ފިޓްނަސް އިންސްޓްރަކްޓަރ އިސްމާއިލް ފާޒިލް (ފިޓް ފާޒިލް) ގިވްއަވޭއެއް އޮޅުވާލައިގެން ދިން މައްސަލަ ހޫނުވެ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭނާގެ ފޭސްބުކް އެކައުންޓް މިރޭ ގެއްލިއްޖެއެވެ.

ބެލެވޭ ގޮތުގައި ފާޒިލް ވަނީ ފާޑުކިޔުންތައް ބޮޑުވުމުން ފޭސްބުކް އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައެވެ.

ފާޒިލްގެ އިންސްޓަގްރާމް ޕޯސްޓަކަށް ކޮމެންޓް ކުރާ މީހުންގެ ތެރެއިން ހޮވާލެވޭ ފަރާތަކަށް އަގުބޮޑު ހަދިޔާތަކެއް ދޭނެ ކަން އިއުލާން ކުރުމުން އެތައް ހާސް ބަޔަކު އޭނާގެ ޕޯސްޓަށް ކޮމެންޓް ކުރިއެވެ. ނަމަވެސް ހަދިޔާތައް ދިން މީހާ ހޮވުމުގައި އަމަލު ކުރި ގޮތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ތުހުމަތު ކުރެވޭ ގޮތުގައި ފާޒިލްގެ ހަދިޔާތައް ލިބުނު ފަރާތްކަމަށް ބުނެ އިއުލާން ކުރި އިންސްޓަގްރާމް އެކައުންޓަކީ ފޭކް އެކައުންޓެކެވެ. ނަމަވެސް ފާޒިލް ވަނީ ހަދިޔާ ލިބުނީ އައިޝަތު ޝަރުމީލާ ކިޔާ މީހެއް ކަމަށް ބުނެފައެވެ.

މައްސަލަ ގޯސްވުމުން ފާޑުކިޔުންތަކުން ސަލާމަތްވާން ފާޒިލް ރޭ ވަނީ ޝަރުމީލާ އާއި ހަދިޔާ ހަވާލުކުރި މަންޒަރު ކަމަށް ބުނެ ވީޑިއޯއެއް ވެސް އާއްމު ކޮށްފައެވެ. ނަމަވެސް ވީޑިއޯގައި ޝަރުމީލާ އިނީ މޫނު ބުރުގާ އަޅައިގެން ކަމަށް ވުމުން ފާޑުކިޔުންތައް ހުއްޓޭ ގޮތެއް ނުވިއެވެ.

ފާޒިލްގެ ގިވްއަވޭގެ މައްސަލަ ހޫނުވެފައި ވާއިރު، ޝަރުމީލާ ކިޔާ ހުރިހާ ދިވެހިންގެ މައުލޫމާތު ހޯދައި، ހަދިޔާ ލިބުނު މީހަކު ދެނެގަތުމުގެ މަސައްކަތް އެތައް ބަޔަކު ކުރަމުން ދާއިރު، ފާޒިލް އޮޅުވާލި މައްސަލަ ތަޙްޤީޤު ކުރުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އެމަންޖެ

    ފިޓޭ ފިޓޭގެ ދުވަސް ތިޔަދިޔައީ ދިވެހި އަންހެނުންގެ އަތްދަށުވެފަ ތިޔަހުރީ ، އަންނިހެން އުޅެބަލަ އޭނާ ނުވާނެ އަންހެނެއް ދަށު ފިރިހެނެއް ދަށުވިޔަސް.

    58
    4
  2. ބޮޑުބެ

    ފާޅުގައި ޙަރާން ކަންކަން ކޮށް ފޮޓޯ އަޅާ މީހަކު ދޮގު ހަދައި އޮޅުވައިލާނެ

    66
    3
  3. ބުލީ

    ދިވެހިންނަކީ ބުލީކުރުމުގައި ހަމަ ވާރލްޑު ނަމްބަރ ވަން އޭވެސް ބުނެވިދާނެ!

