އިންޑިއާގެ ކޮޓާގެ ސަރުކާރު ހޮސްޕިޓަލެއްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 40 އަހަރުގެ ފިރިހެނަކު މަރުވި މައްސަލަ ބަލަން ފަށައިފިއެވެ. ކޮވިޑް-19 އާ ގުޅިގެން ފަރުވާދެމުންދިޔަ އެ މީހާ ވެންޓިލޭޓަރުގައި އޮއްވާ، އާއިލާ ބަޔަކު ވެންޓިލޭޓަރުގެ ޓޮޕް ނައްޓާލައި، އެތަނަށް އެ މީހުން ގެންގުޅޭ އެއާ ކޫލާ ޖަހާފައެވެ. އެ މީހާ މަރުވީ އެ ވެންޓިލޭޓަރުން ކަރަންޓް ދުއްވާލުމާއި ގުޅިގެން ކަަަމަށް ރިޕޯޓްތައް ބުނެއެވެ.

އޭނާއަކީ ކޮވިޑް-19އަށް ޝައްކު ކުރެވިގެން ޖޫން 13 ވަނަ ދުވަހު ފެށިގެން މަހާރައޯ ބިމް ސިންގ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދިޔަ މީހެކެވެ.އޭނާގެ ޓެސްޓު ފަހުން ވަނީ ނައްސިވެފައެވެ.

އަދި ޖޫން 15 ވަނަ ދުވަހު އޭނާ އައިސޮލޭޝަން ވޯޑަށް ވަނީ ބަދަލު ކޮށްފައެވެ. އޭނާ އައިސީޔޫ ވޯޑަށް ބަދަލުކޮށްފައި ވަނީ، އައިސީޔޫގައި އޮތް އެހެން ބަލި މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ އެ ވޯޑަށް ބަދަލު ކުރިފަހުން އެތަން ހޫނު ވެގެން އާއިލާ މީހުން ވަނީ އެއާ ކޫލާއެއް ގަނެފައެވެ. އަދި އެ ޖަހާނެ އެއްވެސް ސޮކެޓެއް އެތަނުގައި ނެތިގެން އެ މީހުން ވެންޓިލޭޓަރު ނައްޓާލީ ކަމަށް ވެއެވެ. އަދި ވެންޓިލޭޓަރު ނައްޓާލައި، އެތަނަށް ޖެހީ އެ އެއާ ކޫލާއެވެ. އިރުކޮޅެއްގެ ތެރޭގައި އެ ވެންޓިލޭޓަރުން ވަނީ ކަރަންޓު ގޮސްފައެވެ.

އެކަން އެ މީހުން ޑޮކްޓަރަށް އެންގުމުން، ޑޮކްޓަރުން އެ މީހާގެ ހާލަތު ބަލަން ދިޔައިރު، އެ މީހާ އޮތީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މީހާގެ މަރާއި ގުޅިގެން ފިޔަވަޅު އެޅުމަށް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއްވެސް މިހާރު ވަނީ އުފައްދާފައެވެ.

ހޮސްޕިޓަލުން ބުނީ، އެ މީހުން އެ ކޫލަރު ޖެހުމަށް އެއްވެސް ބައެއްގެ ހުއްދަ ހޯދާފައެއް ނުވެއެވެ. އަދި އެ މީހާ މަރުވުމުން އާއިލާ މީހުން ހޮސްޕިޓަލް ތެރޭގައި އަޑުގަދަކޮށް ޑޮކްޓަރާއި، މެޑިކަލް ސްޓާފުންނާއި ދިމާލަށް ހަޅޭ ލެވި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކަމެތި

    ތީހަމަ އަންނިގެ މައްސަލަ.

    8
    1
  2. ޢުމުރު

    ޢިބުރާހިމުގެ މަރު ކޮމިސަން މިއޮތީ މަހަލްދީބުގަ ހަވާލްކޮލާ