ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ކުޅޭ ގޭމެއް ކަމުގައިވާ ”ކޯލް އޮފް ޑިއުޓީ“ ނުވަތަ ކޮޑް އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ގޭމެކެވެ.

ކޮމްޕިއުޓަރުންނާއި ޕްލޭ ސްޓޭޝަންގެ އިތުރުން މޯބައިލް ފޯނު ތަކުންވެސް މިހާރު ކޮޑް ކުޅެވޭ އިރުގައި އެއްވެސް އިރެއްގައި މި ގޭމް އުފެއްދި ފަރާތްތަކަށް ލިބެނީ ކިހާ ފައިސާ އެއްތޯ ހިތަށް އެރި ހެއްޔެވެ؟

ބައެއް މީހުން މި ސުވާލު ހިތަށް އަރުވާފައި އޮވެދާނެއެވެ. ދާދި ފަހުން ”ސްލޮޓީ ވޭގަސް“ ކިޔާ ބަޔަކު މިވަނީ އެތައް މައުލޫމާތު ތަކެއް އެއް ކުރުމަށް ފަހުގައި ކޮޑް އުފެއްދި ފަރާތްތަކަށް ގޭމުން ލިބޭ ފައިސާގެ އަދަދު އަންދާޒާ ކޮށްފައެވެ.

އެ ފަރާތްތަކުން ބުނެފައި ވަނީ ކޮޑް ގޭމުގެ ތެރެއިން ތަފާތު އެއްޗެހި ވިއްކައިގެން އެ ގޭމުން ދުވާލެއްގެ މައްޗައް 2.9 މިލިއަން ޑޮލަރު ވަރު ހޯދައެވެ. ދާދި ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގައުމުތައް ފުރަބަންދު ކޮށްފައިވާ ދުވަސްކޮޅު އެކަނިވެސް އެ މީހުންނަށް 190 މިލިއަން ޑޮލަރަށް ވުރެން ގިނަ އާމްދަނީ އެއް ވަނީ ލިބިފައެވެ.

ކޮޑް ގޭމަށް އެވްރޭޖް ގޮތެއްގައި ކޮންމެ މިނެޓަކު 2000 ޑޮލަރުގެ ވިޔަފާރި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ادم نبيه سعيد (ޢިލްމު ގެ ދަރިވަރެއް)

    ގޭމިންގް އިންޑަސްޓް ރީ އަކީ މަލްޓި ބިލިޔަން ޑޮލަ ރުގެ އިންޑަސްޓް ރީއެއް. މިޒަމާނުގައި ޝައިޠާނާ އިންސާނިއްޔަތުގެ ތެ ރޭގައި ފަތު ރާފައިވާ ދެވިހިފާ ބައްޔެއް. އެ ސޮ ރުގެ ފިޔަވަޅެއް.އަދި މީސްތަކުން މަގުފު ރެއްދުމަށް އެ ސޮ ރު ބޭނުންކު ރާ ވަސީލަތެއް.
    އިސްލާމްދީން ރަހްމަތަކަށް ވާ އެއް ސަބަބަކީ އިންސާނުންނަށް ގެއްލުންވާ ކަންތަކާއި ތަކެތި ހުއްދަ ނުވާތީ ނުވަތަ ހަ ރާމް ވާތީ.
    އިސްލާމީ ފިޤުހު ކިޔަވައިގެން ތިއްބެވި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ ފިޤުހު ގެ بيع ގެ ދަށުގައި އަންނަ الاة الهو ނުވަތަ 'މުނިފޫހިފިލުވުމުގެ ޢާލާތްތައް' ގައި އެތަކެތި ވިޔަފާ ރީގެ ގޮތުގައި ގަނެވިއްކުމަކީ ޚަ ރާމް ކަމެއްކަން.
    ވީޑިޔޯ ގޭމުގެ ބައެއް ގެއްލުންތައް
    1: މީހާގެ ވިސްނުމާއި ފިކު ރު ގޭމުގެ ކަންތައް ތަކަށް ބަ ރޯސާވުން
    2: ދި ރިއުޅުމުގެ އަސާސީ ކަންތައްތައް އެއްފަ ރާތް ކޮއްފައި ގޭމަށް ވަގުތު ހުސްކު ރުން
    3: އިޖުތިމާޢީ އެކި ކަހަލަ މަސައްކަތްތަކުން ދު ރުވުން
    4: ކަންނެތްވެ ފަލަވުން ނުވަތަ އޮބޭސިޓީ( ހޯދުންތަކުން ދައްކާ ގޮތުގައި ގޭމް ކުޅޭ މީހުން ނުކުޅޭ މީހުންނަށް ވު ރެ ފަލަ)
    5: ވަގުތު ބޭކާ ރުކު ރުން ( މިއީ ޝައިޠާނާގެ ޢަމަލެއް އަދި ﷲ ހަ ރާމް ކު ރައްވާފައިވާ ބޮޑު ފާފައެއް. މިކަމުގެ ސަބަބުން ދީނީ ގޮތުން ކު ރަން އަންގަވާފައިވާ ވާޖިބުތަކަށް ހު ރަސް އަޅާ ތިމާއަށް މާތް ﷲ ހެޔޮ ޢަމަލުތައް ކު ރުމަށް ދުނިޔެ މަތީގައި ދެއްވާފައިވާ އަގުހު ރި ކުޑަ ވަގުތުކޮޅު އިސް ރާފުކޮށް އަމިއްލަ ނަފްސަށް އިހުމާލުވެ ﷲ އާއި މެދު އޮތް ގުޅުން ވަ ރަށް ބޮޑަށް ކުޑަވެގެންދޭ)
    އަދިވެސް ދީނީ ދުނިޔަވީ ނަފްސާނީ ރޫހާނީ އަދި ޖިސްމާނީ އެތައް ބަލިމަޑުކަމެއް ގެ ޝިކާ ރަޔަކަށް މީހާ ވެގެން ދޭ. މިިއީ ޝައިޠާނާގެ ފިޔަވަޅުތަކެއް ނޫންތޯއެވެ.
    ދުނިޔޭގެ 89 ޕަސެންޓް ގޭމް އުފައްދާފައިވަނީ ޢުދުވާނީ ގޮތުން މީހުންނާއި ތަކެއްޗަށް ދޭ ގެއްލުމަށް.މިސާލަކަށް ގް ރޭންޑް ތެފްޓް އޮޓޯ ފަދަ ގޭމްތައް.........
    =ބައެއް މަޢުލޫމާތު ހޯދީ ޝައިޚް ހަމްޒާ ޔޫސުފްގެ 'ދި ޑެވިލްސް ޓް ރެޕް' ކިޔާ ދަ ރުހަކުން ނާއި ރޭޝަަނަލް ބިލީވާ ރސް ގެ 'ދި އާ ރމީ އޮފް ސަޓަން ގެ' 14 ވަނަ އެފިސޯޑުގެ ' ޑާ ރކް ސައިޑް އޮފް ގޭމިންގް އިންޑަސްޓް ރީ' އިން.)=

    3
    1