ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ސުޝަންގް ސިންގގެ ރާޖްޕުތްގެ މަރާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ޑައިކެޓްކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ވަނީ މެންޓަލް އިލްނެސްއާ ގުޅޭގޮތުން ވަރަށް ރަނގަޅަށް ވާހަކަދައްކާފައެވެ.

ދިޕިކާ ދާދި ފަހުން މި ވަނީ ބޮލީވުޑްގެ ފޭނުންގެ އެކައުންޓަކުން، ސުޝަންތްގެ ހަށިގަނޑު ހޮސްޕިޓަލުން ނެރެގެން އަންދާލުމަށްޓަކައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ލުމާއި ގުޅިގެން އެކަމާއި ރުޅިގަދަވެގެން އެ ވީޑިއޯއަށް ކޮމެންޓް ކޮށްފައެވެ.

އިންސްޓަގްރާމްގައި އެ އެކައުންޓުން އެ ވީޑިއޯ އާއްމުކޮށް ބުނެފައި ވަނީ، "އޭނާ ނަގާފައިވާ ފޮޓޯ އާއި ވިޑިއޯ އެހެން ޕްލެޓްފޯމްތަކުގައި އޭނާގެ ހުއްދަ ނުދެތި ބޭނުން ނުކުރެވޭނެ". ކަމަށެވެ.

"މައްސަލައެއް ނެތް. އެކަމަކު ކަލޭ މިފަދަ ވިީޑިއޯއެއް ނަގައިގެން އޭނާއާ، ނޫނީ އޭނާގެ އާއިލާގެ ބަހެއް ހުއްދައެއް ނެތި އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރަން މައްސަލައެއް ނޫން؟.". ދިޕިކާ ބުނެފައިވެއެވެ.

ދިޕިކާ އެގޮތަށް ކޮމެންޓް ކުރުމުން އެތައް ބަޔަކު ވަނީ ދިޕިކާ ދެއްކީ ރަނގަޅު ވާހަކައެއްކަމަށް ބުނެފައެވެ.

ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝަންތްގެ މަރުވި ދުވަހު ދިޕިކާ ވަނީ މެންޓަލް އިލްނެސްއާ ގުޅޭގޮތުން ވަރަށް ވާހަކަދައްކާފައެވެ. އޭނާއަކީވެސް އެފަދަ ދުވަސްތައް ހޭދަކުރި މީހެއްކަމަށް އޭނާ ވަނީ ފާހަގަކޮށްފައެެވެ. އަދި އެފަދަ ހާލުގައި އުޅޭ މީހުން ކަންތައް ކުރަންވީ ގޮތް ދިޕިކާ ވަނީ ވަރަށް ރަނގަޅަށް ކިޔާދީފައެވެ.