އަނެއްކާ ވެސް ހަނދަށް އިންސާނުން ފޮނުވަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ދަނީ ތައްޔާރު ވަމުންނެވެ. ނާސާ އިން އުއްމީދު ކުރަނީ 2024 ވަނަ އަހަރު އިންސާނުން ހަނދަށް ފޮނުވޭނެ ކަމަށެވެ. އެމިޝަން އަށް ތައްޔާރު ވުމުގެ މަސައްކަތް ނާސާ އިން ދަނީ ކުރަމުންނެވެ.

އެގޮތުން އިއްޔެ ވަނީ ހަނދަށް ފޮނުވާ އެސްޓްރޮނޯޓުން ބޭނުން ކުރާނެ ފާހާނާއެއް ޑިޒައިން ކުރަން އާއްމުކޮށް ހުޅުވާލާފައެެވެ. ނާސާ އިން ހިތްހަމަޖެހޭ ފަދަ ފާހާނާއެއް ޑިޒައިން ކުރާ ފަރާތަކަކަށް 20000 އެމެރިކާ ޑޮލަރު ލިބޭނެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 380000 ރުފިޔާ އެވެ.

ނާސާ އިން ނިންމާފައި ވަނީ ހަނދަށް ދެން އެސްޓްރޮނޯޓުން ފޮނުވާއިރު އަންހެން އެސްޓްރޮނޯޓަކު ވެސް ހަނދަށް ފޮނުވާށެވެ. އެހެންކަމުން މިފާހާނާ ވާން ޖެހޭނީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުން ކުރެވޭނެ ފާހާނާއަކަށެވެ.

ފާހާނާ ޑިޒައިން ކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ހިމެނޭ ގައިޑްލައިނެއް ނާސާ އިން ވަނީ އާއްމު ކޮށްފައެވެ.

ނާސާ އިން ބުނާ ގޮތުގައި މިފާހާނާ އަށްދާ "ވޭސްޓް" އެންމެ މަދުވެގެން 14 ދުވަސް ވަންދެން "ރައްކާ ކުރެވިފައި" ހުންނާނެ ގޮތެއް ފާހާނާ ޑިޒައިން ކުރާ މީހަކު ހުށަހަޅަން ޖެހޭނެއެވެ.

ފާހާނާގެ ކަންކަމަށް އެންމެ ގިނަ ވެގެން ހޭދަކުރެވޭނީ 70 ވޯޓްގެ ކަރަންޓް ކަމަށާއި، ފާހާނާ ވާން ޖެހޭނީ ވަރަށް ފަސޭހައިން ސާފު ކުރެވޭ، އަދި މަރާމާތު ކުރަން ޖެހިއްޖެނަމަ ވަރަށް ފަސޭހައިން މަރާމާތު ވެސް ކުރެވޭ ފާހާނާއަކަށް ކަމަށް ނާސާ އިން ބުނެއެވެ.

ފާހާނާގެ ބަރުދަނުގައި ހުންނަން ޖެހޭނީ އެންމެ ބަރުވެގެން 14 ކިލޯ އެވެ.

އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފާހާނާގެ ޑިޒައިންތައް ނާސާ އަށް ހުށަހަޅަން ޖެހޭނެއެވެ. އެއްވަނަ އިނާމު ނުލިބުނު ނަމަވެސް އަދި ކަންބޮޑު ވާނެ ކަމެއް ނެތެވެ. ދެވަނަ އިނާމަކަށް 10000 އެމެރިކާ ޑޮލަރު އަދި ތިން ވަނަ އިނާމަކަށް 5000 އެމެރިކާ ޑޮލަރު ހުށަހަޅާފައި އެބައޮތެވެ. މިމުބާރާތުގެ ވަނަތައް އިއުލާން ކުރާނީ އޮކްޓޯބަރ މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބޮއްބެ

  ތީ އެއްވެސް ކަމެއްނޫން. ކިހިނެއް ހުންނަންވީ. އެކޮޅުކޮޅުން އޮވެގެން ފާޚާނާ ކުރާގޮތަށްވެސް ޑިޒައިން ކޮށްދީފާނަން.

  6
  1
 2. ވަހުތާނު އަހުމަދު

  ވަޅުޖަހަން ކުރެދިބުރިއެއްބެހެއްޓީމާ ވަރަށްފަސޭހަވެފަ ޚަރަދުވެސްކުޑަވާނެ !!

  7
  1
 3. މޮޔައިން

  1969ވަނަ އަހަރު ހަނދައް ގޮސްސީމޭ ކިޔާފަބުހުތާން ދޮގު ތިއެމަރިކާ ހެދި..މިފަހަރު ފާޚާނާގެ ވާހަކަ..ދިރުމެއްނެތްތަނެއްގައި ކޮންސަކަރާތެއްޖަހާކަށް..

 4. މާރިޔާ

  ޑިޒައިން އެކަންޔެއްނޫން އެތަށި ހެދޭނީވެސް ހަމައެކަނި ބުއްޅަބެޔައް.

  6
  2
 5. ސާވާ

  ބައި ޤަރުނު ކުރީގެ ޓެ ކްނޮލޮޖީ އަނބުރާ އިޢާދަވީތަ... ތީ ދެން ކޮން ސަ ކަރާތެއް.
  ތި ކަހަލަ ބޭ ކާރު ކަންތަ ކަށް ބިލިޔަނުން ހަރަދު ކުުރުމަށް ވުރެ ދުނިޔެއިން ފަޤީރު ކަން އެއް ކޮއް ނައްތާލުމުގެ މަަސައްކަތް ނުކުރަނީ ކީއްވެ؟
  1969 ވަނަ އަހަރުވެސް އެމެރިކާގެ ޑެތު ވެލޭގައި ހަނދަ އް ދިޔައީޔޭ ކިޔާފައި ބިލިޔަން ޑޮލަރުގެ އޮޅުވާލުމެއް ދުނިޔެއައް ދެއްކީ....

 6. ޝިހާމްބެ

  ނަސާ ކުރެން އަހާބަލަ ފްލަޝް ޓޭންކު ބޭނުންތޯ.
  އަދި އަހާބަލަ ހަނދަށް ދަނީ ކަލޭމެން ގުއިރޭން ހޭ؟

 7. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

  ޕޮރެފެސަރު އުގެއިލު ކޮބާ؟ މިފަހަރު ތިކަންކުރެވޭނީ މަށާ އޭނާ އާއި ދެމީހުން ނަށް. މަގޭ ޚިޔާލަށް އޭނާ އުފައްދާ ފޯމިއުލާ އަކަށް .