އަންހެނެއްގެ މައްސަލައިގައި އިންޑިއާގައި ހިނގި ހަމަ ނުޖެހުމެއްގައި ފިރިހެނަކަށް އެކި ވަރުގެ އަނިޔާކޮށް، ކުޑަކަމުދާ ތަކެތި ބޯން ދީފިއެވެ.
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާނުގެ އުމުރުން 20 އަހަރުގެ މި ފިރިހެން މީހާއަށް ހައްޔަރުކޮށް އެކިވަރުގެ އަނިޔާ ކޮށްފައިވަނީ 6 މީހުންގެ ގްރޫޕަކުން ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އޭނާއާއި އަންހެނަކާއި އޮތް ގުޅުމެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން އަންނައިރު، ކަމާއި ބެހޭ އިދާރާތަކުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން އެ 6 މީހުންވެސް މިހާރު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހުންނަށް އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.
އޭނާއަށް ކުޑަކަމުދާ ތަކެތި ގަދަކަމުން ބޯން ދޭ މަންޒަރު ދައްކުވައިދޭ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެގައުމުގެ ގިނަ ބަޔަކު ވަނީ އެމީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
އަނިޔާ ލިބިފައިވާ އެ ފިރިހެން މީހާއަކީ އޭނާގެ އަވަށްޓެރިއަކާއި އެކީ ދިރިއުޅުމުން އަންނަ މީހެކެވެ. ފުލުހުން ވަނީ އޭނާއަށް އެ ހަމަލާ ދިން ހުރިހާ މީހުންގެ ނަންތައް އާންމު ކޮށްފައެވެ.
މިއީ އިންޑިއާގައި އަލަށް ހިނގާދިޔަ ކަމެއް ނޫނެވެ. މީގެ ކުރިންވެސް އެކި ކަހަލަ މައްސަލަތަކުގައި މީހުންނަށް އަނިޔާކޮށް މަރާލާ، ހިސާބަށް ދާ ފަހަރުވެސް އާދެއެވެ.
އިންޑިއާ
ވޯސްޓް ޕީޕަލް އެންޑް ވޯސްޓް ޑިމޮކުރަސީ