ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ގިވްއަވޭ ލިބުނު އައިޝަތު ޝަރުމީލާއަކީ ކާކުކަން ރޭ ފާޒިލް ވަނީ އާއްމު ކޮށްފައެވެ. އެއީ މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އެއީ ކާކުކަން ނޭންގިގެން ގިނަ ބައެއްގެ ފާޑުކިޔުން ފާޒިލަށް އަމާޒުވުމުން ޝަރުމީލާއާ ފާޒިލް މި ވަނީ ބައްދަލުކޮށްފައެވެ.
އަދި އޭނާއާއެކު ފޮޓޯ އާއި ވީޑިއޯއެއްވެސް ވަނީ އާއްމުކޮށްފައެވެ. ޝަރުމީލާ އާއި ހަދިޔާތައް ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފާޒިލް އާއްމުކޮށް ބޮޑު ޕެރެޖްގެރާފެއް ފާޒިލް ލިޔެފައި ވެއެވެ.
މިގޮތަށް އާއްމު ކުރިއިރު، ކުރިން އިނީ ޝަރުމީލާއާއެކު ނަގާފައިވާ ފޮޓޯއަކާއިވެސް އެކުގައެވެ. އެހެން ނަމަވެސް މިހާރު އެ ފޮޓޯ އޭނާ ވަނީ ރިމޫވްކޮށްފައެވެ. މިހާރު ހަމައެކަނި ފެންނަން އިނީ ވީޑިއޯއެކެވެ.
އެ ފޮޓޯ ގިނަބަޔަކު ޝެއާކޮށް އެއީ ކާކުކަން ހޯދަން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި، ފާޒިލް އެ ފޮޓޯ ރިމޫވް ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޝަރުމީލާއާއި ފާޒިލް އެއްކޮށް ނަގާފައިވާ އެ ފޮޓޯގައި ޝަރުމީލާގެ ލޮލާއި ބުމަ ފެންނަން އިންނައިރު، އެއީ ކޮން އަންހެނެއްކަން ހޯދުމުގެ މަސައްކަތް ފަށައިގަތެވެ. އަދި އެކި އަންހެނުންގެ ފޮޓޯތައް ކޮލާޖް ހަދައި، އެއީ އޭނާތޯ ދިޔައީ ބަލަމުންނެވެ. ބައެއް މީހުން ވަނީ އެއީ ފާޒިލްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވެސް ބުނެފައެވެ.
މީގެ އިތުރުން، ޝަރުމީލާ ލައިގެން ހުރި ހެދުން ހުރީ ރޫ ނުފިލުވާކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
އަދިވެސް އެއްވެސް މީހަކަށް ޝަރުމީލާއަކީ ކާކުކަން ނޭނގެއެވެ. އަދި އެއީ ހަމަ އަސްލެއްކަން ވެސް މި ވަނީ ޔަގީން ނުވާ ހިސާބަށް ގޮސްފައެވެ.
ރޭ ޝަރުމީލާއާ ހަދިޔާތައް ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުކޮށް ފާޒިލް ކުރި ޕޯސްޓެއްގައި ބުނީ ކުރިން ފޮޓޯ އާއްމު ނުކުރީ ޝަރުމީލާ އެގޮތައް ބޭނުން ނުވުމުން ކަމަށެވެ. ނަމަވެސް މީސް މީޑިއާގައި ހިނގަމުންދާ ކަންތަކުގެ ސަބަބުން ޝަރުމީލާ ބޭނުންވީ ކެމެރާގެ ކުރިމައްޗަށް އަންނަން ކަމަށް ފާޒިލް ބުންޏެވެ.
މަކަރު ވެރިއެއް ތިދައްކާ ވާހަކަތަށް ގަބޫލެއްނުކުރަން
ޓްރާންސްޕޯޓްމިނިސްޓަރު
ޝަރުމީލާ އަކީ އަންހެނެއްތަ ފިތިހެނެއްތަ؟ ފިޓޭ ތީގަ ވަރަށް ބޮޑު އޮޅުވާލުންތަކެއް އެބަހުރި.. ތިޔަ އޮތީ އަތަށްގޮވާފަ.. ތީ ތެދެއްނަމަ އެންމެ ފުރަތަމަވެސް މިއިނާމު ލިބުނީ މިއެނި ގެ އެއްގެ މިއެނި ފަރާތަކަށޭ ބުނިނަމަ ތިޔަ ސަކަރާތްޖަހާކަށް ނުޖެހުނީސް.. ދެން ފިޓޭ މަޖުލިސް ގޮނޑިއަށް ކުރިމަތިލާ އޭރަށް އެއިތީ ހަތެރެސްކަން ހަމަވެފަ
ފިޓޭ، މުޅި ފީޑުގަ އޮތީ ކަލޭގެ ވާހަކަ. ބޮލަށްތުރާވާ ވަރު. މަ ހީކުރީ ކަލެއަށް ސުވަރުގެ ޔަޤީންވެގެން މި ދިވެހިންތައް ތެޅިގަނެގެން އުޅޭކަމަށް......