މުޅި ދުނިޔެ ކޮވިޑް-19 އާއި ހަނގުރާ ކުރަމުން އަންނަ ދަނޑިވަޅެއްގައި ބައެއް އާންމު ރައްޔިތުން އަންނަނީ ބަލި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމީހުންނަށް ވެވެން އޮތް އެހީއެއް ވަމުންނެވެ.
މިއީވެސް އެފަދަ ދެ މީހެކެވެ. ދެމަފިރިއެކެވެ. އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަހަރަޝްތްރާ ގައި އަލަށް ކައިވެނި ކުރި، އުމުރުން 28 އަހަރުގެ އެރިކް ލޮބޯ އާއި 27 އަހަރުގެ މާލިން ވަނީ އެމީހުންގެ ކައިވެނީގެ އުފަލުގައި 5 ހޮސްޕިޓަލް އެނދާއި އޮކްސިޖަން ސިލިންޑަރު ކޮވިޑް-19 އަށް ފަރުވާ ދޭ ސެންޓަރަކަށް ހަދިޔާ ކޮށްފައެވެ.
"އާންމު ކޮށް ކައިވެނި ޕާޓީއަކަށް 2000 މީހުން ގެންނަން ޖެހޭނެ. އަދި އަގުބޮޑު ކާއެއްޗެހި ގެންނަން ޖެހޭ. އެހެން ނަމަވެސް މިފަހަރު ހިތަށް އެރީ ތަފާތު ކޮށްލާނީ އޭ" ލޮބޯ ބުނެފައިވެއެވެ.
އެމީހުން މިތަކެތި ހަވާލު ކޮށްފައިވަނީ ސަޓްޕަލާ އަވަށުގައި ކޮވިޑް-19 އަށް ފަރުވާ ދެމުން އަންނަ ކްލިނިކް އަކަށެވެ.
އޭނާ ބުނީ، އޭނާގެ ޕާޓީއަށް އައިސްފައިވަނީ 22 މީހުން ކަމަށާއި އެއީ ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފިޔަވަޅުތަކަށް ބަލައިގެން އައިސްފައިވާ މީހުން ކަމަށެވެ. އެ އެންމެންވެސް ތިބީ މާސްކު އަޅައިގެން ކަމަށާއި، އޭނާ ދިރިއުޅޭ އަވަށުން ގިނަ ބަޔަކު ފައްސިވެ، މަރުވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ވިސްނި ކަމަށެވެ.
މި ބަލި ޖެހިގެން ދުނިޔެއިން 9 މިލިއަނަށްވުރެ ގިނަ މީހުން ފެނިފައިވާއިރު، އަމިއްލާ ފަރާތްތަކާއި އެކި އެކި ޖަމްއިއްޔާތަކުން އަންނަނީ ބަލިން މީހުން ސަލާމަތް ކުރުމަށް އެމީހުންނަށް ވެވެން އޮތް މަސައްކަތެއް ކުރަމުންނެވެ.
ތިޔަތާ އެބަތިބި ދަތްދޮޅީގަ މާސްކު އަޅައިގެން ތިބި 2 މީހުން.
ތީ ވަރަށް ރަނގަޅު ކަމެއް