ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ގިވްއަވޭ ލިބުނު އައިޝަތު ޝަރުމީލާ ނުފެނިގެން މައްސަލަ ބޮޑުވެފައި ވަނިކޮށް ފާޒިލް މިރޭ ވަނީ ޝަރުމީލާގެ ވީޑިއޯއެއް އާއްމު ކޮށްފައެވެ.

ޝަރުމީލާ އާއި ފާޒިލްގެ ހަދިޔާތައް ހަވާލުކުރާ މަންޒަރު ކަމަށް ބުނެ އާއްމު ކުރި ވީޑިއޯ އާއި އެކު ޝަރުމީލާ އަކީ ކާކުތޯ ކުރެވޭ ބަހުސް ނިމެނޭކަމަށް ހީކުރެވުނަސް މިހާރު އެބަހުސް ވަނީ އިތުރަށް ހޫނުވެފައެވެ.

ޝަރުމީލާ ފެނުނު އިރު އޭނާ އިނީ މޫނުބުރުގާ އަޅައިގެންނެވެ. ސުވާލު އުފައްދާ މީހުން ބުނާ ގޮތުގައި ދީންވެރި، އަންހެނެއްގެ ގޮތުގައި މިރޭ ޝަރުމީލާ ފެނުނު ނަމަވެސް މިރެއާއި ހަމައަށް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލްގައި އިން ފޮޓޯ އިން ފެންނީ އެމަންޒަރު ނޫން ކަމަށެވެ. މީގެ ކުރިން ޝަރުމީލާ އިންސްޓަގްރާމްގައި ބޭނުންކުރި ފޮޓޯއިން އޭނާގެ ކަރުދަށް ވެސް ފެނެއެވެ. ނަމަވެސް މިރޭ ވަނީ ފޮޓޯ ބަދަލު ކޮށްފައެވެ.

މޫނުބުރުގާ އަޅައިގެން އިން މީހަކު ބުމަ ހަދައިގެން އިނުމުން އެކަމާއި ވެސް ބައެއް މީހުން ސުވާލު އުފައްދައެވެ.

ޝަރުމީލާ އަކީ ކާކުކަން ހޯދަން މަސައްކަތް ކުރި ގިނަ މީހުން ބުނާ ގޮތުގައި ފާޒިލްގެ ގިވްއަވޭގައި އޮޅުވާލުންތަކެއް އޮތްކަން މިހާރު އިތުރަށް ސާފުވެއްޖެއެވެ. މިހާރު ބައެއް މީހުން ގެންދަނީ މޫނުބުރުގާ އަޅައިގެން ވީޑިއޯ އިން ފެންނީ ކާކުތޯ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. ވީޑިއޯ ގައި މޫނުބުރުގާ އަޅައިގެން އިންކަމަށް ތުހުމަތުކޮށް ބައެއް މީހުންގެ ފޮޓޯތައް ވެސް މީސް މީޑިއާގައި ދައުރު ކުރަމުން އެބަގެންދެއެވެ.

ކޮންމެއަކަސް، ޝަރުމީލާ އަކި ކާކުތޯ ކުރެވޭ ބަހުސް އަދިވެސް ނުނިމެއެވެ. ކުރިއަށް ވެސް އޮތީ މިބަހުސްގައި މަޖާ ވާހަކަތަކެއް ކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޅަތީފާ

    ދެ ން އަމައްޔާތް މިސޮރު ހަމަތަ އަ ނެއްކާ ދެ ންވެސް ތިޔަކަހަލަ ޗަރުކޭހެއް ނުކުޅޭތި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިތުރައް ފަލީހަތް ވު ން ނޫ ން ކަމެއް ނުވާ ނެ ސަރުމީލާ އާތް މަ ންމާތް

    41
    1
  2. Anonymous

    Koba ވީޑިއޯ

    18
  3. ފައިސަލް

    މަބޭނުންވަނީ އޭނަ އަކީ ކޮންރަށެއްގެ ކޮން ގެއެއްގެ ކާކުކަން ބަލަން. މިމައުލޫމާތު ހޯދަދީބަލަ.

    41
  4. އާދަމް

    ފަޟީހަތް ހޭ ކަލޭ ތި ވަނީ ނަމީމާ މީޑިޔާގެ ތެރޭ
    ބަރީއަ ތިކަމުން ނުވި އިރުގާ ޤަދަރުނެތިގެން ދަނީ ނޫންހޭ......

    34
  5. ފަތަފޮޅި ފާސިލް

    މިހާރު މި އެނގުނީ މި ފާޒިލް ގެ ކޮލިޓީ..ބުނަންވާހަކަ އެއް ހައްގު ގޮތުގަ އޮޅުވާނުލާ ގިވްއަވޭ ހެދުނު މީހެއްނޫން މި ފާޒިލް މީ...ދެންކަލޭ ގިވްއަވޭ ހަދާ ބޯމެޓައެއް ލާފަ...ހަމަ ގައިމު އެވަރު ކަލެއައްވެދާނެ ކަނޭގެ...

    38
  6. ފިޓް ފާޒިލް ގެ ހޫރު މާމަ

    ހަދަންވީ ގޮތަކީ ގިވްއަވޭ ދޭނަމޭ ކިޔައިން ފޮލޯކުރުވި މީހުން ލައްވާ އަންފޮލޮރ ކުރުވަންވީ.. އޭރުން ހުރެދާނެ އެއްނު ރަކި ވެފަ.. ?? އާ އެހެއްޔާ ފޮލޯވާރ ގިނަ ކުރަން ޖައްސާ މަކަރޭ މީ.. ???

    17
  7. ހަހަހަ

    ތި ސަރުމީލާއެއްގެ އައިޑީ ކާޑު ދައްކާލަބަ

    19
    2
  8. މމމ

    ފިޓް ފާޒިލްއޯ... ފޭ ކުފާޒިލް. ދަހި ފާޒިލް... ފަލީހަތް ފާޒިލް. އަތައް ގޮވީ

    20
  9. ޟހހ

    ޥަގުތު ކުދިން ޕްލީޒް ޗެކް. ފަާޒިލް ދެފަހަރު ޓެގް ކޮށްފަ އިނީ ތަފާތު ދެ އައިޑީއެއްގަ. ކަރުފެންނަ ފޮޓޯ އާއި ދުއާކުރަން އިންނަ ފޮޓޯ އަކީ ޝަރުމީލާގެ ނަމުގަ އިން ދެ އައިޑީ.

    13
    2
  10. މާރިޔާ

    ކީޕް އަޕް ދި ގުޑް ވޯކް.

    6
    3
  11. ހަސަނު

    މައްޝޫރުވާން އުޅުނަސް މިދެން ފުކެއް ބޮޑުވަރު.

    22
  12. މަކުނުދޫ ފަރީދާ

    ހަސަނު، މައްޝޫރެއް ނޫން އިގޭ މަޝްހޫރު.. ދިވެހިންގެ ފެންވަރު..ޕިސް ޕިސް

    11
    1