މޭކަޕްކުރުމާއި މޭކަޕް އާޓަކީ ފަހަކަށް އައިސް ޒުވާން ދިވެހި އަންހެން ކުދިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހުނަރެކެވެ. ދިވެހިންގެ ތެރެއަށް އައި އިންސްޓަގްރާމްގެ ފޯރިއާއެކު ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުނަރު ދައްކާލާނެ ފުރުސަތެއް ނުލިބި ތިބި އެތައް ފަންނާނުންނަކަށް އެތައް ފުރުސަތެއް ލިބިގެން ދިޔައެވެ. މޭކަޕް އާޓިސްޓުންގެ ތެރެއިން އިންސްޓަގްރާމްއިން ނުފެންނަ ފަންނާނަކު މަދުވާނެއެވެ.

މިގޮތަށް ފެންނަ މީހުންގެ ތެެރެއިން ޝަޒީލާއޭ ބުނީމަ ނޭނގޭނެ މީހަކު މަދުވާނެއެވެ. ބައެއް ދިވެހިންނަށް ޝަޒީލާ ފެނިފައިވަނީ ޓިކްޓޮކްގައި އޭނާ ގެނެސްދިން ތަފާތު، ސަކަ ވީޑިއޯތަކާ ހުރެއެވެ. ޓިކްޓޮކްގެ ފޯރި ރާއްޖޭގައި އެންމެ ގަދަވެގެން އައި އިރު، ބައެއް މީހުން އޭނާ އަށް ޓިކްޓޮކް ކުއީންވެސް ކިޔައި އުޅުނެވެ. އެކަމަކު ޝަޒީލާގެ ހުނަރުވެރިކަން މޭކަޕްގެ ދުނިޔޭގައި އެއަށް ވުރެ މާ ކުޅަދާނަވެފައި ގަދައެވެ.

ގއ. ވިލިނގިއްޔަށް އުފަން އުމުރުން 25 އަހަރުގެ ޝަޒީލާ މިހާރު ދިރިއުޅެމުން ދަނީ ހުޅުމާލޭގައެވެ. އާޓް މޭކަޕާއި ބްރައިޑަލް މޭކަޕް އަދި ޕާޓީ މޭކަޕް އާއި އެކު ފަޑު ފާޑަށް ބުރުގާ އަޅުވާ އަންހެން ކުދިން ނަލަކޮށްލަ ދިނުމަކީ ޝަޒީލާ އަށް ލިބިފައިވާ ހިތްގައިމު ހުނަރެކެވެ.

ގްރޭޑް 6-7 އިން ފެށިގެން މޭކަޕް އާއި ޚާއްސަ ދޯޅުކަމެއް ބަހައްޓަން ފެށި ޝަޒީލާގެ ޝައުގު މޭކަޕް އާއި ދިމާލަށް ހުއްޓުނު ހިސާބަކީ އެއީ ކަމަށް އޭނާ ވަނީ "ވަގުތަށް" ކިޔައިދީފައެވެ.

މޭކަޕް ކުރުމުގެ އިތުރުން ނެއިލް އާޓް ފަދަ ހުނަރުތައް ލިބިފައިވާ ޝަޒީލާގެ މި މަސައްކަތަށް، އާއިލާ އާއި ރަހުމަތްތެރިން އަދި ފިރިމީހާގެ އެއްބާރުލުން ވަރަށް ފުރިހަމައަށް ލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަސްލު ބުނެދޭން ވެސް ނޭނގޭ އެހާ ޕޮޒިޓިވް ކޮމެންޓްސް ލިބޭތީ ވާ އިހުސާސްތައް. ފޮލޯކުރާ މީހުންގެ ސަޕޯޓް ލިބޭތީ ވަރަށް އުފާވޭ. ވަރަށް ޝުކުރުވެރި ވަން. އަހަރެން ގަބޫލު ކުރާ ގޮތުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރަށް މުހިންމު. 10 އަހަރު މި މަސައްކަތުގައި ވީއިރު، މީހުން ބަލައިގަންނަ ކަމުގެ އިހުސާސްވޭ،" ޝަޒީލާ ބުންޏެވެ.

ޝަޒީލާ ބުނާ ގޮތުން އޭނާގެ މަސައްކަތް އިތުރަށް ދަސްކުރަން އޭނާ އަބަދުވެސް ޔޫޓިއުބް އަދި އިންސްޓަގްރާމް ވީޑިއޯތައް ބަލައެވެ.

ޝަޒީލާގެ ފުރަތަމަ މޭކަޕް
2016 ގައި ޝަޒީލާކޮށްފައިވާ މޭކަޕެއް

އާއްމުކޮށް ޝަޒީލާ ކުރާ މޭކަޕަކަށް ހޭދަވަނީ ގިނަވެގެން ދެ ގަޑިއިރު ކަމަށް އޭނާ ބުނެއެވެ.

އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރީ ކޮޅިގަނޑުތަކެއް ފެންނަ މޭކަޕް އާޓްއަކަށެވެ. އޭނާ އަށް އެންމެ ކަމުދާ މޭކަޕް އާޓަކީވެސް އެއީއެވެ.

