ކައިޒީންގެ އިންސްޓަގްރާމްގައި އެއްލައްކަ ފޮލޯވާސް ލިބުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ގިވްއަވޭ އެއްވެސް އޮޅުވާލުމެއް ނެތި ޙައްޤުވެރިންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އޭނާ ދީފިއެވެ.

ކައިޒީން އިންސްޓަގްރާމް ސްޓޯރީގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ގިވްއަވޭގެ ބޫނުމަކީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުން ކަމަށާއި ގިވްއަވޭ ލިބޭނެ މީހުން ޝޯޓްލިސްޓްކޮށް ތިން މީހަކު ހޮވާނެ ކަމަށެވެ. ގިވްއަވޭ ލިބޭނެ ފަރާތްތައް ހޮވުން ކުރިއަށް ގެންދާނީ ދެފުއްފެންނަ ގޮތައްކަން ފާހަގަކޮށް އޭނާ ބުނީ އޭނާ ގިވްއަވޭ ދޭ ތިން މީހުންނާއި ގުޅޭނެ ގޮތް ވެސް މީޑިއާތަކަށް ހައިދޭނެ ކަމަށެވެ.

ފޭކް އައިޑީތައް މިހާރު ވެސް ވާނީ ގިވްއަވޭ އިން ޑިސްކޮލިފައި ކޮށްފައި ކަމަށް ކައިޒީން ބުންޏެވެ.

ކައިޒީން ވަނީ ތިން މީހަކު ހޮވައި ކޮންމެ މީހަކަށް 1000 އެމެރިކާ ޑޮލަރު ހަދިޔާ އަކަށް ދިނުމަށް ނިންމާފައެވެ. މިހަދިޔާ ހޯދަން ބޭނުންވާ ފަރާތްތަކުން އިންސްޓަގްރާމްގައި ކައިޒީން ފޮލޯކޮށް އެމީހެއްގެ އިތުރު ތިން ރަހުމަތްތެރިޔަކު ޓެގް ކުރަން ޖެހެއެވެ. އަދި އެމީހަކަށް ގިވްއަވޭ ލިބެން ޖެހޭ ސަބަބެއް ލިޔަން ވެސް ޖެހެއެވެ.

ކައިޒީންގެ ގިވްއަވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ގިވްއަވޭ އިން ހޮވޭ ފަރާތެއް އިއުލާން ކުރަން ނިންމާފައި ވަނީ 30 ވަނަ ދުވަހު އެވެ.

ކައިޒީންގެ ގިވްއަވޭ އޮޅުވައި ނުލާނެ ކަމުގެ ކަށަވަރުކަން އޭނާ މިދަނީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ގިވްއަވޭ ދިނުމުގައި އޮޅުވާލުންތަކެއް އޮތްކަން ބޭޒާރުވެ، ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުޙައްމަދު

    ނަމަ ނަމަ ދައްކަން އެއްވެސް ކަމެއް ނުކުރާތި.

    35
    4
  2. ާައަންނި

    ހަމަ ކައީ ވަރެއްނެއް އިނގޭ. އައިލަވްޔޫ ސޯމަޗް.

    22
    64
  3. ހާޒިމް

    ކައި ވަރެއް ނެތް ހަމަ. ކައިއަކީ ފާޒިލް ކަހަލަ ޗީޕު މީހެއް ނޫން

    15
    40
  4. މޫސަ

    ތިބާ އަކީ މަހުސަރު ކުރެވޭނެ މީހެއްކަން ދަންނާތި

    67
    2
  5. އެންޓި

    އައި ހޭޓް.. ބިކައުސް އިންސްޓަރގްރާމްގައި ފޮލޯވާސް ގިނަކުރަން އޭނާގެ އުކުޅެއްތިއީ

    29
    1
  6. ދިރާސާ

    ބޭނުން ޖެހިފައިވާ މީހުންނަށް އެހީވާންޖެހޭނީ ﷲގެ މަގުގައި..ވަކިމަގުސަދަކަށް ނޫން...ކީއްވެގެން ކައިގެ އިންސްޓަރ ފޮލޯކުރަންޖެހޭނެޔޭ ބުނީ...އެކަންނުކޮށް
    ވެސް ތިދޭ އަގުހުރިއިނާމެއް ދެވޭނެއެއްނޫން...އިންޓަލިޖެންސް މީހެއް ވިއްޖިއްޔާ އެނގޭނެ ތީ ފޮލޯވާސް ގިނަކުރަން މާސްޓަރ ޓެކްނިކެއްކަން

    48
    1
  7. ޅަތީފާ

    މީ އަނެއް އިބިލިސް މީހުން މަ ގުފުރައްދަން އުޅޭ އަންހެނެއްމީ

    65
    2
  8. އެސްފިއްނާ

    ހައި ކައި ގިވް އަވޭ

    12
    6
  9. ތެޮއްޓޭ

    މިމަންޖެ ހަށިގަނޑު ސޭލު އަޅުވައި ނިވާކަން ކުޑަ ފޮޓޯލައި މީހުން މަގުފުރައްދަމުން ގެންދަނީ، މިހާރު ފައިސާވެސް ބަހަން މިފެށީ ، ބޭނުމެއް ނޫން ބަރުދަނަށް ރަން ދިނަސް ، ލައިކެއް ފޮލޯއެއް ކުރެވޭކަށް ނެތް

    9
    2
  10. އިސްލާމިކް ރިސަޗް ފ

    ﷲ ގެ މަގު ނޫން މަގަ ކަށް ތަބާވެ ފޮލޯވަރުން ގިނަ ކޮއްގެން ތިޔަ ދެވެނީ ޖަހަންނަމައިގެ އަލިފާނަށެވެ. އަދި އިސްރާފް ތި ދެނީ އެތައް ބައެއްގެ ވަގުތާއި ޝައިޠާނާގެ ލޮލުގެ ޒިނޭއަށެވެ. އޮރިޔާން އެތައް ހާސް ފޮޓޯ އެއް ޕޯސްޓް ކޮށް އެތައް ހާސް ފާފައެއް ބޮލުގައި އަޅާ އަދި އަޅަމުންދާ؛ އެތައް ބައެއްގެ ދެ ކޮޅުވެރި ބަސްތައް ރައްދުވެ ޝައިޠާނާގެ ޢާލާތްތައް ޕްރޮމޯޓް ކުރާ މީހެއްގެ ފޮލޯވަރަ ކަށް ނުވަމާ ތޯއެވެ.
    ރިއާލިޓީއަށް ފޮލޯ ކުރާށެވެ. ޙައްޤައް ތަބަޢަ ވާށެވެ.

    12
    1