ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) މިމަހު އާއްމުންގެ ސަމާލުކަމަށް އައީ އޭނާ އިންސްޓަގްރާމްގައި ހުޅުވާލި އަގުބޮޑު ގިވްއަވޭ އިންނެވެ.
ފާޒިލް ދިން ހަދިޔާ ތަކުގެ ތަކެތީގެ ތެރޭގައި މެކްބުކް އެއާ ގޯލްޑަކާއި، 512 ޖީބީގެ އައިފޯން އެކްސް އެސްއެއް އަދި އެއާޕޮޑެއް ހިމެނެއެވެ. މީގެ އިތުރުން ގިފްޓް ހެމްޕާގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ވިކްޓޯރިއާ ސީކްރެޓްސް، ގޫޗީ، ޖޯރޖިއާ. އަރްމާނީ، ޑިއޯރ ފަދަ ބްރޭންޑްތަކުގެ ތަފާތުތަކެތި ހިމެނެއެވެ.
އެތަކެތި ބޭނުން ވެގެން ގިނަ ބަޔަކު ފާޒިލް ފޮލޯ ކުރި ނަމަވެސް އިއްޔެ ގިވްއަވޭ ނިމުމާއި އެކު އޭނާގެ ފޮލޯވާސްގެ އަދަދު ވަނީ މަދުވާން ފަށާފައެވެ. ފާއިތުވި 12 ވަރަކަށް ގަޑިއިރުގެ ތެރޭގައި ހައެއްކަ ހާސް މީހުން ވަނީ ފާޒިލް އަންފޮލޯ ކޮށްފައެވެ.
ފާޒިލް ކުރިއަށް ގެންދިޔަ ގިންއަވޭގައި ބައިވެރިވުމަށް ފުރަތަމަ ޖެހެނީ އޭނާ ފޮލޯ ކުރާށެވެ. ފާޒިލް ބުނެފައިވާ ގޮތުގައި އޭނާގެ ގިވްއަވޭގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. އޭނާގެ ގިވްއަވޭ ޕޯސްޓަށް އެއްލައްކަ ސައުވީސް ހާހަށް ވުރެ ގިނަ ކޮމެންޓް ލިބިފައި ވެއެވެ.
ގިވްއަވޭގައި ބައިވެރިވި ބައެއް މީހުން ވަނީ ގިވްއަވޭގެ ހަދިޔާތައް ދިން ގޮތާއި މެދު ސުވާލު އުފައްދައި އެކަމަށް ފާޑުވެސް ކިޔަމުންނެވެ.
ފާޒިލް ރޭ ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި އޭނާގެ އިތުރު ގިވްއަވޭތަކެއް އެބައޮތް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް އޭނާ އަށް ފޮލޯ ކުރަން ތައްޔާރު ވާށެވެ.
ތި އުޅޭ ކައިޒީން އަށް ވެސް ވާނީ ތިހެން
މޮޔަ ކަމެއްތާ ދޯ
ހޭބަލިވެފަ!
އަޅެ އެ މިހުންނަށް ނުލިބުނި މަ ހަދަނި އެހެނެއްނު ންތަ؟
ފޮލޯ ކުރާށޭ.. ނުވާނެ ތިކަމެއް.. އިޝްތިހާރު ނުކޮށް ދޭން ބޭނުންވާ މީހަކަށް ތި ދީބަލަ.. އަހަރުން ނޫޅެން ތި ހޯދާކަށް..
ދެން އަ މައްޔާތް އުޅޭފާޑެއް މިސޮރުވެސް އަންހެނަކައް ވީނަ މަ މިސޮރުވެސް ހުރިސް ތުއިކަ މެއް ދެން އަ މައްޔާތް
މިކަމަށްއޮތް އެންމެ ރަނގަޅު ހައްލަކީ އަންފޮލޯ ކޮށްލުން.މަވެސް ކޮށްލަނީ މި.