    41
    31
  4. ❤❤ފިޓްނަސް♥️♥️

    މުޅި މީސްމިޑިޔާގަ ފާޒިލްގެ ވަަހަކަ އެސޮރު ހާދަހަ މަަޝްހަުރޭ

    52
    2
  5. ޅޮލް

    ކޮބާ ތާހިރު ވެއްޖެ އެއްނު މީހާ މުޅި ދުނިޔެއައް ފަލީހަތްވެ ގެން ތިޔަ ގެއްލުނީ

    69
    3
  6. ބޯބުރާންތި

    ހޫމްމް މީދެން ބޮޑުވެއްޖެ ކަމެއްނުން އެއީ އޭނާ ގެ އަމިއްލަ ކަމެއް ދޯ

    19
    32
  7. ކޮރޮނިލް

    ކައިޒީންއާ ޖެހުނު 2ވަނަ މީހާ ހަހަހަހަ މަޝްހޫރުވާންވެގެން ބޮނޑިއެއް ބޮވިފަ

    60
    3
  8. ހަސަނު

    މަޝްއޫރު ނުވެގެން މޮޔަވާ ބަޔަކުވެސް ރާއްޖޭގަ އެބައުޅޭ. މޮޔަ ސޮރެއްގެވާހަކަ ކީއްކުރަންތަ އިރުއިރު ކޮޅާ ނޫހުގަ މިޖަހަނީ.

    48
    5
  9. ގައުމުގެ ދޫ

    ތެދުހަދާލުމުގެ ފިޓުކަން ނެތް ފަރާތެއް ކިތަންމެ ފިޓުވިޔަސް އެއަކުން ކުރާނެ ފައިދާއެއްނެތެންނުތޯ؟

    51
    5
  10. ރު ކު ސާނާ

    މި ކަލޭގެ އަށް ޖެހުނީ 2 މީދާ ފެހި ބުޅަލަށް ޖެހުނު ދަތުރު@ ފޭސް ބު ކު ގަނޑު ވެސް މިހާރު ހިންގަނީ ޝަރުމީލާ ނަމުގަޔޯ

    33
    1
  11. ޙައްހައްހާަ

    މުދަޅާހެދީ ދީވާނާވެފަ ދިވެހި އަންހެނުން ދަހިމީޙުން ޓެސްޓްކޮށްޅީ ފިޓް ފަޒީޅް ގަދަ

    22
    23
  12. ދަރުމީލާ

    ޝަރުމީލާގެ އެކައުންޓު އެއީ ފަޒީލްގެ ފޭކް އެކައުންޓެކޯވެސް މީހުން ކިޔާ އަޑު އިވޭ. ކީކޭ ދެން ބުނާނީ. ކޮންމެއަކަށް ވަރަށް މަޝްހޫރުވެއްޖެ. މަރުހަބާ

    12
    3
  13. ޑޮކް

    ނެކްސްޓް ދިރިއުޅުމަކީ މީބާ؟ޔޫސޭ ޕްލީޒް. ލޮލް.

    18
  14. ކޫލް

    ނަހުލާ : މިއަށް ފިލްމެއް ހަދާދީ ބަލަ.

    އަމިއްލަ އިއްޒަތްތެރި ކޮންމެސް މެމްބަރެއް: މިކަން މަޖިލީހުން ބަލާ ދިނުމަށް މައްސަލަ އެއް ލާދީބަލަ.

    15
    2
  15. ެއެޑިޓް

    ކޮބާ ތާހިރު ވެއްޖެ އެއްނު .. އޮންނާނީ ރާކަނި މަސް ކެވިފަ!.. ދެންމީ ކާކުތަ!..

    9
    2
  16. މޫސާ

    ހިނިނާދޭހެ ހިނިނާދޭހެ ވިސްނާބުނޭ
    ފާޒިލް މިއުޅޭގޮތަކުން ދޯ ކަލޯ
    ހިނި މައާދޭ