މިޔަރެއްގެ ބުރަކަށި މައްޗަށް އެރި ޗައިނާގެ ޒޫ ބަލަހައްޓާ މީހަކަށް ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވާން ފަށައިފިއެވެ.

އޭނާ އަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނީ މޫދު ޖަނަވާރު ބަލަހައްޓަމުން އަންނަ މީހަކަށްވެ ހުރެ އޭނާ ވޭލް ޝާކެއްގެ ބުރަކަށި މައްޗަށް އަރައި ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އަމިއްލަ އަށް މީސްް މީޑިއާގައި އާންމު ކުރުމުންނެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަނީ ވޭލް ޝާކަށް އަނިޔާވާނެ ގޮތަށް އެ ޕޫލުގެ ވަށައިގެންދުއްވާފައެވެ. އަދި އޭގެ ފަހުން އެސޮރުގެ ބުރަކަށިމައްޗަށް ކޮޅަށް ތެދުވެ ހުންނަ މަންޒަރުވެސް އެ ވީޑިއޯ އިން ފެނެއެވެ.

ޗައިނާގެ ގިނަ ބަޔަކު އަންނަނީ އެމީހާ ވަޒީފާއިން ވަކިކޮށް އެފަދަ އަމަލުތައް ހިންގުމަށް ހިތްވަރުދޭ ވީޑިއޯ މީސް މީޑިއާއިން ނެގުމަށް ގޮވާލަމުންނެވެ.

މިހާތަނަށް އެއްވެސް ފަރާތަކުން މި ވީޑިއޯ މީސް މީޑިއާގައި ހިއްސާކޮށްފައިވާ މީހާގެ ނަމެއް ހަމަކޮށްފައެއް ނުވެއެވެ. އެއީ ފުޖިން ޕްރޮވިންސްގައި އޮންނަ ލިއުުޔައުއަންވަން ސީ ވޯލްޑް ނަމަކަށް ކިޔާ ޒުލެއްގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށްވެއެވެ.

މީގެ ކުރިން ވެސް ޗައިނާގެ އެ ޒުލުގައި ވަނީ މިފަދަ ކަންކަން ތަކުރާރުކޮށް ހިނގާފައިވާ ކަމަށާއި، އެގޮތުން އެކި ކަހަލަ މިޔަރަށް އަނިޔާކުރުމާއި، ކޯމަހަށް އަނިޔާކުރުން ފަދަ މައްސަލަތައް ތަކުރާރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ވީޑިއޯ މަޝްހޫރުވެފައި ވަނީ ވެއިބޯ ނަމަކަށް ކިޔާ ޖަނަވާރުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް ވަކާލާތު ކުރާ ޓްވީޓާ އެކައުންޓުން އެ ވީޑިއޯ ޝެއާ ކުރުމާއެކުއެވެ. އެ ވީޑިއޯ ޝެއާ ކުރަމުން އެއީ އަނިޔާކުރުން ކަމަށް އެ ޓްވިޓާ އެކައުންޓުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝާޝާ

    ކޮބާ ވީޑިއޯ

  2. ބޯޖަލީލު

    އެބުނާހެން ވީޑިޔޯ ވާހަކަލިޔުނިންޔާ ވީޑިޔޯ ފެއްނަގޮތް ހަދާބަލަ