ނުކުރާ ކުށަކަށް 24 އަހަރު ޖަލުގައި ތިބެން ޖެހުނު އެމެރިކާގެ އެއްބަނޑު އެއްބަފާ ދެބެއިންނަށް ބަދަލުގެ ގޮތުގައި 3.8 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާއިން ބަލާނަމަ 58.5 މިލިއަން ރުފިޔާ) ދީފިއެވެ. ދެބެއިންގެ ތެރެއިން ކޮންމެ މީހަކަށް ދިނީ 1.9 މިލިއަން ޑޮލަރުގެ ބަދަލެކެވެ.

2019 ވަނަ އަހަރުގެ މެއި މަހު އެރިކް ސައިމޮން އާއި ކެނެތު މެކްޕާސަން ދޫކޮށްދީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ގިލާފަށް ކަމަށް ޕްރޮސެކިއުޓަރުންނަށް ފާހަގަ ކުރެވުމުންނެވެ.

ކަޅު ނަސްލުގެ ދެމީހުން ކަމަށްވާ ސައިމޮން އާއި ކެނެތު ހައްޔަރު ކުރީ 1994 ވަނަ އަހަރުއެވެ. ޖަލަށްލިއިރު ވިއްސަކަށް އަހަރުގެ ދެޒުވާނުންގެ މައްޗަށް ތުހުމަތު ކުރީ 21 އަހަރުގެ ޒުވާން ފިރިހެނެއްގެ ގަޔަށް ބަޑި ޖަހައި މަރާލި ކަމަށެވެ.

ފަހުން އެނގިފައިވާ ގޮތުގައި ސައިމޮން އާއި ކެނެތު ހައްޔަރުކޮށް، އެމީހުން ޖަލަށްލަށް ލުމުގައި އެއް ހެއްކެއްގެ ގޮތުގައި ބެލީ އުމުރުން 13 އަހަރުގެ ކުއްޖެއްގެ ހެކިބަހަށެވެ. 13 އަހަރުގެ ކުއްޖާ ސައިމޮން އާއި ކެނެތުއާއި ދެކޮޅަށް ހެކިބަސް ދިނިީ ފުލުހުން އޭނާ އަށް ބިރުދެއްކުމުންނެވެ. ފުލުހުން ވަނީ ސައިމޮން އާއި ކެނެތުއާއި ދެކޮޅަށް އެކުއްޖާ ހެކިބަސް ނުދީފިނަމަ އޭނާގެ މައްޗަށް މީހަކު މަރާލުމުގެ ދައުވާ ކުރާނެ ކަމަށް ބުނެފައެވެ.

ދެވަނަ ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހެޅީ އެހެން މައްސަލައެއްގައި ފުލުހުން ހައްޔަރު ކޮށްފައި ހުރި މީހެކެވެ. އޭނާ ހެކިބަސް ދެމުން ބުނެފައި ވަނީ ކެނެތު އާއި ސައިމޮން މީހަކު މަރާލަން ބަޑި ޖެހި މަންޒަރު އޭނާ އަށް ފެނުނީ އޭނާގެ އެޕާޓްމަންޓްގެ ކުޑަދޮރުން ބޭރު ބަލަން ހުއްޓައެވެ.

ނަމަވެސް މިދިޔަ އަހަރު ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ބަޑި ޖަހައި މީހަކު މަރާލިއިރު ކެނެތު ހުރީ އެހާދިސާ ހިނގި ސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ކުރިއަށްދިޔަ ޕާޓީއެއްގައި ކަމަށެވެ. އަދި ސައިމޮން އޮތީ ހާދިސާ ހިނގިއިރު ގޭގައި ނިދާފައި ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެފައި ވެއެވެ.

ޖަލުގައި ހޭދަކުރި މުއްދަތުގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ފައިސާ ލިބުމުން ސައިމޮން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ފައިސާ އިން ނުލިބޭނެ ކަމަށެވެ. އެންމެ ދެރަވަނީ މަންމަ މަރުވިއިރު ވެސް ޖަލުން ނިކުމެގެން މަންމަ އާއި ހަމައަށް ނާދެވުނީތީ ކަމަށް ސައިމޮން ބުނެއެވެ.

އެމެރިކާގެ ޖަލުތަކުގައި ކުށެއް ނުކުރަނީސް ޖަލަށް ލާފައިވާ އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކޮމެންޓު

  އެމެރިކާގަ ގިނަ ޖަލުތަކެއް ހިންގަނީ ވިޔަފާރި އުސޫލުން. މި ވިޔަފާރިތަކުން ފުލުހުންނާއި ގުޅިގެން މިޖަލުތަކުގަ ވަކިވަރަކަށް މީހުން ބަހައްޓަން މަސައްކަތް ކުރޭ. އަދި މީހުން ނުލިބޭނަމަ ޖަލު ބަންދު ކުރާނެ ކަމުގެ ބިރު މިވަިޔަފާރިތަކުން ދައްކާ. ކަޅު ނަސްލުގެ މީހުން ހައްޔަރު ކޮށްގެން މިވިޔަފާރި ހިންގަނީ

  13
 2. އެކަމަކުދޯ

  މިއީތަ އމޑޕ އެބުނާ ތަހުޒީބު ޑިމޮކްރަސީއަކީ؟

 3. ހުސޭނުބޭ

  އެއީ އެ ދެމީހުންގެ ފޮޓޯތަ؟ އިސްލާމުންތަ؟ ނޫނީ ޖަލަށް ވަނުމަށްފަހު އިސްލާމްވީތަ؟

 4. އެމަންޖެ

  ތިގޮތް މިގައުމުގަވެސް ކުށްނުކުރާ މީހުން ޖަލައްލާފަ ކުއްކުރާ މީހުން މިނިވަންކުރުން އޮތީ މިކަމުގަ އެއްމެ ކުރީގަ ހުރީ ކެނެރީގޭ ނަސީދު.

  11