ފިޓްނަސް އިންސްޓްރަކްޓަރ އިސްމާއިލް ފާޒިލް (ފިޓް ފާޒިލް) ގިވް އަވޭގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީ ރައީސް މުޙައްމަދު ނަޝީދަށް ފޮނުވި ސިޓީއެއް ކަމަށް ބުނާ ސިޓީއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ފިޓްފާޒިލްގެ ގިވްއަވޭ ކާމިޔާބުކުރި އާއިޝަތު ޝަރުމީލާއާއި ގުޅޭ ގޮތުން އިންސްޓަގްރާމް ޔޫސަރ އަކުން މިއަދު ރައީސް ނަޝީދަށް ލިޔެފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ފާޒިލް އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ އަގުބޮޑު ގިވްއަވޭ ކާމިޔާބުކުރި އާއިޝަތު ޝަރުމީލާ ހޯދުމުގައި މުޅި ގައުމު އުޅެމުން އަންނަ ކަމަށާއި، އެކަމާއި ގުޅިގެން މަޖިލީސް ހިމޭނުން އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި މޫޗުގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެއެވެ.

އެ ހުރިހާ އެއްޗެއްގެ އަގު ބައިލައްކަ ރުފިޔާ އަށްވުރެ ޔަގީންކުރެވޭ ކަމަށް އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ، އެ އެއްޗެހި ލިބުނު ކަމަށް ބުނާ ޝަރުމީލާ، އެ އިނާމު ލިބުނު ކަން، އަލަށް އަމަލުކުރަން ފެށި އިންކަމް
ޓެކްސް ގާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަން ޖެހޭނެ ކަމަށެވެ.

"އެ ގާނޫނުގައި ބުނާ ގޮތުން 40،000 ރުފިޔާ އަށް ވުރެ އަގުބޮޑު ހަދިޔާއެއް ލިބިއްޖެނަމަ މީރާގައި އެ ހަދިޔާ ޑިކްލެއާ ކުރަން ޖެހޭނެ އެވެ"، އެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ މިހާތަނަށް އާއިޝަތު ޝަރުމީލާ އިނާމު ޑިކްލެއަރ ނުކުރުމުގެ ސަބަބުން ލިބޭ މާލީ ގެއްލުމާއި އޭނާ ނުފެނިގެން އޭނާއަށް ތާއިދުކުރާ މީހުން ކުރާ ހިތާމައަށް މަޖިލީހުން ފަރުވާއެއް ލިބޭނެ ކަަމަށް ކަށަވަރު ކުރާ ކަމަށެވެ.

"އެހެންކަމުން ޝަރުމީލާގެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީން ބައްލަވާ މިކަމުގައި މަކަރާ ހީލަތްހެދުމާ އޮޅުވާލުމުގެ އަމަލުތަކެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިމައްސަލަ ހުށަހަޅާ ދެއްވުމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި މައްސަލަ ފޮނުއްވައިގެން ޓެކުހަށް މަކަރުހެދުމުގެ ސަބަބަބުން ދަޢުލަތަށް ލިބުނުގެއްލުން ދިރާސާކޮށްދެއްވުމަށާއި، މަރާލެވެއިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަބައްލަވާ މަރުކޮމިޝަނު ހާޒިރުކުރައްވައިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނާއި ހިޔުމަން ރައިޓްސް ކޮމެޓީން މިމައްސަލަ ބައްލަވާ ދެއްވާ މަޖިލިހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިގެންވެސް މިކަމަށް ރިޢާޔަތްކޮށްދެއްވާ އަވަސް ފިޔަވަޅުތަކެއް އަޅުއްވާދެއްވުން އެދި ދެންނެވީމެވެ". އެ ސިޓީގައި ވެއެވެ.

މީގެ އިތުރުން، ފިޓްޕާޒިރުގެ އިނާމުތައް މަޖިލީހުގެ މަސައްކަތުން ހޯދިއްޖެނަމަ މަޖިލީހުގެ ނާއިބު ރައީސް އީވާ ގޫތީ ދަބަސް ބޭނުނުންކުރެއްވުމުގައި "އަޅުގަނޑު"ގެ އިއުތިރާޒެއް ނެތް ކަމަށްވެސް އެ ސިޓީގައި ވެއެވެ.

