ކޮވިޑް-19 އަކީ ކިހާވަރުގެ ގެއްލުމެއް އިންސާނާގެ ހަށިގަނޑަށް ކޮށްލާ ބައްޔެއްކަން އެންމެ ގާތުން އެނގިގެންދާނެ އެއް ބަޔަކީ ބަލި ޖެހޭ މީހުންނަށް ރެއާއި ދުވާލު ފަރުވާ ދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުންނެވެ. އެބޭފުޅުންނަށް ބަލި ޖެހިފައިވާ މީހާ އަޅާ ވޭން ގާތުން އިއުސާސް ކުރެވެއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޖިއޯޖިއާގެ އެޓްލާންޓާގެ ނަރުހެއް ކަމަށްވާ ޗެރީ އެންޓޮނީޓް އަކީ 8 އަހަރު ވަންދެން އައިސީޔޫގައި ބަލި މީހުންނަށް ފަރުވާ ދެމުން އައި ނަރުހެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 އަކީ ކިހާ ނުރައްކާތެރި ބައްޔެއް ކަން ކިޔާ ދީފައެވެ.

ޗެރީ ވަނީ ކޮވިޑް-19 ޖެހިގެން ރަނގަޅުވަމުން އަންނަ މީހުން އަޅާ ވޭނާއި، ބަލިން އެއްކޮށް ރަނގަޅުވާ ބައެއް މީހުން އުމުރު ދުވަހުގެ ކޮންމެވެސް ކަހަލަ އިތުރު ބައްޔެއް ނުވަތަ ބަލީގެ ސަބަބުން އިތުރު ކަމެއް ހަޔާތުގައި ދިމާވެދާނެ ކަމަށް ބުނެފައެވެ.

"މިހާތަނަށް ވަރަށް ގިނަ އެކި ބަލި ތައް ޖެހިފައިވާ މީހުންނަށް ފަރުވާ ދެވުނު. އެކަމަކު ކޮވިޑް-19 އަކީ ފާއިތުވި 8 އަހަރުގެ ތެރޭގައި ފެނުނު އެންމެ ނުރައްކާތެރި އެއް ބަލި. ކޮވިޑް-19 އަކީ އެ ބަލި ޖެހޭ ބައެއް މީހުން މަރުވާ ބައްޔެއް. މި ވައިރަސް އަކީ އެއީ ހުރިހާ އުމުރެއްގެ މީހުންނަށް ޖެހޭ ބައްޔެއް. އަވަހަށް ފިޔަވަޅު ނާޅައިފިނަމަ މުޅި ދުނިޔެ ބަދަލުވެގެން ހިނގައިދާނެ." ޗެރީ ބުނެފައިވެއެވެ.

ޗެރީގެ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ އެއްބަސްވެފައެވެ. އެގޮތުން ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އައި ނަރުހެއް އޭނާ ފައްސިވެ ރަނގަޅުވެފައިވާ ކަން ފާހަގަ ކުރަމުން ބުނެފައިވަނީ ބަލިން ރަނގަޅުވި ނަމަވެސް، ނޭވާލާން އުނދަގޫވެ، މޭމައްޗަށް ތަދު ވާ ކަމަށެވެ.

މީގެ އިތުރުން އެހެން ފަރާތްތަކުން ބުނެފައިވަނީ ފުރަމޭ ފެއިލް ވެގެން، ޑައިލިސިސް ހަދަން ޖެހޭ ކަމަށާއި މިހާރު ނޭވާ ހިއްލައި ހިތުގެ ވިންދު ޖެހުމަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭނާ ވަނީ އެއީ އޭނާއަށް ކުރިން ދިމާވެފައި ނުވާ ކަމެއް ކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަރީ

    ތީ ހުސް ދޮގު. ރާއްޖޭގަ ތިކިޔާ ބަލި ޖެހުނުކަމަށް ބުނާ 98 ޕަސަނޓް މީހުންނަކަށް ބައްޔެއްޖެހުނު ކަމުގެ އިހުސާސެއްވެސް ނުވޭ.

    6
    5
    • ދާރި

      ތީ ހުސްދޮގު.

      1
      2
  2. ކީއްކުރަނީ މިވެސް ހާލެއް

    ޜާއްޖޭގެ ކޮވިޓާ އެތާ ކޮވިޓާ ވަރައްތަފާތު..
    އެމީހުން އެގެތޮތައް ބުނަންޔާ އެއީ ތެދެއް..
    ޜާއްޖޭން އެގޮތައް ބުނަންޔާ އެއެއީ ދޮގެއް..
    .. އަހަރެމެން މުސްލިމުންނައް ﷲ ގެ ރަހުމަތް ހަމަ އަސްލުވެސް އިތުރުވެގެންވޭ... އެކަމަކުވެސް އަހަރެމެންގެ ގިނަމީހުންނާއި ސަރުކާރުގެ އިސް ގިނަވެރިންނާއި އަދި ހާއްސަކޮއް ކޮވިޓުގެ އިސްކޮއް ކަންކަން ނިންމަން އުޅޭ ގިނަ ބޭފުފުޅުން އަމުދުދުން އެކަމެއް ނުދަނޭ...
    ...
    ކީއްކުރާނީ މިވެސް ހާލެއް.. ނުވަތަ މިވެސް ހާލުގެ ދުވަހެއް.. (ގިނަމީހުންނައް.. ﷲ ރަހުމަތް މުސްލިމުތަކުންނައް އިތުރުވެގެން ވާކަން ނުވަތަ އިތުރުވެގެން ދާކަން ނުދަނޭ.. އަދި ގިނަ މުސްލިމުތަކުންނައްވެސް މި އަދު .. ﷲ ރަހުމަތް މުސްލިމުތަކުންނައް އިތުރުވެގެން ވާކަން ނޭގޭ.. !!
    ސަބަބަކަތްވަނީ ހެޔޮއަމަލްތަކުން ދުރުވެ ނުބާ އަމަލްތަކާގެން މަސްއޫލުވެ އުޅުން އަދި އީމާންކަމާ ދުރައްދާ ދުރައްދިއުން ނުވަތަ އީމާންކަން ކުޑަވެގެން ދާދިއުން..
    .. އަހަރެމެން މިކަންކަން ހަނދާންކޮއް ﷲ ގެމަގައް ރުޖޫއަވުމީ އޮތް އެންމެ މޮޅުގޮތް.. އިންސާ ﷲ.

  3. ޏައުޓީ

    ބޮޑު ވަރު ނުވާކަމަށްޓަކާ ސުކުރުވެރިވާންވީ ދެންވެސް އެހެންކިޔާފަ މޭފުއްޕާނީކީ ނޫން

    15
    1