ބޮލީވުޑްގެ އެކްޓަރ ސުޝަންތް ސިންގ ރާޖްޕުތް އަމިއްލައަށް މަރުވުމާއި ގުޅިގެން އޭނާއަށް ސަޕޯޓް ކުރާ އަންހެނަކު އަމިއްލައަށް މަރުވެއްޖެއެވެ.
ސުޝަންތް މަރުވެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދާ އެޕާޓްމެންޓުގައެވެ. އޭނާގެ މަރާއެކު އޭނާގެ ފޭނުންގެ ހިތައް ވަރަށް އަސަރުކޮށްފައިވާކަން މީސް މީޑިއާގެ ޕޯސްޓްތަކުން އިނގެއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުން ސުޝަންތްގެ މަރާއި ގުޅިގެން އޭނާއަށް ސަޕޯޓް ކުރާ އަންހެނަކު މި ވަނީ އަމިއްލައަށް މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.
އޭނާ ދަން ޖެހިގެން އަމިއްލައަށް މަރުވުމުގެ ކުރިން، އޭނާ އެ ދުވަހު ސުޝަންތުގެ ވަރަށް ގިނަ ވީޑިއޯތައް ބެލި ކަމަށެވެ. އަދި އެ ވީޑިއޯތައް ބަލައި، އޭނާ ޑިޕްރެޝަންއަށް ދިޔައީ ކަމަށާއި، އާއިލާ މީހުންވެސް ތިއްބާ ގޮސް އޭނާ އަމިއްލައަށް ކޮޓަރިއަށް ވަދެ ދަން ޖެހުނީ ކަމަށް ހާބަރ ޑިވިޝަންގެ އެެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ވެއެވެ.
އެ އަންހެން މީހާގެ ބައްޕަ ބުނީ، އޭނާގެ ދަރިފުޅަކީ ސުޝަންތގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ.
ސުޝަންތްގެ މަރާއެކު ބޮލީވުޑްގައި އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް މަޝްހޫރު ތަރިން ހޫނު ފެނަށް ދަނީ ވެއްޓެމުންނެވެ. މިގޮތަށް މެދުވެރިވާން ޖެހުނީ ސުޝަންތާއި ގުޅޭގޮތުން ތަރިން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.
.............................................................................................................................................................
ރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ދެންފަހެ ކީއްކު ރަންތަ ހަ ރާމް ކަންތައް ކު ރާ މީހުންގެ ވާހަކަ ތިޔަ ޖަހަނި ހަބަ ރުގަ.މީނަގެ ހަބަ ރެއް ނުގެންނަ ދުވަހެއް ނާދެ..
ދެން މިހަބަރުތައް މިވަރަށް ނުފަތުރާ، ވިސްނުންްކޮށި ކުދިން މިފަދަ ޢަމަލުތަކާ ދިމާއަށް ގެންދެވޭނީ، ބޮޑުފާފައެއް. ހެޔޮވިސްނުން ދެއްވާށި
އިންސާނަކު އިންސާނަކަށް ވީ ލޯބީގައި ފު ރާނަ ދުއްވާލި އި ރު ކޮބާ އޭނާ ހެއްދެވި ފަ ރާތައް ވީ ލޯބި. އެބަޔަކަށް ސުވަ ރުގެ ހަ ރާމްކު ރައްވާފައިވާ މީހުންގެ ވާހަކަ ނުގެންނަހަ ރޭ
މަސްހޫރު މީހެއް ކުރި ކަމަކަސް ތިއީ ނުބައި ކަމެއް ކަން އިނގި ހުރެ ކޮންމެ ދުވަަހަކު އޭނަގެ ވާހަކަ
މިދެން އެހާވަރަށް ދިވެހި ރާއްޖޭގަ ނޫހުގަ ކޮންމެދުވަހަކު ޖަހާވަރުގެ މުހިއްމު ހަބަރެއްތަ ހަމަ. ހަބަރު ލިޔާ މީހުންވެެސް ތަންކޮޅެއް ހަރުދަނާވާންވެއްޖެ. މިދެން ބޮޑުވަރެއް.