އިންސްޓަގްރާމްގައި ކައިޒީންއަށް ފޮލޯ ކުރާ މީހުންގެ އަދަދު އެއްލައްކައަށް އެރުމުންނާއި ކޮވިޑް-19 ގެ ސަބަބުން މާލީ ދަތިތައް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި ސަޕޯޓަރުންނަށް ހަދިޔާއެއްގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ދިނުމަށް ކައިޒީން ނިންމާފައިވާ ގިވްއަވޭ ގައި 7000 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

ރާއްޖޭގެ މޮޑެލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކައިޒީންއަކީ އޭނާގެ ރީތިކަމާއި ހުނަރުވެރިކަމާއި ހިނިތުންވުން ބަލަން ބޭނުންވާ އެތަށް ބަޔަކު ތިބި މޮޑެލްއެކެވެ. ކައިޒީންގެ ގިވްއަވޭ މީގެ ހަތަރު ވަރަކަށް ދުވަސް ކުރި ފަށާފައިވާއިރު، މިހާތަނަށް 7000 އަށްވުރެ ގިނަ މީހުން ވަނީ މީގައި ބައިވެރި ވެފައެވެ. އަދި ކައިއަށް މިހާރު ފޮލޯ ކުރާ މީހުންގެ އަދަދުވެސް ވަނީ 115,000 އަށް އަރާފައެވެ.

"ގިވް އަވޭ" ގައި ބައިވެރިވެވޭނީ ކިހިނެއް؟

ކައިޒީން ބުނީ އޭނާގެ ސަޕޯޓަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހުންގެ ތެރެއިން ކޮންމެ މީހަކަށް 1000 ޑޮލަރު ދޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކަށް 15،000ރ. އެވެ. ނަސީބުވެރި ތިން މީހުން ހޮވާނީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ކައި ދޭން ނިންމާފައިވާ ހަދިޔާ ބޭނުން ނަމަ، އެންމެ ފުރަތަމަ ކަމަކަށް އޭނާގެ އިންސްޓަގްރާމް ފޮލޯ ކުރަން ޖެހޭނެއެވެ. އަދި ގިވްއަވޭގެ ޕޯސްޓަށް ލައިކް ދިނުމަށް ފަހު، ތިން ރަހްމަތްތެރިއަކު ކޮމެންޓް ސެކްޝަންގައި ޓެގް ކުރަން ޖެހޭނެއެވެ. އެއަށް ފަހު، އަމިއްލަ ސްޓޯރީގައި އެ ހަދިޔާ އެމީހަކަށް ހައްގުވަނީ ކީއްވެކަން ބުނެ އެ ޕޯސްޓު ޝެއާ ކުރަން ޖެހެއެވެ.

ކައިގެ ގިވްއަވޭ ގައި ބައިވެރިވުން މިމަހުގެ 27 އާއި ހަމައަށް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޗާލްސް

    އިންސްޓަރގްރާމްގައި ކައިޒީން ފޮލޯކުރުމަށްވުރެ ފުންނާބުއުސް ދީނއިލްމުވެރިން ޑރ ޒާކިރުނައިކު ފަދަ ބޭފުޅުން ފޮލޯކުރުން ދެ ދުނިޔެއިން ވެސް ކާމިޔާބާއިފަލާހް..

    41
    2
  2. މަގޭ

    އޮ ރިޔާން ނިވާނުކު ރާ އަންހެނުން ދޭ ލާ ރި އަކު ހަމަހޭގަ ހު ރެގެން އަހަ ރެން އަތެއް ނުލާނަމެވެ. މި ފަދަ މީހުންނަށް ނިވާކަން ކުޑަ ހެދުން ލަައިގެން ފޮޓޯ ނަގަން ހިތްވަ ރު ދޭ ބަޔަަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ.

    40
    2
    • ރިޝްވަތުގެ ހާލި

      އޮރިޔާން ވިޔަސް ނުވިޔަސް މީހުން އެއްވެސް މަސައްކަތަކާ ނުލާ ދޭ ލާރި އަތުލާކަށް ނުވާނެ. ގިނަފަހަރު ހަދިޔާއޭ ކިޔާފަ މިދެނީ ރިޝްވަތް.

      19
      1
    • މީ

      އިންޝާ ﷲ

  3. ދޫ

    އަންހެނުންނަށް ހުތުރު

    55
    2
  4. ??‍♀️

    ކާކަށް ދައްކަންތަ މީނަ މިހާ ވަރަށް އޮރިޔާންމިވަނީ. ފިރިހެންވެރިން މަގުފުރެއްދުމަށް ނޫން ދެންކޮންކަމެއް ހިތުލައިގެންތަ މީނަ މިކަން މިކުރަނިީ . ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީބާއޭ މަގޭ ހިތައް އަރާ. މިއަދު ތިހެން އުޅެވިދާނެ. ވަގުތު ފާއިތު ނުވަނީސް އައުރަ ނިވާކޮށް ތައުބާވޭ.

    12
  5. ހަސަނު

    މިދެން ހާދަ ވަރުގަދަ ވެއްޖެ ކައި އެކޭދޯ. ފޮލޯވަރސް ގިނަކުރަން ދެތުނަސް މިދެން ތަންކޮޅެއް ބޮޑުވަރު. އަހަންނަކަށް ތިބުނާހާ މިމަންޖެ އެހާރީއްޗެއްވެެސްނޫން. ބަލާލަން އެހާ ހުތުރެއްވެސް ނޫން. އެކަމަކު ބޮލުގަ ރިއްސަން ފަށައިފި މީނަ އަމިއްލަޔަށް ޕްރަމޯޓް ނުވެގެން ތެޅިބާލާވަރު ފެނިފަ.

    7
    1