ބޮލީވުޑްގެ އެކްޓަރ ސުޝަންތް ރާޖްޕުޓް ސިންގގެ މަރާއެކު މުޅި ސޯޝަލް މީޑިއާ މި އޮތީ ރުޅިވެރިކަމާއި ނަފްރަތުން ފުރިފައެވެ. ބޮލީވުޑްގެ ތެރޭގައި އޮތް ރުޅިވެރިކަމާއި ހަސަދައިގެ ވާހަކަތަކުން މީސް މީޑިއާ ފުރާލައިފިއެވެ. އެހެންވެ އެ ވާހަކަތައް ބަލަން ބޭނުންނުވާތީ ބައެއް ތަރިން މިހާރު ވަނީ މީސް މިޑީއާއަށް ދުރަށް ގޮސްފައެވެ. މީސް މީޑިއާ އާ ދުރަށް ދިޔަކަން އިއުލާނު ކުރި މަޝްހޫރު ބައެއް ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ހިމެނެއެވެ.

ނެޕޮޓިޒަމްއާއި ޖެލަސީ އަދި މީހުންނަށް ޖަޖް ކުރާ ކުރުންތަކާއި ދުރަށް ދިއުމުގެ ބޭނުމުގައި ނެހާ މި ވަނީ ދުވަސްކޮޅަކަށް މީސް މީޑިއާ ދުރަށް ގޮސްފައެވެ.

"އަހަރެން މި ދަނީ ނިދަން. އަހަރެން ހޭލައްވާ ދުނިޔެ ރަނގަޅު، ތަނަކަށް ވީމަ، ފްރީޑޮމް، އާއި ލޯބި އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި އަޅާލުން، އަދި މަޖަލާއި، ކަންކަން ބަލައިގަންނަ، ރަނގަޅު ތަނަކަށް ދުުނިޔެ ވީމަ. ރުޅިވެރިކަމާއި، ނެޕޮޓިޒަމް، ޖެލަސީ އާއި ޖަޖްކުރުން، މާބޮޑާވެ އުޅޭ މީހުންނާއި، ހިޓްލަރުން، މީހުން މެރުމާއި، އަމިއްލަ އަށް މަރުވުން، ނުރަނގަޅު މީހުން، ފަދަ ކަންކަމާއި ދުރުވީމަ، ގުޑްނައިޓް،.... އަހަރެންނާއި މެދު ކަންބޮޑުނުވޭ، އަހަރެން މި ދަނީ މަރުވާކަށްނޫން. މީސް މީޑިއާއާ ދުވަސް ކޮޅަކަށް ދުރަށް ގޮސްލަނީ".. ނެހާ އިންސްޓަގްރާމަށް ލި ޕޯސްޓެއްގައި ވެއެވެ.

https://www.instagram.com/p/CBvG6_UDny6/?utm_source=ig_embed

އެ ޕޯސްޓުގެ ކެޕްޝަންގައި އޭނާ ވަނީ، މިކަމާއި ހެދި އެއްވެސް މީހަކަށް އުނދަގޫވާނަަމަ މައާފަށް އެދޭ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މި ކަންކަމަކީ އޭނާއަށް ފީލްވާ ގޮތް ކަމަށާއި، އެކަމާއި ވާހަކަދައްކަން ބޭނުންވެފައި ހުންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އުފަލުގައި ހުންނަން އޭނާ މަސައްކަތް ކުރި ނަމަވެސް އެކަން ކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ނެހާގެ އިތުރުން މީސް މީޑިއާގައި ބުލީ ކުރަން ފެށުމާއެކު ސޮނަކްޝީވެސް ވަނީ މީސް މީޑިއާ ދުރަށް ގޮސްފައެވެ.

މީގެ އިތުރުން، ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް ވަނީ އިންޑިއާ މުއުޒިކް އިންޑަސްޓްރީގައި ހުރި މައްސަލައެއްގެ ވާހަކަ ވަރަށް ތިލަކޮށް ކިޔާދީފައެވެ. އަދި މިއުޒިކް އިންޑިސްޓްރީގައި މަސައްކަތް ކުރާ މިހުން އަމިއްލައަށް މަރުވާ ހަބަރުތައް ވަރަށް އަވަހަށް އިވިގެން ދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭހާޓް

    ???