އެންމެ މަދު ވަގުތުކޮޅެއް ހޭދަކުރީ ވިލު ނޫކުލަ ލޯމަތިން ފެންނަ މޭކަޕް އާޓްއަކަށެވެ.

ޝަޒީލާ އެންމެ ބޮޑަށް ކުރަން ބޭނުންވާ މޭކަޕްއަކީ އެވަޓާ ކެރެކްޓާގެ މޭކަޕެކެވެ.

އޭނާގެ އުންމީދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މޭކަޕް އާޓިސްޓަކަށްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޠާނީ

  ޢެއްވެސް ސަޅިއެއް ނޫން. ޗީޑި

  73
  22
  • ބާނީ

   ވަރަށް ރީތި.. ކޮން ޗީޑިއެއް ކިޔާކަށް.. މީހުން ކުރާ ބުރަ މަސައްކަތަށް ފާޑުކިޔުމުގެ ކުރިން ތައުރީފު ކުރަން ދަސްކޮށްބަ ޠާނީ..

   13
   35
  • ތާބޫ

   ކަލޭ ދޭބަަަަލަަ ހަޑޫ ހޮވަން މާތާހިރުވާނެ. މީހުުންްނަަށްް ޗީޑި ނުކިޔާ. އަތުން ފައިން ކަމެެއް ކޮށްލަން ނޭގޭ ހާލު މީހުން ކޮށްފަ ހުންނަ ބުރަމަސައްކަތަށް ހަޖޫ ނުޖަހާާ ތާހިރުވާން ދޭބަލަ

 2. ހުސްމުނާފިގުން

  ހިޖާބްގެ ބޭނުމަކީ ތިމާގެ ރީތިކަން އެހެން މީހުންގެ ކިބައިން ފޮރުވުން. މޭކަޕްކޮށް އެހެން މީހުންގެ ސަމާލުކަން ހޯދާނަމަ ކީއްކުރަން އަޅާ ބުރުގާއެއްތަ ތިއީ. ދޭބަ "ފްރީޑޮމް ޑިމޮކްރަސީ" ގުރޫޕުގެ މޮޑެލްއަކަށް ވާން.

  89
  8
 3. ހަސަން

  މިވެސް މޮޔަ ވެގެން އުޅޭ ރޮއްޖެއް

  80
  11
 4. އިލްމުގެދަރިވަރެއް

  ހެޔޮ ނުވާނެ ތި ކަން ހުއްޓާލާ. ތިއީ ﷲ އާއި އެ ކަލާނގެ ރަސޫލާ ނަހީ ކުރައްވާފައި ވާ ކަމެއް. 2 ގަޑި އިރު ހޭދަ ތި ކުރަނީ ﷲ ގެ އުފެއްދެވުން ބަދަލު ކުރުމަށް. ތިޔައީ ތަބައްރުޖް. ދެއް ކުންތެރި ކަން. ހިލޭފިރިހެނުން ކުރިމަތީގައި ތިމާގެ ޒީނަތްތެރި ކަން ފާޅު ކުރުމަ ކީ ﷲ ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް. ދެން ޕޯސްޓް ކޮއްލާ ސެލްފީގެ ސަބަބުން ރޫހާނީ ނަފްސާނީ އަދި ޖިސްމާނީ އެތައް ބައިވަރު މައްސަލަތަ ކެއް ކުރިމަތިވޭ.
  ދެމަފިރިންގެ ދޭތެރެ ފަސާދަވުން
  އެތައް ބައެއްގެ ނުރުހުންތެރި ބަސްތަ އް ތިމާއަށް ރައްދުވުން މިއީ އެސްފީނާ ޖެހުމަށް ދިމާވާ ސަބަބެއް
  ތިމާޔާ ﷲ އާއި މެދު އޮންނަ ގުޅުމާއި ދުރުވުން
  ހެޔޮކ ކންތައް ކުރުމަށް ދެއްވި ހެޔޮ ވަގުތު އިސްރާފު ކުރުން. އަދިވެސް އެތައް ކަމެއް. ތި ކަން ހުއްޓާލާ. ތިޔައީ ޝައިތާނާގެ ޢާލާތްތައް. މިޒަމާނަށް ވުރެ އޭނާގެ ޢާލާތްތައް ގިނަ ޒަމާނެއް ނާދޭ. މި ކަން ޤަބޫލުކުރައްވާ. ތިއީ ފައުދާ އެއް ނެތް ގެއްލުންދޭ ވިޔަފާރިއެއް. ހަރާމް ވިޔަފާރި. ތިމާގެ އާއިލާދެ ކެ ލޯބިވަންޏާ ތިކ ކަން ކޮއްގެން ލިބޭ ވިޔަފާރިން ހަރަދު ނުު ކުރައްވާ
  ބެލުންތައް ތިރި ކުރުމަށް ﷲ އަމުރު ކުރައްވަނީ.
  ވަގުތުނޫހުން މިފަދަ ޝައޠާނާގެ ޢަމަލުތަކަށް ހިތްވަރުލިބޭ ކަހަލަ މައުޟޫތައް ގެނެސްދިނުން މިހާރު ން މިހާރައް ހުއްޓާލުމައް އަމުރު ކޮށް ވަސިއްޔަތްކުރަން. އެހެން ނޫންނަމަ ﷲ ގެ ޢަޒާބަ ކީ ދުރުގައިވާ ކަމެއް ނޫން

