ޗައިނާ ސިފައިން ދިން ހަމަލާތަކެއްގައި އިންޑިއާގެ 20 ސިފައިން މަރުވުމުން ޗައިނާ ދެކެ ރުޅިއައިސްގެން އިންޑިއާ ބަޔަކު ޗައިނާ އިން އުފައްދާފައިވާ ޓީވީއެއް ހަލާކު ކޮށްލައިފިއެވެ.
އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އިންޑިއާގެ ގުޖްރާތުގައި ޗައިނާ އާއި ދެކޮޅަށް އަޑުއުލަމުން ގެންދިޔަ ބަޔަކު ވަނީ ޓީވީއެއް ހަލާކު ކޮށްލާފައެވެ.
އިންޑިއާ ސިފައިން ޗައިނާގެ އިމުގެ ތެރެއަށް ވަނުމުން ޗައިނާ ސިފައިން އިންޑިއާ ސިފައިންނަށް ދިން ހަމަލާގައި އިންޑިއާގެ 20 ސިފައިން މަރުވީ މީގެ ދެދުވަސް ކުރިންނެވެ. އެހަމަލާއަށް ފަހު އިންޑިއާގެ އެކި ފަރާތްތަކުން ގެންދަނީ ޗައިނާގެ މުދާ އިންޑިއާ އަށް އެތެރެ ކުރުން ހުއްޓާލުމަށް ވެސް ގޮވާލަމުންނެވެ.
चीन के खिलाफ देश भर में गुस्सा, लोगों ने तोड़े अपने चाइनीज़ सामान pic.twitter.com/NXp4SyKxGg
— News18 India (@News18India) June 17, 2020
ނަމަވެސް ޗައިނާ އަކީ އިންޑިއާ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އެއް ގައުމު ކަމަށް ވާތީ، ޗައިނާގެ މުދާތައް ބޮއިކޮޓް ކޮށްފިނަމަ އެކަމުގެ ސަބަބުން އިންޑިއާގެ އިޤުތިޞާދަށް ވެސް ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާ އާއި އިންޑިއާ ނުތަނަވަސްކަން ކުޑަކުރަން ދެގައުމުގެ އަސްކަރިއްޔާގެ ވެރިން މިއަދު ބައްދަލު ކުރާނެ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިތުރު ހަމަލާތަކެއް ބަދަލު ނުކޮށް މައްސަލައަށް ހައްލެއް ގެނައުމަށް ދެގައުމުން ވެސް ބޭނުން ވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހަނގުރާމައެއްގައި އިންޑިއާ އަށް ޗައިނާ މައްޗަށް ކުރި ހޯދުމަކީ ނާދިރު ކަމެކެވެ. ޗައިނާގައި އެންމެ ފަހުގެ އަސްކަރީ ހަތިޔާރު ހުރިއިރު އިންޑިއާގެ އަސްކަރިއްޔާގައި ބޭނުން ކުރާ ގިނަ ހަތިޔާރުތަކަކީ "މުސްކުޅިވެފައި" ހުރި ހަތިޔާރެވެ. ޗައިނާގެ ސިފައިންގެ އަދަދު 2.5 މިލިއަނަށް ވުރެ ގިނައެވެ. އިންޑިއާގައި ތިބީ 1.2 މިލިއަން ސިފައިންނެވެ.
ދެންޗައިނާއިން ގެރިކަތިލައް ފެށީމަ ހަތަރެސްކަން ހަމަވީ
އެޓީވީ ތަޅާލާފަގޮސް ދެންވެސް އެފެންވަރުގެ ޓީވީއެއް ހޯދަންބޭނުންނަމަ ލިބެންހުންނާނީ ޗައިނާ ޓީވެއެއް ވީމަރިން
މިހެން ވެގެން ދޯ ކިނބޫ ވެސް ރުޅި އަންނަނީ ޗައިނާއާ
ތި އިންޑިއާގެ މީހުން އަބަދުވެސް ކުރާނީ ތިކަހަލަކަންތައް ރުޅިއައީމާ ޓީވީއަށް ހަމަލާދީ އެއްޗެހި ހަލާކުކޮށް ޕާކިސްތާން ދެކެ އަންނަ ރުޅިގަނޑު ބާލާނީ ނިކަމެތި މުސްލިމުންގެ ގެއާ މުދާތަކަށް..ކޮލެޖްތަކާއި ސުކޫލްތަކުގައި މުސްލިމު ދަރިވަރަކު އުޅެންޏާ ވަރަށް އެވަރަށްޒާތީކުރާނެ
ޗައިނާ ސިފައިންނާ އަޅާކިޔާ ނަމަ އިންޑިޔާ ސިފައިން ތީ ހައްޕުޑު ގެރިން ސަލާމަތްނުވެގެން އުޅޭ ބައެއް ޗައިނާ އިން ދިން ލޯނުވެސް އަވަހަށް ދީ...
400 އަހަރުވަންދެން އަޅުންގެ ގޮތުގަ ގެންގުޅުނު އި ރު ބުއްދި ހު ރީ ގެ ރީގެބޮލުގެ ތެ ރޭގަ ތާ
ރަގަޅަ ކަށް ވަންޏާ ލާގެންހުރި އަންނައުނުވެސް ހުންނާނީ ޗައިނާ އިން ގެނެސްފަ ދެން އެބާލާފަ ހަލާކު ކޮށްލާ!