ރާއްޖޭގައި ޖުމްލަ އުޅެނީ އައިޝަތު ޝަރުމީލާ ކިޔާ 16 މީހުންނެވެ. އޭގެ ތެރެއިން އެކަށް އަދި 18 އަހަރު ނުފުރެއެވެ.

އައިޝަތު ޝަރުމީލާއަކީ ކާކުކަން ހޯދުމަށް ދިވެހިން ކުރާ މަސައްކަތަށް އަދި ވަނީ އަލިމަގެއް ނުފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މަގޭ ބޯ

    ޢައްދިއްޔޯއި

    50
    1
    • ޝާން

      ދެން ތިކަހަލަ މޮޔަ ކަންތަކާ އުޅޭ.. ???... އެހެން ކުންފުނި ތަކުން ވެސް ޕްރޮމޯޝަން ބާއްވާގެން ދެނީ ދޭނެ މީހަކަށް... ޓިވީއެމް އިން ލޯންޗް ދިނީ އެތާގެ މުވައްޒަފެއްގެ ބައްޕަޔަށް.... Stupid idiots

  2. ނަބާ

    މިހާރު ތިހެދީ ހަމަ ރަނގަޅަށް !! ދެން ގައިމު ތިޔާ ބުނާ ޝަރުމީލާއަކީ ކާކުކަން އެނގޭނެ! އަނެއްކާ މޫނުބުރުގާ އަޅާގެން ހުރީމާ މާފަސޭހަ އިންވެސް އިނގޭނެ!! ފިޓްފާޒިލް ހީކުރީ ދިވެހިންނަކީ ވަރަށް ގަމާރު ބައެއް ކަމަށް ! މިހާރު އިނގޭނެ ދިވެހިންގެ އަސްލު ހަޤީޤީ ފެންވަރު !! ދެން އޮތީ، ކައިޒީން ކިހާވަރަކުންދާނެބާ ؟؟ ގައިމު އޮޅުވާލާ މަކަރު ހަދައިގެން ނޫޅެވޭނެކަން މިހިރަ އެނގި ސާބިތުވަނީ !!! ސާބަހޭ ދިވެހިންނޭ ތިޔަ ކުރާ ހިތްވަރަށް އައްސަރިބަހާ ސާބަސް ??

    98
    6
    • ޑިވެހިންނަށަ

      ދިވެހީންނަށަ ތައުރީފްކޮށް ވާހަކަ ދައްކާއިރު ތިޔަބުނާ ދިވެހީންގެ ބޮލުގައި އަންދުން އަޅުވާފައި މިސަރުކާރުން މުޅިގައުމު ދަވާލަނީ

      13
      1
      • ޙ

        Truth

      • ޙ

        ޑިވެހިންނަށަ ގެ ކޮމެންޓަށް %100 ތާއީދް... Truth

  3. ދުންތަރި

    ކެނެރީ މަޖިލީހަކީ ހުރިހާ ކަމެއްގެ ހައްލު ތިޔަކަމަށްވެސް ހައްލެއް ތިޔަ ލިބުނީ ދެން ހާސްވާނެކަމެއްނެޔް އެމްޑީޕީ ލާދީނީ މެމްބަރުގެ ކެނެރީމަޖިލީހަކީ އަދި އެ މަޖިލީހުގެ ރައީސަކީ ދިނިޔެއިންވެސް ނުލިބޭނެފަދަ ލާދީނީ މުރިމެއް

    62
    5
    • ސްޓާބަކްސް

      ކެނެރީގޭ ޔާމީނަކީ އެވަރުގެ ދެވަނައެއް ނެތް ވަގު ކާހިނެއް.. ފިޓްފާޒިލް އަށް މަކަރާއި ޙީލަތް ހެދުމުގައި އަދި ދަސްނުވާ ގިނަ ކަންކަން ކަމަކީ ޔާމީނު އެތަށް އަހަރެއްކުރިން ދަސްކޮށް މިހާރު ކޮންމެވެސް ވަރަކަށް ހަނދާންވެސް ނެތިފަ ހުރިކަންކްން

      1
      2
  4. އެމަންޖެ

    ސޮރީ އަންނިޔަކައް ތިކަމެއް ނުވާނެ އޭނަޔައް ވެގެން ތިކަންތައް ބޮޑައް ވާވައްދާލާނީ.