  88
  3
 5. ސީކާ އޮފް ނޮލެޑްޖް

  ދިސް އިސް ކޯލްޑް ޗޭންޖިން ދަ ކްރިއޭޝަން އޮފް ﷲ

  65
  3
 6. މަ

  މަށަށް ކަމުނުދަނީ މިފަދަ އިސްލާމްދީނާ ޚިލާފު ކަންކަން ކުރީމާ ވެސް މާ މޮޅުކަމަކަށް ހަދައިގެން އިޝްތިހާރުކުރާތީ.

  64
  3
 7. މަގޭ

  އެނގޭ އަހަރެމެން މީ ތިކަމާ ބެހޭ ބައެއް ނޫންކަން ވެސް. އެކަމަކު އާދޭސް ކޮށްފަ މި ބުނަނީ ﷲ އާ އެކަލާނގެ ރާސޫލާ އަށް ޓަކާ ވެސް ތިކަން ހުއްޓާލާ. މާތް ﷲ ތިބާ އަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

  50
  3
 8. ޙައްގުބަސް

  ކިހިނެތް ކޮން ގޮތަކަށް ސާދާވެފައި ސަޅި ވާހަކަތަ

  42
  3
 9. ޒީވާ

  ކުރިންވެސް ދެކެން ޝަޒީލާގެ ބައެއް ވީޑިއޯ އިންސްޓަ އިން، އޭރު ވަރަށް ސިމްޕަލް ކޮށް ހުންނަނީ، ވ ރީތި ، މިހާރު ފެންނަ މޭކަޕް ތަކަކާ ނުގުޅޭ، މޭކަޕް ކޮށް ރީތި ވިއަސް ޑޫ އިޓް ފޯ ޔުއަރ ހަޒްބަންޑް، ޑޯންޓް ޝޯ ޓު ހޯލް ވާރލްޑް، ރަނގަޅަކަށް ބުނާ ވާހަކަ އެއް

  36
  5
 10. މޭކަޕް ކިންގް

  ފާޑުކީދާނެ.. ޤަބޫލުކުރަން އެއީ ދީނީގޮތުން ނުރަނގަޅު ކަމެއް. މިހެން އުޅޭ ޒުވާން ކުދިން ތެދުމަގަށް ރުޖޫޢަކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާކުރޭ.. އަހަރެމެންވެސް އެ އުމުރުގަ އުޅުނީ އެހާ ރަނގަޅަކަށް ނޫން.. ދިމާކުރީމަ ގޯސްވާނީ..

  20
  2
 11. ދިދަ ދަނޑި

  ކުރަހާފަ ކުލަޖައްޖާނެ ފޮތެއް ނެތީބާ؟؟؟ މިއަކަށް ނުކިޔާނެ މޭކަޕެކޭ

  35
  3
 12. ދުޢާ

  ކިތަންމެ ވަރަކަށް ދުޢާކޮއް ދެއްވިޔަސް އެބަޔަކު އަމިއްލަޔައް ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ނުކުރާ ހިނދަކު އެފަދަ ބަޔަކަށް ތެދުމަގގ ގު ދެ އްވުަމައް ކުރާ ދުޢާގ ގެ ނަތީޖާއެއް ނުފެންނާނެ. ތީ ބާޠިލު ދައުވާއެއް.ވަރައް ވާހަކަ

  19
  3
 13. ހަލްކް

  ލޮލް ތިވެސް ދެން މޭކަޕް އެއް.

  15
  6
 14. ދޮން ފުތު

  އަޖައިބު ނުވިއްޔާ ދެރަ. ކަލޭމެންގެ ކާކުތަ ޝަޒީލާ މިއީ ތިހާވަރެއްތިވަނީ ތިބެގެން؟ ޝަޒީލާ މޭކަޕް ކުރަނީ ކަލޭމެން އަތުން ގަނެދިން އެއްޗިހިންތަ ނޫނީ ކަލޭމެނަށްޓަކައި އޭނަ އަދާ ކުރަންޖެހޭ ޒިންމާއެއް އަދާ ނުކޮށްތަ؟ ދީނުގައި އޮންނަނީ ގޯސް މަގަކުން މީހަކު ދަނީނަމަ ނަސޭހަތް ދިނުން. އަމާ ބަފަޔާ ބެހި އެއްޗިސް ގޮވުމެއްނޫން. އެވަރު ނުދަންނަ މީހުން ފާޑު ނުކިޔާ. ފުރަތަމަ އަމިއްލަ މީހާ އިސްލާހުވެ އާއިލާ މީހުން އިސްލާހުކޮށްފައި އެއަށްވުރެން ދުރު މީހުންގެ ކަންކަމާއި ބެހޭތި.