުކޮށް ތިޔަ މައްސަލަ ގާނޫނާއިހަމައަށް ކޯޓަށް ވައްދަންޖެހެނީ

    58
    3
    • Anonymous

      ތިބުނި ގޮތަށް ތެދަށް ކިޔާދީ ވާހަކަ ދައްކާކުދިންނަށް ކުރާ ފުރައްސާރަ އާއި ހަދަނީ ދޮގު ކަމަށް ބުނެ އެކުއްޖަކު ކުށްވެރި ކުރުމަކީ ވެސް ގިނަ ފަހަރު ވެގެން ދާ ގޮތެއް

      7
      1
  6. ސަފަރު ކައްދަގެ ތިއްތިބެ

    ބޮޑުބޭބެ އަށް ކިޔަައިދިން ގޮތަށް ޕޮލިހަށް ކިޔައިދޭނެ ހިތްވަރެއް ކަނބުލޮގަލަ ގައިނެތް ގޮތަށް ބޮޑުބޭބެގެ ވެސް ނެތީތޯ؟ މިޚަބަރު ކިޔުމަށްފަހު ޕްރޮސެކިއުޓް ކުރުމަށް ގޮވާލަން!

    35
    4
  7. މަންޖެ

    ފުލޯކްދި އިންޓަރނޭޝަނަލް

    14
    16
  8. ސަމީމް

    ތިޔަ މައްސަލަ ފުލުހައް ބޮޑުބޭބެ ނުހުށައަޅާތަ..؟

    20
  9. އުމްރާ

    ޕޮލިހަށް މައްސަލަ ހުށަނޭޅީ މަންމަ ބެދިދާނެތީތަ؟؟؟؟؟؟؟

  10. Anonymous

    މިހާރު ބޮޑް ބޭބެ އެކަން ކުރަނީ

    2
    17
    • ޖައު

      ހާދަ ލަދު ހަޔާތް ކެނޑިގެން ތިޔަ އުޅެނީ. މީ މާ މަޖާ ކަމަކީތަ

  11. އޮފިސަރު

    ހަމައެކަނި ސުރުޚީން ފުއްދާނުލީ ކީއްވެ؟