މާދަމާ ހިފާނީ ފާއިތުވެދިޔަ ސަތޭކަ ވަރަކަށް އަހަރު ތެރޭ ވެސް އެންމެ ތަފާތު އެއް އިރުކޭތަ ކަމަށް އިދާރާތަކުން ބުނެފިއެވެ.

"ރިންގް އޮފް ފަޔަރ" ގެ ނަމުން ނަންދީފައިވާ މި އިރުކޭތަ އަކީ މިއަހަރު ހިފާ ދެ އިރުކޭތައިގެ ތެރެއިން ފުރަތަމަ ކޭތައެވެ. މި ކޭތަ ހިފާއިރު އިރާއި ދުނިޔޭގެ ދެމެދުން ސީދާ ހަނދު ދިމާވެ މި އިރުކޭތަ ހިފާ ވަގުތު ދުނިޔެއަށް ހަނދުން އެޅޭ ހިޔާނީގެ ސަބަބުން އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފަނޑުވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މިއީ ހަނދު، ދުނިޔެއާއި އޭގެ އެންމެ ދުރުމިނުގައި ދަތުރުކުރާ ދުވަސްވަރަށް ވުމުން އިރުގެ އަލި މާބޮނޑަށް ކެންޑިގެން ނުދާނެއެވެ.

މި އިރުކޭތަ ފުރިހަމައަށް ހިފާފައި ހުންނާނީ މަދު ވަގުތުކޮޅަކަށް ކަމަށް ވެއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުން އިރުކޭތަ ފުރިހަމަވުމަށްފަހު އެގޮތުގައި ފެންނާނީ މިނެޓެއްހާ އިރަށެވެ. އެހެންކަމުން މިވަގުތުކޮޅުގައި ކޭތަ ފުރިހަމައަށް ނުފެންނަ ޤައުމުތަކަށްވެސް އިރުގެ ދޯދިތަކަށް އަންނަ ބަދަލު ފާހަގަކުރެވިގެންދާނެއެވެ.

ސައިންސްވެރިން ބުނާގޮތުން "މި ކޭތަ ހިފާ ވަގުތުގެ މިސާލަކީ 500 ވޯޓުގެ ލައިޓެއް 30 ވޯޓަށް ބަދަލު" ކުރުމުގެ މިސާލެވެ. މި އިރުކޭތަ ފުރިހަމައަށް ހިފާ ވަގުތު އިރުގެ ވަށައިގެންވާ ފަށަލަ ނުވަތަ އިރުގެ "ކޮރޯނާ"، ވަށްބުރެއްހެން ފެންނާން ހުންނާނެއެވެ. "ރިންގް އޮފް ފަޔަރ" ގެ ނަމުން މި ކޭތައަށް ނަންދެވިފައި ވަނީ ވެސް މި ސަބަބަށްޓަކައެވެ.

އާންމު ގޮތެއްގައި މިހައި ސާފުކޮށް އިރުގެ ވަށައިގެންވާ ފަށަލަ ފެނުމަކީ، މުޅި އިރުގެ އަލިކަމުގެ ސަބަބުން ފެންނާން އުނދަގޫ ފަށަލައެކެވެ. އެހެންކަމުން ހަނދު އިރާއި ސީދާވެ ހުރަސްކުރާ މި ވަގުތުކޮޅަކީ، މަދުން ނޫނީ މި ފަށަލަ ބަލައިލަން ނުލިބޭނެ ފުރުސަތެކެވެ.

މި އިރުކޭތަ ހިފާ ވަގުތު އެ މަންޒަރު އެފްރިކާ އާއި އޭޝިއާގެ ބައެއް ސަރަޙައްދުތަކަށް ފެންނާނެ އެވެ. އަދި "ރިންގް އޮފް ފަޔާ" އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެންނާނެ ޤައުމުތަކުގެ ތެރޭގައި ރިޕަބްލިކް އޮފް ކޮންގޯ ހިމެނޭ ކަމަށް ދިރާސާވެރިން ބުނެއެވެ. އެޤައުމަށް އިރުކޭތަ ފެންނާނީ އިރު އަރައިގެން އަންނަ ވަގުތު ކަމަށް ވެއެވެ.

އިރުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ހެނދުނު 9:39 ހާއިރު އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މާދަމާގެ ހެނދުނު 10:51 އެވެ.

އިރުކޭތައެއް ހިފާ ވަގުތު އިރާއި ދިމާލަށް ހަމަލޮލުން ބެލުމަކީ ނުރައްކާތެރި ކަމެކެވެ. އެކަމަށް ޚާއްސަ ކުރެވިފައިވާ އައިނު ނުވަތަ އެނޫންވެސް އާލާތެއް ނެތި މި ކޭތަ ހިފާ ވަގުތު އިރަށް ބެލުމަކީ ލޮލުގެ ފެނުމަށް އަސަރުކޮށް، ނުވަތަ ފެނުން ގެއްލިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިއަހަރު ހިފާ ދެވަނަ އިރުކޭތަ ހިފާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި އިރުކޭތަ ފެންނާނީ ދެކުނު އެމެރިކާ ސަރަޙައްދުގެ ޤައުމުތަކަށެވެ. "ރިންގް އޮފް ފަޔަރ" އިރުކޭތައެއް ދެން އެންމެ އަވަހަށް ހިފާނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އަޅަމެން އެބުރި ދިއުން ވަނީ އިބަރަސްކަލަގެ ޙަޞްރަތަށެވެ. އަޅަމެން ތައުހީދު މަތީގައި ސަބިތުކޮއްދެއްވާ ޑިމޮކުރަސީ ފަދަ ކުފުރުން އަޅަމެން ރައްކާތެރި ކޮއްދެއްވާށި.

    47
    3
    • ގަމާރުމޯލްޑިވިއަން

      ޑި މޮކްރަސީ އަކީ ކުފުރެއް ތަ؟.ކޯއްޗެއްގަ އޮތީ

      • ވަގުތު ކިޔުން ތެރިއެއް

        ޑިމޮކުރަސީ ނިޒާމުގައި ކުފުރާއި ޝިރުކު އެކުލެވިގެންވަނީ އެއީ ގިނަ ބައެއްގެ ތާއީދާއި އެކު ނުވަތަ ގިނަ ވޯޓުން ﷲ ގެ ޝަރީއަތުގައިވާ ހުކުމްތައް އެބައިމީހުންގެ ކުފުރު މަޖިލީހުން އެ މާތް ޝަރިއަތުގައިވާ ހައްދުތައް ބަދަލުކޮށް އަމިއްލަ އަށް ޤާނޫން ހަދާ ނިޒާމަކަށްވާތީ. މިކަމުގައި އެ ކުފުރު މަޖިލިސް މެމްބަރުން ހޮވުމަށް ވޯޓުގައި ބައިވެރިވުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް ވެވޭ އެހީއެއް. އެއީ ޝިރުކުގެ ޢަމަލެއް. ތައުބާ ނުވެ ހުއްޓާ މަރުވެއްޖެނަމަ ދާއިމީ ނަރަކަ އެމީހަކަށް އޮތީ.

    • މޯލްޑިވިޔަން

      ޑި މޮކްރަސީ އެއް ނޫން ތަ މި އިރުކޭތަ ހިފާ ގޮތްވެސް ދަސް ކޮއްދިނީ

      1
      4