އެޕަލް ކުންފުނިން ދެން ބާޒާރަށް ނެރޭނެ އަގުތައް ކަމަށް ބުނެ ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި އަގުތަކެއް އާއްމު ކުރަމުން އެބަގެންދެއެވެ.

އަގުތަކުގެ އިތުރުން އައިފޯންގެ ބައެއް އެހެން މައުލޫމާތުތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.

"ފޯބްސް" ގައި ބުނެފައި ވަނީ ހަތަރު މޮޑެލްއެއްގެ އައިފޯން ބާޒާރަށް ނެރުމަށް އެޕަލް ކުންފުނިން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އައިފޯން-12 ގެ މޮޑެލްތަކުގެ ތެރެއިން އެންމެ އަގުހެޔޮ ފޯން ވިއްކާނީ 649 އެމެރިކާ ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އައިފޯން-11 މެކްސް ނަމަކަށް ކިޔާ ފޯނެއް ވެސް މިއަހަރު ނެރޭނެ ކަމަށާއި އައިފޯން-12 މެކްސް ފޯނެއްގެ އަގަކީ 699 އެމެރިކާ ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދެފޯނަށް ވެސް 5ޖީ ލިބޭނެ ކަމަށް ވެއެވެ. އައިފޯން-12 މެކްސް 4ޖީ ފޯނެއް ވެސް ނެރޭނެ ކަމަށް ވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މިއަހަރު ނެރޭ ހުރިހާ ފޯނެއްގެ އަގުހެޔޮ މޮޑެލްތަކުގެ އިތުރުން އަގުބޮޑު މޮޑެލްތަކެއް ވެސް ނެރޭނެއެވެ. އަގުބޮޑު މޮޑެލްތަކުގެ އަގު ފެށޭނީ ވެސް 999 އެމެރިކާ ޑޮލަރުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން އާއްމުކޮށް ކޮންމެ އަހަރަކު އައިފޯން ދައްކާލާ ދުވަސް ކައިރިވަމުން އަންނައިރު މިއަހަރު އައިފޯން ނެރެފާނެ ކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދައެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުންނެވެ. ނަމަވެސް ތަޖުރިބާކާރުން ބުރަވާ ގޮތުގައި އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރު ވެސް އެޕަލް އިން އައިފޯން ނެރޭނެއެވެ.