ބޮލީވުޑްގެ ތަރިންގެ ފޭވަރޭޓްއަކަށް ރާއްޖެ ވަނީ ވެފަައެވެ. ރާއްޖޭގައި އެ މީހުން ޗުއްޓީ ހޭދަކޮށް، ފޮޓޯތައް މީސް މީޑިއާއަށް ލައެވެ. އެހެން ނަމަވެސް ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޮވިޑް-19އާ ހެދި އެންމެން ތިބީ ގޭގައި ބަންދުވެފައެވެ. ރާއްޖެ އަންނަ ބޭނުންވެފައިވާ އެތައް ބަޔަކު ތިބިނަމަވެސް، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން އަދި އެ ފުރުސަތު އެއްވެސް ފަތުރުވެރިއަކަށް ނެތެވެ.

ޖުލައި މަސް އަންނަންދެން އެ މީހުން ޖެހޭނީ އިންތިޒާރުކޮށްލާށެެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އަންނަން ބޭނުންވެފައި އެތައް ބަޔަކު ތިބިއިރު، ބަތަލާ ބިޕާޝާ ބާސޫ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް ނަގާފައިވާ ވީޑިއޯއެއް އޭނާ މި ވަނީ ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި އޭނާ ފެންނަނީ ފިރިމީހާ ކަރަން ސިންގ ގްރޯވާ އާއެކު ނަށާ މަންޒަރެވެ.

އޭނާ އެ ވީޑިއޯ ހިއްސާ ކޮށްފައި ވަނީ މެސެޖެއް ދިނުމުގައި ބޭނުމުގައި ކަމަށް ވެދާނެއެވެ.

އެ ވީޑިއޯ ހިއްސާކޮށް އޭގެ ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ، އެ ވީޑިއޯއަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ އޭނާގެ އުފަން ދުވަހުގައި ރާއްޖޭގައި ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި އޭނާގެ ފިރިމީހާއާއެކު ވަރަށް ފާހަގަކޮށްލެވޭ ވަގުތުކޮޅެއް އެތަނުގައި ހޭދަވި ކަމަށް އޭނާ ބުންޏެވެ.

https://www.instagram.com/p/CBlRL0kD5Li/?utm_source=ig_embed

"އަހަރުމެންނަށް މިވަގުތު އެއްވެސް ގޮނޑުދޮށެއް، މޫދެއް، އަދި ބޭންޑެއްވެސް ނެތް، އެކަމަކު އެކަކު އަނެކަކު އެ ހުރީ އަހަރުމެންނަށްޓަކައި، މިއީ ހަމަ މުހިންމު ކަމެއް، އެހެންކަމުން މި ފުރަބަންދުގައި އެކުގައި ގޭގައި މަޖާ ކޮށްލުމުގައި އަހަރުމެން އެބަ އުޅެން އެކުގައި މަޖާ ކޮށް ނަށާ އެބަ ހަދާލަން، އެއީ ހަމަ ހުރިހާ ވަގުތަކީވެސް އެންމެ ރަނގަޅު މޮމެންޓަށް ހެދުމަށް، ދިރިއުޅުން ސެލެބްރޭޓް ކުރޭ، އަދި އުފާވެރިކަންމަތީ އުޅޭ". އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.

ބިޕާޝާގެ މި ޕޯސްޓުން އޭނާ ދޭން ބޭނުންވާ މެސެޖަކީ ފުރަބަންދުގައި އެކަކު އަނެކަކާއި އެކީ މަޖާ ކޮށްލައި އެކުގައި ވަގުތު ހޭދަ ކޮށްލުން ރަނގަޅުވާނެ ކަމެވެ. ހާއްސަ ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް ބިޕާޝާގެ މެސެޖް ރައްދުވާނެއެވެ.