މާބޮޑަށް އިސްތަށިގަނޑު ދެކެ ލޯބިވެވިއްޖެއެވެ. ފަސް ފޫޓު ދެ އިންޗި މިހާރު އެ ރީތި އިސްތަށިގަނޑުގެ ވެރިއަކީ މަލްގޮރްޒަތާ ކުލްޒިކްއެވެ.

މިއީ ހަމަ އަސްލު ރެޕަންޒިލްއާވެސް ބުނެވިދާނެއެވެ. އޭނާގެ އިސްތަށިގަނޑު އޭނާއަށްވުރެވެސް ދިގެވެ.

އުމުރުން 34 އަހަރުގެ މަލްގޮރްޒަތާގެ އެ އިސްތަނޑަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެއެވެ. ލަންޑަންގައި ދިރިއުޅެމުން އަންނަ މަލްގޮރްޒަތާގެ އިސްތަށިގަނޑު ބްރެއިޑް ކުރަން އޭނާ ފެށީ އުމުރުން ހަތް އަހަރުގައެވެ. އަދި އޭނާ އެންމެ ފަހުން އިސްތަށިގަނޑު ކޮށާލާފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ.

ރީތި ދިގު އިސްތަށިގަނޑު ރީތިކޮށް ގެންގުޅުމަށް އޭނާ ވަރަށް މަސައްކަތް ކުރެއެވެ. އެކަމަށްޓަކައި އޭނާ އަމިއްލަ ސީރަމްއެއް ތައްޔާރުކޮށްގެން ގެންގުޅެއެވެ. އެ ސީރަމް އޭނާ އިސްތަށިގަނޑުގައި ފެންވެރެމުގެ 30 މިނިޓް ކުރިން އުނގުޅާ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާގޮތުގައި، މީހުން އޭނާގެ އިސްތަށިގަނޑާއި ހެދި ޖެލަސް ވެގެން ވެސް އުޅެއެވެ. އަދި އެކުގައި އުޅުނު ބައެއް މީހުން އޭނާގެ އިސްތަށިގަނޑު މާ ދިގު ކަމަށް ބުނެ، ކޮށާލަން ހިތްވަރުދޭ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޕޮލެންޑަށް ނިސްބަތްވާ މަލްގޮރްޒަތާ ލަންޑަންގައި ދިރިއުޅެމުން ދަނީ ކޮމްޕިޔުޓިންގ ކިޔެވުމަށެވެ.

އޭނާގެ އެ ރީތި އިސްތަށިގަނޑުގެ ފޮޓޯތައް އޭނާ އެކި ގޮތްގޮތަށް ހެދުމަށްފަހު އިންސްޓަގްރާމް ވެސްކޮށް ހަދައެވެ. އަދި އޭނާ ވަނީ އެފަދަ އިސްތަށިގަނޑެއް ގެންގުޅެވޭނީ ވަރަށް ކެތްގަދަ މީހަކަށް ކަމާށްވެސް ބުނެފައެވެ.

"އަހަރެންގެ އިސްތަށިގަނޑަށް މާބޮޑެތި ގެއްލުންތަކެއް ނުވޭ. އިރަކީ އަހަރެންގެ ނެޗުރަލް ބްރައިޓްނާ، އަހަރެން ހަފްތާއަކު ތިން ފަހަރު އިސްތަށިގަނޑު ދޮންނަން، އެކި ދުވަސް ދުވަހު އެކި ގޮތްގޮތަށް އިސްތަށިގަނޑު ބަހައްޓަނީ. އަހަރެން ބޭނުން ކުރަނީ ގުދުރަތީ މާއްދާތައް އެކުލެވޭ ޕްރޮޑަކްޓްތައް. ކޮންމެ އެއްޗެެއްވެސް ކާށި ތެޔޮ އަޅާފައި ހުންނަނަމަ އަހަރެންނަށް ވަރަށް ކަމުދޭ"