މިދިޔަ 30 އަހަރު ތެރޭގައި އޭނާ ދިރިއުޅެމުން ދިޔައީ އާދައިގެ މީހަކު އުޅޭހެންނެވެ. އެއްވެސް މައްސަލައެއް ދިމާވުމެއް ނެތިއެވެ.އެހެން ނަމަވެސް ދާދި ފަހުން އިންޑިއާގެ ކޮލްކަޓާ ޑޮކްޓަރަކަށް މި ވަނީ އޭނާއަށް ވަރަށް މަދުން ނޫނީ ނުފެންނަ މައްސަލައެއް ހުންނަ މީހެއްކަން ވަނީ އެނގިފައެވެ. އޭނާއަކީ 22،000 މީހުންގެ ތެރެއިން އެކަކުގެ ގައިން ފެންނަ ކޮންޑިޝަންއެއް ހުންނަ މީހެކެވެ.

އުމުރުން 30 އަހަރުގެ އެ އަންހެން މީހާ ހޮސްޕިޓަލަށް ދިޔައީ ބަނޑުހައި ރިއްސާތީއެެވެ. ޑޮކްޓަރުންނަށް ވަނީ، އޭނާއަކީ "ފިރިހެނެއް" ކަމާއި، އޭނާއަށް ޖެހިފައިވާ ސިއްހީ މައްސަލައަކީ ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ބައްޔެއް ކަމަށްވާ ޓެސްޓިއުލާ ކެންސަރު ކަން ހާމަކޮށްފައެވެ.

އޭނާގެ އުމުރުން އޭނާގެ އުމުރުން 28 އަހަރުގެ ކޮއްކޮގެވެެސް ހެދި ޓެސްޓުތަކުން ވަނީ އޭނާވެސް އެންޑްރޯޖެން އިންސެންސިޓިވިޓީ ސިންޑްރޯމް ހުންނަ ކަން އެނގިފައެވެ. އެއީ އެ މިހާއަކީ ޖެނިޓިކަލީ ފިރިހެނެއް ނަމަވެސް، އަންހެނެއްގެ ހުރިހާ ސިފަތަކެއް ލިބިފައި ވާތީއެވެ.

އުމުރުން 30 އަހަރުގެ އެ އަންހެން މީހާ އަކީ ބެންގަލްއަށް ނިސްބަތްވާ މީހެކެވެ. އޭނާ ކައިވެނިކޮށްގެން އިޅޭތާ ނުވަ އަހަރު ބަނީ ވެފައެވެ.

އޭނާ ކޮލްކަޓާގައި ހުންނަ ނެޓަލްޖީ ސުބްހާސް ޗެންދްރާ ބޯސް ކެންސަރު ހޮސްޕިޓަލަށް ދައްކަން ދިޔައީ މީގެ މަސް ތަކެއް ކުރިންނެވެ.

އަދި ޑރ. އަނޫޕަން ޑުއްޓާ އާއި ޑރ. ސޫމަން ޑަސް ވަނީ އޭނާގެ މެޑިކަލް ޓެސްޓުތަކެއް ހަދާފައެވެ. އަދި އެއާއެކު އޭނާގެ އަސްލު އައިޑެންޓިޓީ ވަނީ ޓްރީޓްމެންޓް ދެމުންދިޔައިރު ހޯދާފައެވެ.

އޭނާ ބަލާ ބެލުމާއި ހުންނަ ގޮތުން، އެއީ އަންހެނެއް، ވާހަކަދައްކާ އަޑާއި، އާއްމު އަންހެނުންގެ ހުންނަ ޖިންސީ ގުވަނަވަންތައްވެސް ހުރޭ އެހެން ނަމަވެސް، އޭނާ ވިހެއިއިރުން ފެށިގެން ރަހިމުވެސް ނީނދޭ އަދި އޯވަރީވެސް ނީނދޭ،އަދި ދުވަހުވެސް އޭނާ މައްސަރު ކަންތައް ނުޖެހޭ". ޑރ. ޑުއްޓާ ބުނެފައި ވެއެވެ.

ޑޮކްޓަރުން ބުނީ، އޭނާ ބަނޑުގައި ރިއްސާތީ ހެދި ކްލިނިކަލް އެގްޒާމައިންއިން އޭނާގެ ހަށިގަނޑުގެ އެތެރޭގައި ފިރިހެނުންގެ ހުންނަ "ޓެސްޓިކަލް"ހުންނަ ކަން ވަނީ އެނގިފައެވެ. އަދި ހެދި ބަޔޮޕްސީތަކުން އޭނާއަށް ޓެސްޓިކިއުލާ ކެންސަރު ޖެހިފައިވާކަން ވަނީ އެނގިފައެވެ.

މިހާރު އޭނާއަށް ދަނީ ކީމޯތެރަޕީ ދެމުންނެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަަަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފާޒިލް

    ޝަރުމީލާ

    27
    1
  2. Anonymous

    ތިކަހަލަ މީހުނަށް ކިޔަނީ ޚުންސާއިން.

    13
    2
  3. Anonymous

    ގެޓެއް ނުވި

    10
    1
  4. މުހައްމަދު މުދުހިޝް Mudhish

    އަންހެނަކުފިރޮހެނަކަށް ވަނީއެއްނޫޫންް. އެއީ ހުންސާއިން. ބޭރުފުށުން ފިރިހެން ޖިންސީ ގުނަވަނެއް ނެތް. އެކަމަކު ރަހިމެއްވެސް ނެތް. އޮށް މިހުރީ ވެސް އެތެރޭގައި. ވީމާ އެއީ ފިރިހެނެކޭވެސް ނުބުނެވޭނެ.

    5
    1
  5. އަލީ

    ﷲ ގެ ކުޅަދުންވަންތަކަން އެއްވެސް މީހަކީ އެމީހަކު އަމިއްލަޔައް މި ދުނިޔެއައް އައި މީހެއް ނޫން.

    15
    1
  6. ???

    އާ ޝަރު މީލާ ހެ