    18
    5
  5. ސަނައްޓޭ

    ގާނޫނުގެ ކޮންތާކުތަ އޮތީ ޑިކްލެއާ ކުރަންޖެހޭނެއޭ. މަށަށް ނިކަން ތިތަނެއް ދައްކަބަލަ ..މާބޮޑަށް އެނގެނީ

    18
    4
    • ލައިލާ

      ދިވެހިންގެ ބައެއް މީހުން މިކަމާ ހާދަ އޯވަރ ވެޔޭ ދޯ... މިކަމާ އޯވަރވާރ އެންމެންށް ލިބެނީތަ އެއެއްޗެހި.... ???

      3
      2
  6. ޝުކުރު

    ދިވެހިންވެސް މީދެން ބޮޑުވަރު ދުނިޔޭގެ މުދަލައިގެން އުޅުނަސް.އެލިބުނު މީހަކަށް ލިބިގެން ހުރެދާނެއްނު.ވޭތަ ތިވަރުން މީހުން ދޭ ގިވްއަވޭއަކާ ބައިވެރިވާން.ތިމާއަށް އެއެއްޗެހި ނުލިބުނީމަ ދެން ﷲއަށް ޝުކުރުއަދާކޮށްގެން ތިބެބަލަ.ކޮންކަމެއްދެން ޝަރުމީލާ އެވެނިމިވެނި ކަމެއްވެއްޖޭކިޔަން.ލިބޭ މިންވަރަށް ޝުކުރުއަދާކޮށްބަލަ.ބޭކާރުކަމެއް ސިލްސިލާ ކުޅިގަނޑަކަށް ހަދައިގެން ތިއުޅެނީ.ދެން ތި މަޖިލީހަކަށް ދިޔައީމަ އެއެއްޗެއް ކަލޭމެންނަށް ލިބޭތަ

    21
    10
    • ހައިކަލް

      ....100%
      އެންމެނަށް ލިބެނީތަ މިވަރެއް މިވަނީ....

  7. Anonymous

    ????

    12
  8. ތަޚާނުގެ ޢަލިދީދީ

    ފައިންޑިން ޝަރުމީލާ ވިތް މަޖުލީހުގެ ރައީސް އެލެކްސް!

    23
    3
  9. ބަލާ

    ތިކަހަލަ ހުރިހާ ބޭކާރު ކަމެއް ތިތަނުން ހޯދާނެ

    ލާހޫރޭ ތަނެއް ތީ

    20
    4
  10. Anonymous

    ނަޝީދު ތިޔަކަން ކޮށްފާނެ އެހެންނުވާނީ. ކުރާނެކަމެއްނެތިގެން އުޅޭމީހެއް . ނަޝީދު ތިޔަސޮރު މަޖްލީހަށް ޙާޒިރު ކުރާނެ . ނަޝީދަކީ މަޖްލީހުގައި މިކަހަލަ ކަންތައްތަކުގައި ޙައްލު ހޯދަން އުޅޭ މީހެއް. މެޖޯރިޓީ ލިބުނީމަ ވެސް ރައްޔިތުން ނަށް ކަންތައްތައް ކޮށްދިނުމުގެ ބަދަލުގައި ކޫސަނި ކަންކަމުގައި ހިތްތަކުގެ ރައިސް އުޅުއްވަނީ.

    25
    1
  11. ލަދު

    ބަލަ ތިޔަކަން ހުށަހަޅަންޖެހޭނީ ޕޮލިހަށްނޫންތަ. ދެންރަނގަޅު ހުރިހާކަމެއް އެނގޭމީހުންތިބީ މަޖިލީހުގަދޯ

    21
    3
  12. ދަތްގޯނި

    މިސޮރު ބޯގޮވީ ކޮންއިރަކުބާ!

    16
    2
  13. Øřāňğə

    ?????

    4
    1
  14. މޮޔަ

    މަޖިލިސް ޖޯކަރުން ގެ ބޮޑު މީހާ އަކީ އެމޭޒަން އެލެކްސާާ އަށް ދޫނުކުރާ ވަރުގެ ބޭކަލެއް

    7
    1
  15. ލައިލާވަމަޖްނޫން

    ޝަރުމީލާޔާއި އިނދެބަލަަ.....

    2
    1
  16. ޅޮލް

    އަންނި ޖޭ ވީ