ބޮލީވުޑްގެ މިހާރު ރަސްކަން ކުރަމުން އަންނަ ދުވަސްވީ އެއް ތަރިކަމުގައިވާ އަމީތާބް ބަޗަންއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އޭނާގެ ފޮޓޯއެއް ފައިން ކުރަހާލައިފިއެވެ.
އެ ކުރެހުންތެރިޔާއަށް ކިޔަނީ އާޔުޝް އެވެ.އޭނާ ކުރެހި ފޮޓޯއަކީ އަމީތާބްގެ އެންމެ ފަހުގެ ފިލްމް ކަމުގައިވާ ގުލާބޯ ސިޓާބޯގެ މަންޒަރެއްގެ ފޮޓޯ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރަމުން އަމީތާބް ބުނީ، އަޔޫޝްއަކީ ނުކުޅެދުންތެރި ކުއްޖެއް ކަމަށާއި، އެކަމުގެ ސަބަބުން އޭނާާއަށް އަތް ބޭނުންކޮށްގެން ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އޭނާ ފައި ބޭނުންކޮށްގެން ކުރަހާފައިވާ ކަމަށާއި، އޭނާއާ ގެއިން ބައްދަލުކުރަން ފުރުސަތު ލިބުނު ކަމަށް އަމީތާބް ބުންޏެވެ.
T 3569 - This is Aayush .. divyaang , physically challenged .. cannot use his hands, so paints with his feet ..
it was a privilege when I met him at home .. bless him and his superior talent ..
gifts me with this .. 🙏🙏🙏🙏🙏❤️❤️🌹🌹 pic.twitter.com/r3ZNbvMHuT— Amitabh Bachchan (@SrBachchan) June 20, 2020
އަމީތާބް ވަނީ އަޔޫޝްގެ ހިތްވަރަށް ސާބަސްދެއްވާފައެވެ. އަދި އޭނާއަށް އެ ފޮޓޯ ހަދިޔާ ކުރިކަމަށްޓަކައި ވަނީ ޝުކުރު އަދާކޮށްފައެވެ.
އަޔޫޝްގެ އެ ފޮޓޯ މީސް މީޑިއާގައި ހިއްސާ ކުރުމުން އޭނާގެ ހުނަރަށް އަމީތާބްގެ ފޭނުން ދަނީ އާޝޯހުވާ ވަރުވާ ކަމަށް ބުނަމުންނެވެ. އަދި އަޔޫޝްއަށް ހިތްވަރު ދީ ވަނީ ވާހަކަދައްކާފައެވެ.
އަނެއްކާ ވެސް މި އޮތީ ސޫ ރަ ކު ރެހުމަށް ހިތްވަ ރު ލިބޭ ހަބަ ރެއް. ތިޔަ އީ އަހަ ރުމެނގެ ދީނުގައި ހަ ރާމްކަމެއް.
ހެޔޮނުވާނެ. ތިކަހަލަ ހަބަ ރު ނުގެނެސްދީ.
ފައިދާ ހު ރި ރަނގަޅު ހަބަ ރު ގެނެސްދެއްވާ