ގާތްގަނޑަކަށް ތިން މިލިއަން އަށް ލައްކަ ރުފިޔާ (200 ހާސް ސްޓާލިންގ ޕައުންޑް)ދީފައި މީހަކު ލަމްބޯގިނީއެއް ގަނެގެން ދުއްވަމުން ދަނިކޮށް އެކްސިޑެންޓެއް ހިނގައި ކާރުގެ ފަހަތް ފުނޑުފުނޑުވެއްޖެއެވެ.

ލަމްބޯގިނީ ހަރިކޭންގެ އަގު 200 ހާސް ސްޓާލިންގ ޕައުންޑަށް އަރައެވެ. އެ ކާރު ގަނެގެން އޭނާއަށް ދުއްވުނީ 20 މިނިޓެވެ. ދިމާވި މައްސަލަތަކެއްގެ ސަބަބުން ކާރު މަޑުކޮށްގެން އޮއްވާ ފަހަތުން އައިސް އެ ކާރުގައި ޖެއްސީ ވޭނެކެވެ

އެ ހާދިސާގައި ކާރުގެ ފަހަތު ބައި އެއްކޮށް ވަނީ ހަލާކުވެފައެވެ. އަދި ފަހަތު ފުރޮޅު ނައްޓައިގެން ގޮސްފައި ވެއެވެ.

އިއްޔެ މެންްދުރު 13:00 ހާއިރު އިންގްލޭންޑުގެ މަގެއްގެމަތީގައ މި ހާދިސާ ހިނގިއިރު، ފުުލުހުން ބުނީ، އެ ކާރު ލޭން 3ގައި މަޑުކޮށްގެން އޮތީ މެކޭނިކަލް ފޭލިއާރ އެއް ދިމާވެގެން ކަމަށެވެ.

އަދި ފަހަތުން އައި ވޭނު އައިސ އޭގައި ޖެހުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.އެ ހާދިސާގައި ވޭންގައި އިން ޑްރައިވަރަށްވެސް ވަނީ ގެއްލުންތަކެއްވެފައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެކާރުގައި އިން މީހާއަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ރިޕޯޓްތައް ބުނެފައެއް ނުވެއެވެ. އަދި އެ ކާރުގައި އިން މީހާއަކީ ކާކުކަންވެސް އެނގިފައި ނުވާ ކަމަށް ވެއެވެ.

އަދި އެ ލަމްބޯގިނީއަކީ ކުރިން ބޭނުންކޮށްފައި އިން އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފަހު ކޮލަމް

  "އަދި އެ ލަމްބޯގިނީއަކީ ކުރިން ބޭނުންކޮށްފައި އިން އެއްޗެއް ކަމެއް ނުވަތަ ނޫން ކަމެއް ސާފް ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ."
  ކާރަކީ އިންނަ އެއްޗެއް ނޫން! ކާރު އޮންނާނީ!

  10
 2. މަބޫ

  ސާފު ވި އެއްޗެއް ލިޔެބަލަ

  9
  1
 3. މެދުއިރުމަތި

  "200 ހާސް ސްޓާލިންގ ޕައުންޑަށް " ވަރަށް ކިޔަން އުނދަގު، މިހެންވަނީ ބަހުން ބަހައް ތަރުޖަމާ ކުރާތީ... އިނގިރޭސިން "ޓޫހަންޑްރެޑް ތައުޒަން" ކިޔަސް ދިވެހިން ލިޔާއިރު "ދުއިސައްތަ ހާސް" ކިޔާނޫޅޭ، އޭގެ ބަދަލުގައި ކިޔަނީ "ދެލައްކަ" މިހެން ކިޔާލަން ފަސޭހަވެފަ އަޑުއަހާލަންވެސް ފަސޭހަވާނެ އަދި ފަހުމްވާލެއްވެސް ބޮޑުވާނެ..

  11