ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދަންޖެހިގެން މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އޭނާ މަރުވީ ކޮން ސަބަބަކާ ހުރެކަން އެނގެން ނެތް އިރު، އެނގޭހާ ވެސް އެއްޗަކީ ސުޝާންތު އޭނާގެ ފަހުގެ ދުވަސްތައް ހޭދަކުރީ ޑިޕްރެޝަންގައި ކަމެވެ. ފާއިތުވި ހަ ވަރަކަށް މަސް ދުވަސް ތެރޭގައި ސުޝާންތުގެ އަތުން އެތައް ފިލްމެއް ޕްރޮޑިއުސަރުން ވަނީ އަތުލައިފައެވެ.

ބޮލީވުޑަކީ މަޝްހޫރު މީހުންނާއި އެ ނޫން މީހުންނާ މެދު ތަފާތުކުރުން ބޮޑު ތަނަކަށްވާ އިރު، މިފަދަ ތަފާތުކުރުންތަކާ އިންތިހާއަށް ސުޝާންތަށް ކުރިމަތިލާން ޖެހުނެވެ. އޭނާ އަކީ އެކްޓް ކުރަން ކިތަންމެ މޮޅު މީހަކަށްވީ ނަމަވެސް ބޮލީވުޑްގެ ތަފާތުކުރުންތަކާ ހުރެ އެ ދާއިރާގައި އުޅުންވީ އޭނާއަށް ދަތި، އުނދަގޫ ކަމަކަށެވެ.

ސުޝާންތު އާއި ފިލްމީ ތަރި ރިއާ ޗަކްރޮބަތީ އާއި ރަށްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ދެ ތަރިން އެކަން ޔަގީންކޮށެއް ނުދެއެވެ.

އެކަމަކު އެކުގައި ދަތުރު ދިއުމާއި އެކުގައި ކަސްރަތު ކުރުން ފަދަ ކަންކަން ކުރާ މަންޒަރު ފެންނަ އެތައް ވީޑިއޯއަކާއި ފޮޓޯއެއް އެ ދެ ތަރިންވެސް ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ.

ދެ މީހުން ޑިސެމްބަރުގައި ކައިވެނިކުރަން ނިންމިކަން އޭނާގެ ގާތް މީހުންނާއި އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާއި މެދު ރިޔާ ހުރީ ހަނެވެ.

ބުރާސްފަތި ދުވަހު ރިޔާ ފުލުހުންނަށް އޭނާގެ ބަޔާން ދީފައިވާ އިރު ރިޔާ އާއި ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި އާލިޔާ ބަޓްގެ ބައްޕަ މަހޭޝް ބަޓް އާއި މި ކޭސް އާއި ދަނީ ގުޅުވަމުންނެވެ. އަދި ސުޝާންތްގެ ކެރިއާ ހަލާކުކޮށްލަން މަސައްކަތް ކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ވެސް ދަނީ ތުހުމަތުކުރަމުންނެވެ.

ސުޝާންތް މަރުވި ރޭގެ ކުރީރޭ ރިޔާ އުޅުނީ މަހޭޝްއާ އެކު ކަމަށް އަޑު ފެތުރެމުންދާއިރު މަހޭޝް އާއި ރިޔާ އާއި މީގެކުރިން ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ދަނީ އާންމުވަމުންނެވެ. އަދި ސުޝާންތުގެ ފްލެޓްގެ ޑުބްލިކޭޓް ތަޅުދަނޑިއެއް ގެއްލުނު ކަމާއި އެ ތަޅުދަނޑި ނުފެންނަކަން ބައެއް މީޑިއާ ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ.

ރިޔާ އާއި މަހޭޝް އާ އޮންނަ ގުޅުމާއި މެދު އެތައް ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ. އަދި މަހޭޝް ހަގީގަތުގައި ވެސް ސުޝާންތާ ޖައްސާލައިފި ނަމަ ބޮލީވުޑްގައި އޭނާ އާއި ދެކޮޅަށް ދާން ކެރޭނެ މީހަކު މަދުވާނެއެވެ. ސަބަބަކީ އޭނާގެ ބާރާއި ނުފޫޒު ބޮލީވުޑްގައި ގަދަވުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މަރުވުމުގެ އެއްރޭ ކުރިން ބަޔަުކު އެ އެޕާޓްމަންޓް ގަ އުޅުނު ކަމާއި ޕާޓީ ބާއްވާ އަޑުގަދަ ވިކަން އަދި ޑުޕްލިކޭޓް ކީ ގެއްލުނުކން
    ޢެރޭ ވަކި ހިސާބަކުން ހުރިހާ ސީސީވީތައް މައްސަލަ ޖެހުނު ކަން
    ސުޝާންތް ދަންޖެހުމަށ އައްސާފައިވާ ވާގަޑގައި ޖަހާފައިވާ ގޮށް އެއީ ވައަތް ތެރިއެއްކަނ
    ޢަދި ސުޝާްނތް އަކީ ކަނާއަތްތެރިކަން ވަނީ މިހާރު ހެކި ލިބިފަ.
    ފެށުނީއްސުރެ ސުޝާންތް އާއި ހަދާފައިވާ އެގްރީމެންޓް ގެ ބިރު ދައްކައިގެންނާއި އަadi ފިލމް ދޭނަމޭ ބުނެ ރަންވީރު އަށް ފިޅްމ ހަވާލު ކޮށް ކުޅެން ފުރުސަތު ދީފައވާ ކަން

    63
    2
  2. ސަމޭދާން

    މަށަށް މީގާ ގޯހީކީ މެހޭށެއްނޫން. މަށަށް ގޯހީ ޝުޝާންތުގެ ބިޓު. އޭނާ ނުވާނެ ދޯ އޭނާ ބައްޕައުމުރުގެ ހިލޭފިރިހެނެއް ގާތަށް ގޮސްގެންނެއް.

    98
    4
    • ޖަމީލު

      ބަލަ ސުސާންތު އަކީ ހިލޭ ފިރިހެނެތް ނޫންބާ

  3. ހަގީގަތް

    ތިބޮލީވުޑްގެ ގިނަ ރީތި އަންހެން ތަރިންނަކީ މަޝްހޫރު ކަމާއި ލާރިއާއިހެދި އުޅޭ ބައެއް ސުޝާންތް މަރުވީ އޭނާގެ ލޯބިވެރިޔާ ރިޔާ ތި މަހޭޝްބަޓް އާއި ސިއްރު ލޯބީގެގުޅުން އޮންނާތީ ކަމަށް ވެދާނެ.

    52
    1
  4. ައަންނިބެ

    ދެނެއް ތިޔަ ފިލުމުހަދާ މީހުންނަކައްވެސް އިތުރައަކައް ފިލްމެއް ނެހެދޭނެ ލާރި ހޯދަން ކޮއްމެސް އެހެން ކަމެއް ކުރޭދެން. މަހޭޝް ބަޓް މެންނަކައްވެސް ދެނެއް ޖުވާން އަންހެން ކުދިންނެއް ނުލިބޭނެ ކުޅިސަމާ ކުޅޭކައް.

    25