ސިމްބޮލިކް ރިކޯޑްސްއަކީ ރާއްޖޭގައި އަމިއްލަ މިއުޒިކް އުފެއްދުމަށް އެންމެ ބޮޑުކަމެއް ދޭ، އެ ދާއިރާއަށް އެންމެ ގިނަ ފަންނާނުން ނެރެދޭ ރިކޯޑް ކުންފުންޏޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ސިމްބޮލިކް ރެކޯޑްސްގެ ނަން އެންމެ ބޮޑަށް ފަވާލެވިފައި ވަނީ ރެޕްގެ ދާއިރާއިން ކަމަށްވީ ނަމަވެސް ތަފާތު އެކި ރަހަތަށް ހިމެނޭ ލަވަތައް ސިމްބޮލިކް ރެކޯޑްސް އިން ވަނީ ގެނެސްދީފައެވެ. ސިމްބޮލިކްގެ ލަވަތަކަކީ ޒުވާން އުމުރުފުރައިގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލް ކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

ރޭ ސިމްބޮލިކްގެ އާ ލަވަ "އަރި އަރި" ނެރެފައިވާއިރު، އެ ލަވައަށް މިހާތަނަށް އައި އިރު ލިބެމުން ދަނީ ހޫނު ތަރުޚީބެކެވެ. ލަވަ ރިލީޒް ކުރިތާ 10 މިނެޓް ނުވަނީސް ލަވައަށް 1000 ވިއުސް ވަނީ ލިބިފައެވެ. އަދި 10 ގަޑިއިރު ނުވަނީސް 8000 ވިއުސް އެ ލަވައަށް ވަނީ ލިބިފައެވެ.

އަރިއަރި އަކީ މުހައްމަދު ނަބީލް ނިޔާޒް މަޝްހޫރު ނަމުން ނަމަ ޓޯއި އަދި ހުސެއިން ޒިޔާދު (ޒިޔާ)ގެ ލަވައެކެވެ. އެ ލަވަ ކިޔާފައި ވަނީ އެ ދެ ފަންނާނުންނެވެ. އަދި އެ ލަވައިގެ ޅެންވެސް ހަދާފައި ވަނީ އެ ދެ ފަންނާނުންނެވެ.

ލަވައިގެ މިއުޒިކް އާއި މިކްސިކް އަދި މާސްޓަރިންގެ މަސައްކަތް ކޮށްފައި ވަނީ ސިމްބޮލިކްގެ ޒުވާން ފަންނާނު، ރައްޔާން މުހައްމަދު (ރައިޑޭ)އެވެ.

މި ލަވައިގެ ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ ވިޒާހް ޒަރީރް، ޓޯއި، ޒިޔާ، ބިގް އަދި މާހީއެވެ. ސިމްބޮލިކްގެ ގިނަ ލަވަތަކާއި އެއްފަދައިން މި ލަވައިގައިވެސް ބޭނުންކޮށްފައިވާ ޝޫޓްކުރުމުގެ އުސްލޫ ތަފާތުކަން ފާހަގަކޮށްލެވެއެވެ

ލަވައިން ފެނިގެންދާ ތަރިންގެ ތެރޭގައި ޓިކްޓޮކްއިން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ދިވެހި ފިލްމީ ދާއިރާގެ ވެސް އެންމެ އުންމީދީ އެއް މޫނުކަމަށްވާ ޝިފާ ފެނިގެންދެއެވެ. މީގެ އިތުރުން އެމީ، ޒާ، އަލްމާސް، ފަޒޫ، ނިހާ، ޒައިބާ، ޝާއިފް (ޑެވިލް)، ޝިޔާ، މަކުޑާ، އަލްތާފް، ލިމިޓްސް، ޝައިހާން އަދި ރަޒާން މި ލަވައިން ފެނިގެންދެއެވެ.

ލަވައިގެ ބޮޑު ބައެއް ޝޫޓްކޮށްފައި ވަނީ އައްޑޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހަސަނުބެ

    މި ރެޕް ކިޔާ މީހުންނަކީ ހާދާ ފޫހި ވައްތަރަކަށް އުޅޭ ބައެކޭ

    11
    12
  2. ވެލައްސަރު

    ސިމްބޮލިކްގެ ވަރަށް ބޮޑު ފޭނެއް މަށަކީ.. އެކަމަކު މާޓު، ޕެސްޓް ވަރެއް އަދިވެސް ޒިޔާމެނަކަށް ނުވޭ... ކަމަކުނުދޭ ތިލަވައެއް.އެކަމަކު ވީޑިއޯ ރީތި.

    6
    11
    • މުޙައްމަދު

      ޒިޔާ ގޯހެއްނޫން.. އެކަމަކު ހަމަ ޕެސްޓް އެއީ ހަމަ އެއްވަނަ.

      8
      2
  3. މިހިކިޢާ

    ސިމްބޮލިކްގެ ވަރަށް ބޮޑު ފޭނެއް މަށަކީ.. އެކަމަކު މާޓު، ޕެސްޓް ވަރެއް އަދިވެސް ޒިޔާމެނަކަށް ނުވޭ... ކަމަކުނުދޭ ތިލަވައެއް.އެކަމަކު ވީޑިއޯ ރީތި.

    3
    10
  4. ސިންގިންގް(ޑެވިލްސް ޤުރުއާން)

    'ނުދަނެތިބެﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް އަދި މަލާމާތުގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ފައިދާ އެއް ނެތް ވާހަކަ ގަންނަ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނަތިކަން ދެނިިވި ޢަޒާބު އެއުރެންނަށް ހުއްޓެވެ.' (ސޫރަތުލް ލުޤްމާން 6)

    20
    6
  5. ޒޯރޯ

    ވީޑިއޯ. ސަޅި، ލަވަ ކަމަކު ނުދޭ

    2
    6
  6. ކާފަރު

    ކައްވަޅުގަ ކިހާ އަރި އަރިއަކަށް ދެވޭނެ ބާ..

    7
    3
  7. ކާފަރު

    ފިޓް ފާޒިލް ގޮތައް ކިހާ ފިޓެއް ވާނެބާ ކައްވަޅަށް ދިޔާމަ.. ފިޓު ކަމުން އޮތް ތަނުން ގުޑާވެސް ނުލެވިފަ އޮންނާނީ..

    5
    5
  8. އިލްމުގެ ދަރިވަރެއް

    ލަވަޔާއި މިޔުޒިކުގައި މަ ސްޢޫލު ވި ވަރަކަށް ނަމާދާއި ޤުރުއާނަށް ހިތްޖެހުން ކުޑަވާނެ. އެއީ ޝައިތާނާގެ ޤުރުއާން. އޭތި ހިތައް ވައްދައިފި ނަމަ ﷲ ގެ ޤުރުއާން ހިތުން ބޭރުވެގެން ދާނެ. އެހެންކަމުން އިބްނުލް ޤައްޔިމް ރަހިމަހުﷲ ޢަންހު ގެ ބަ ސްފުޅެއްގައިވޭ.. އިން ސާނެއްގެ ހިތައް މިޔުޒިކާއި ޤުރުއާން އެއްކޮއް ނުވެއްދޭނެކަމަށް އެ ތަނުން އެކަތި ބޭރުކޮއްގެން މެނުވީ....
    އެހެންކަމުން ލަވަޔާއި މިޔުޒިކް ހިތައް ވައްދައިފިނަމަ ﷲ ގެ ޤުރުއާން ހިތުގައެއް ނޯންނާނެއެވެ. ﷲ ގެ މަގުން މީ ސްތަކުން ދުރުކޮއްދޭ ކޮންމެ ކަމަކީ އެކަލާނގެ ނަހީކުރައްވާފައިވާ ކަމެއް. ލަވަޔާއި މިޔުޒިކަކީ ހަރާމް ކަމެއްކަން ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤްވެ ވަޑައިގެންފައިވޭ.....
    އެކަމުގެ ދަލީލް ލުޤްމާން ސޫރަތުގެ 6 ވަނަ އާޔަތުގެ މާނަޔާއި އެ އާޔަތުގެ ތަފް ސީރުން އެނގިލައްވާނެ....އަދި ރަ ސޫލާ ސައްލައްﷲ އަލައިހި ވަ ސައްލަަމްގެ ސަހީހް ހަދީޘް ބަ ސްފުޅު ( ސަހީހް ބުޚާރީގެ494 ވަނަ ހަދީޘް) ން އެނގިލައްވާނެ....
    މި ޝައިތާނީ އިންޑަ ސްޓްރީގެ ހުތުރުކަމަށް ބަލާ....ލަވައިގެ ލިރިކް ސް ތަކުން ރަނގަޅު މެ ސެޖެއް ލިބޭޭތޯ..ތިމާގެ ދަރިން ޤުރުއާން ހިތު ދަ ސްކުރުމުގެ ބަދަލުގައި ފައިދާއެއް ނެތް ބޭކާރު ލިރިކް ސަ ތައް ހިތު ދަ ސްކޮއްދިނުމަށް ޖާގަ ނުދެއްވާ....
    .ބީޓްތަކުން ތިމާގެ ހަށިގަނޑު ކޮންޓްރޯލް ކުރަނީ ޝައިޠާނާއެވެ. ދެ ޖިން ސް މަ ސްހުނިވުމަކީ އަލިފާނާއި ދަރާއި އެއްކުުރުން ފަަދަ ކަމެކެވެ. އަދި ޒިނޭއާއި ކައިރިކޮއްދޭ ކަމެކެވެ...
    ތިމާގެ އަންހެން ދަރީން އައުރަ ނިވާނުކޮށް އެތައް ހާ ސް ބަޔަކަށް ފެންނަ ގޮތައް ނެށުމަކީ ހުއްދަ ކަމެކޭ އެއްވެ ސް ދީނީ ދަންނަބޭކަލަކު ބުނުއްވި ހެއްޔެވެ....
    އެހެންކަމުން ލަވަޔާއި މިޔުޒިކް ހިތުން ރިޖެކްޓް ކޮއް ޤުރްއާން ހިތައް ވައްދާށެވެ....އެއީ ޝިފާއެވެ. ރަހްމަތެވެ. އަލިކަމެވެ. ތެދުމަގެވެ...ނޫރެވެ..ހިދާޔަތެވެ....ރަ ސޫލާ ސައްލައްﷲ އަލައިހި ވަ ސައްލަމްގެ ޝަޚް ސިއްޔަތެވެ.....ދެ ދުނިޔޭގެ ބާއްޖަވެރިކަމެވެ......

    7
    2
    • މޯޑު

      ކަލޯމެން ކޮންމެ ކަމަކަށް ދީން ކޮއްޕާތި. އޭރުން ކަލޯމެންނައް މޮޅު އެއްޗެއް ބުނެވުނު ކަމަށް ވާނި.. މީ ވަރަށް ވާހަކަ..

      2
      7
    • ހަސަނާ

      އެހާ ދިގުކޮށް ކޮމެންޓު ކުރީމަ މީހުން ވަރަށް ފޫހިވާނެ ކިޔަން. އަމުދުން ދީނީ އެއްޗެހި..??

      2
      6
  9. އަލީ

    މަރުހަބާ ރަތާކަޅުގެ ލަޝްކަރު.?ލަޝްކަރީން..

    3
    1
  10. އިލްމުގެ ދަރިވަރެއް

    ކޮއްޕަން ޖެހޭ ކަންކަމައް ދީން ކޮއްޕާނަން.
    އެއީ މަށާއި ކަލޯ ވެސް އުފެއްދެ ވި ﷲ ގެ އަމުރެއް މުންކަރާތްތައް ނަހީކުރުން.
    ތިކަަހަލަ ޖާހިލީންނަށް ހަޖަމެއް ނުކުރެ ވޭނެ. ޢާފިލުކަމުގެ ނިދިން ހޭލެ ވޭނީ މަރު ވީމަ...ހެ

    5
    1
  11. މަމެން

    ކޮރޮނާ އާއި ވަބާތަށް އައީ މަ އަންނަވާހަކަ ދަށްކާނީ
    ތިހެން ތިއްބައި މަރު އައިސް ހިފައި ފާނެ.
    މިފަދަ ކަންކަން ބާރުމިނުގަ ކުރިއަށް ދިޔަޔަސް ހުއްޓުވާނަން
    ކަން ހަދާން ކުރާތި.
    ބާތިލަކަށް ހައްގުގެ މަށްޗަކަށް ކުރި އެއް ނުހޯދޭނެ.
    ތައުބާވެ ﷲ ގެމަގަށް ރުޖޫއަވޭ