މެންދުރުގެ ގަދަ އަވީގައި ގިނަ ވެގެން 34 މިނެޓު ތެރޭ ކޮވިޑް-19 އަށް މެދުވެރިކުރާ ނުރައްކާތެރި ވައިރަސްގެ ބާރު ކަނޑުވާލާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ތަޖުރިބާކާރުންތަކެއް ގުޅިގެން ކުރިޔަށްގެންދިޔަ މި ދިރާސާއިން ހާމަވެފައިވާ ގޮތުން، މެންދުރު އަވިދޭއިރު އެކި ޤައުމުތަކުގައި ނުވަތަ ތަފާތު މާޙައުލުތަކުގައި ކޮވިޑް-19 ގެ ވައިރަސް ނައްތާލުމަށް ހޭދަވާ ވަގުތު އެއްގޮތް ނުވީނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ގިނަވެގެން 34 މިނެޓު ތެރޭ ވައިރަސްގެ ބާރު ކަނޑުވާލާނެއެވެ.

މި ދިރާސާއިން އެނގޭ ގޮތުގައި ހޫނުގަދަ ޤައުމުތަކުގައި ވައިރަސްގެ ބާރު، އަތްވަށް ހުށަހެޅުމަށްފަހު ނައްތާލަން ނަގަނީ މަދު ވަގުތުކޮޅެކެވެ. މިގޮތުން އިންޑިއާފަދަ ޤައުމުތަކުގައި 11 މިނެޓު ތެރޭ އަވީގައި ވެއްޖެނަމަ ވައިރަސްގެ ބާރު ކެނޑިގެންދާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

ތަޖުރިބާކާރުން ބުނެފައިވާ ގޮތުން، އިރުގެ ދޯދިން އެޅޭ ހޫނުގެ ސަބަބުން ކޮވިޑް-19 އަށް މެދުވެރިކުރާ ވައިރަސްގެ ބާރު ކަނޑުވާލުމަށް ނުވަތަ ނައްތާލުމަށް އޮތް ފުރުސަތު 90 އިންސައްތައަށްވުރެ އިތުރެވެ. އެހެންކަމުން އިރުގެ އައްޔަކީ ކޮވިޑް-19 އިން ރައްކާތެރިކޮށްދީ، ބަލި ފެތުރުން ކުޑަކުރުމަށް ލިބިދޭ އެހީއެއްކަން ދިރާސާއިން ވަނީ ހާމަވެގެން ގޮސްފައެވެ.

ސައިންސްވެރިން ބުނާގޮތުން ކޮވިޑް-19 ގެ ވައިރަސް ނައްތާލުމަށް މައިގަނޑު ގޮތެއްގައި މެދުވެރި ކުރަނީ އިރުގެ ދޯދިތަކުން ދޫކުރާ "އަލްޓްރާވައިލެޓް" ރޭޑިއޭޝަން އެވެ. ކޮވިޑް-19 ގެ އިތުރުން އެހެން ބައެއް ވައިރަސްގެ ބާރުވެސް މި ރޭޑިއޭޝަނުން ކަނޑުވާލާކަން ކުރީގެ ހޯދުންތަކުން އެނގެއެވެ.

މި ހޯދުންތަކާއި ގުޅިގެން ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާގޮތުން، ފުރަބަންދުގައި ގޭތެރޭގައި ތިބުމަށްވުރެ، ދުޅަހެޔޮ ވަގުތުކޮޅެއް ހޭދަކުރުމަށް އަވިދޭ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުން މާ ރައްކާތެރިވާނެ އެވެ. އެއީ ހޫނު ނޫން މާޙައުލުތަކުގައި ބަލި ފެތުރުމުގެ ފުރުސަތު އިތުރުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑައެލޯގް

    އެހެންވެތާދޯ ރާއްޖޭގައި މިބަލި އެހާވަރުގަދަނުވަނީ އެކަމު މަބްރޫކްމެން ފޮނކަޑަނީ މިމީހުންގެ މޮޅުކަމުންނޯ މިވައިރަސް ބަލިކަށީ

    12
    2
    • ޖުލައި

      ??????????????