އުމުރުން 19 އަހަރުގެ އޮސްޓްރޭލިއާއަށް ނިސްބަތްވާ ޒުވާނަކު އޭނާގެ ކޯކަށިގަނޑާއި ދިމާ ފަލަ ކަމަށް ދައްކާތީ ހެދި ކޮސްމެޓިކް ސާޖަރިއަކަށް ފަހު މީހުން އޭނާއަށް މަލާމަތް ކުރަން ފަށައިފިއެވެ.

އެ އޮޮޕަރޭޝަނަށްފަހު މިހަރު އޭނާގެ މޫނު ހުންނަނީ ރެކްޓެންގިއުލާއެއް ގޮތަށެވެ.

ސޯފިއާ މަރެކުއިން ނަމަކަށް ކިޔާ އެ ޒުވާނާ ވަނީ ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ރެކްޓެންގިއުލާ މޫނު ދައްކާލާފައެވެ. އަދި އޭނާގެ ރަހުމަތްތެރިންނާއި އާއިލާ ކުރި މަލާމާތުގެ ވާހަކަތައް ހިއްސާކޮށްފައެވެ.

އޭނާގެ އެ ވީޑިއޯއަށް މިހާރު ތިން މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

ސޯފިއާ އެ ވީޑިއޯ ހިއްސާ ކުރަމުން ބުނީ، އޭނަގެ އާއިލާއަށް އޭނާ ކުރި ކަންކަން ނޭނގޭ ކަމަށާއި، އެ މީހުންނަށް އޭނާގެ މޫނު ފެނުމުން ވީ ގޮތް ދައްކާލަަނީ ކަމަށެވެ.

އޭނާގެ މޫނު ހުރި ގޮތް ފެނިފައި އޭނާގެ މަންމަ އާއި ބައްޕައަށްވެސް ލިބުނީ ހައިރާން ކަމެއް ކަން އެ ވީޑިއޯއިން އިނގެއެެވެ. އަދި އޭނާގެ ދައްތައަށް މޫނު ދެއްކުން ހެމުން ހެމުން ގޮސް ވެއްޓުނީ ބިންމައްޗަށެވެ.

މީގެ އިތުރުން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަނގަ މަތީ އަތް އަޅައިގެން ބުނީ، އޭނާ ބިރު ގަންނަ ކަމަށެވެ. އަދި އޭނާ ވަނީ ކޮފީ ޝޮޕަކަށް ގޮސް އެތަނުގެ ވެރިޔާއަށް އޭނާގެ މޫނު ފެނުމުން ވީ ގޮތްވެސް އެ ވީޑިއޯއަށް ލާފައެވެ.

އެ ވީޑިއޯގައި ސޯފިއާ ވަނީ އެގޮތަށް ދިމާވަނީ ކައިބެލާ ޓްރީޓްމެންތަށް ފަހު ވަގުތީގޮތުން މޫނު ދުޅަވުމުގެ ސަބަބުން ކަމަށެވެ.

އަދި އޭނާ އެ ޓްރީޓްމެންޓަށް 500 ޑޮލަރު ހޭދަ ކުރި ކަމަށާއި، އެކަމަށް ބޭނުންކޮށްގެން ވަނީ އިންޖެކްޝަން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު