އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހުނު އަންހެނަކަށް ބޮޑުވަރުވެ، ގުނަވަންތައް ހަލާކުވެދާނެ ކަމުގެ ބިރުވެރިކަމުގައި އުޅެން ޖެހުނެވެ.

ތިން ކުދިންގެ މަންމައެއް ކަމަށްވާ ގިލިއަން އެސްކޮޓް އަށް މިފަދަ ހާލަތެއް ދިމާވީ އޭނާ ކޮވިޑް-19 އަށް ފަރުވާ ކުރަމުން ދަނިކޮށް އެކަށީގެންވާ މިނަށް ހިތަށް ލޭ ނުހިނގުމުގެ ސަބަބުން، މުޅި ހަށިގަނޑަށް ލޭ ހިންގާ ނިޒާމަށް ބުރޫއަރައިގެންނެވެ. މި ހާލަތުގެ ސަބަބުން އޭނާގެ ހިތުގެ ކައިރިއަށް ލޭ ޖަމާވެ ގަނޑުވާން މެދުވެރިވިއެވެ.

މިއާއެކު އޭނާގެ ފުރާނައަށްް ނުރައްކާވުމުގެ އިތުރުން ހަށިގަނޑުގެ ގުނަވަންތައް ހަލާކުވެދާނެކަމުގެ ބިރު ހީވިއެވެ. އެންމެ ފުރަތަމަ ޑޮކްޓަރުން ހީކުރީ އޭނާ ބަނޑަށް ދިރޭ އެއްޗެއް ވަނީ ކަމަށެވެ.

ގިލަން ބުނެފައިވާގޮތުން އެންމެ ފުރަތަމަ އޭނާއަށް ކޮވިޑް-19 އާއި ގުޅިގެން ދިމާވީ، މި ބަލީގައި އާއްމުކޮށް މީހުންނަށް ދިމާވާ ފަދަކުދި ކުދި ކަންކަމެވެ. އެއީ ކެއްސުމާއި ކިނބިހި އެޅުމުގެ އިތުރުން ނޭވާ ކުރުވުމެވެ.

އޭނާގެ ކާޑިއޮޖޮލިސްޓް ބުނީ މަދުން ނަމަވެސް ކޮވިޑް-19 ޖެހޭ މީހުންނަށް ފްލުއިޑް ބިލްޑްއަޕްވެ ހާރޓް އެޓެކް ޖެހުމުގެ ކަންކަން ދިމާވާ ކަމަށެވެ. އެހެންނަމަވެސް މިއީ ވަރަށް މަދުން ނޫނީ ނުވާކަމެއް ކަން އެ ކާޑިއޮލޮޖިސްޓް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާގެ ހަށިގަނޑަށް ބޭނުންވާ ފްލުއިޑް ނުލިބި، ހިތުގެ ހިނގުން ހުއްޓުމުގެ ސަބަބުން މަރު ނުވެ ސަލާމަތްވީ ހަމަ ކިރިޔާކަމަށް ޑޮކްޓަރުން ބުނެއެވެ.

އޭނާ އަށް ދިމާވި ބަލި ހާލަތުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ އެހެން ގުނަވަންތަކަށް ބޭނުންވާ ލެޔާއި އޮކްސިޖަން، އަދި ނިއުޓްރިއެންޓްސްވެސް ލިބުން ދަތިވިކަން ޑޮކްޓަރުން ފާހަގަކުރެއެވެ.

ޑޮކްޓަރުންގެ މަސައްކަތުން އޭނާ ސަލާމަތްވި ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ގޮތް ނޭނގޭ ހާލަތުތައް މެދުވެރިވާކަމާއި، ސީރިއަސް ހާލަތުތައް މެދުވެރިވާކަން ޑޮކްޓަރުން ދަނީ ފާހަގަކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން އޮކްސިޖަން ދަށްވެ ފުއްޕާމެއަށް އަސަރުކުރުމުގެ ހާދިސާތައް ވެސް ދިމާވެފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު