ކަޅު ވުމުން ވަރަށް ގިނަ މީހުން ދިމާ ކުރި ކަމަށާއި "ކަޅު ކުއްޖާ"ގެ ނަމުން ވަނަން ގޮވާ، ހަނގާކޮށްފައިވާ ކަމަށް ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ބުނެފިއެވެ.
މުޅި ދުނިޔޭގައި މިހާރު ކަޅު މީހުންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލައި ކުރިއަށް ގެންދާ ބްލެކް ލައިވްސް މެޓާ ކެމްޕެއިނާ ގުޅިގެން އިންޑިއާގައި ދޮން މީހުންނާއި ކަޅު މީހުންނާއި ދެމެދު ކުރާ ތަފާތުކުރުންތަކާ ދެކޮޅަށް އާއްމުން ވަނީ އަޑު އުފުލަން ފަށައިފައެވެ.
އެގޮތުން އިންޑިއާގައި ކަޅު މީހުންނާ ކައިވެނި ކުރާނެ މީހުން ވެސް ހޯދަން އުނދަގޫކަން އާންމުން ދަނީ ފާހަގަކުރަމުންނެވެ.
އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަންނާނުން ބޭނުންކޮށްގެން ހަންގަނޑުގެ ކުލަ އަލިކޮށްދޭ، ދޮންވާ ކްރީމް އާއި ސިރަމް ފަދަ ތަކެތި މާކެޓް ކުރަމުންދާތީ އެކަމުގެ ސަބަބުން މުޖުތަމައު އަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަވެސް އާންމުން ދަނީ ދައްކަމުންނެވެ.
މިފަދަ ލިޔުމެއް ޝެއާކޮށް ބިޕާޝާ ކުރި ޕޯސްޓެއްގައި ވަނީ އޭނާއަކީ ކަޅު މީހަކަށް ވުމުން ބޮލީވުޑްގައި ވެސް ތަފާތުކުރުންތައް ދިމާވިކަމަށެވެ.
އެގޮތުން ބައެއް ކަހަލަ ރޯލުތައް އޭނާ އަށް ނުލިބޭ ކަމަށާއި އޭނާ އަކީ ކަޅު މީހުންގެ ތެރެއިން ރީތި މީހެއް ކަމަށް ބެލެވުނު ނަމަވެސް އޭނާ އަކީ އަސްލު ރީތި މީހެއްކަމަށް ބޮލީވުޑްގެ ގިނަ މީހުން ގަބޫލު ނުކުރާކަމަށް އޭނާ ވަނީ ބުނެފައެވެެ.
އަދި އޭނާ މަޝްހޫރުވީ ވެސް ބޮލީވުޑްގެ ކަޅު ބަތަލާގެ ނަމުން ކަމަށާއި މިއަދާ ހަމައަށް އައި އިރު ބޮލީވުޑުން ކަޅު މީހުންނަށް ފުރުސަތު ނުލިބޭ ކަމަށާއި އެއީ ކަޅު ވުމުން އާއްމުން ބަލައިނުގަންނާނެ ކަމަށް ހީވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބައްލަވާ...ބައްލަވާ މި އިންޑަސްޓްރީ އަށް. އެ އިންޑަސްޓްރީގައި އުޅޭ މީހުން އިޢުތިރާފް އެ ވަނީ ނަސްލީ ތަފާތުކުރުން ތައް ގެންގުޅޭ ކަ މަށް....އަދިވެސް އަޅުކަ މެއް ކުރާހެން އެ މީހުންގެ އެއްޗެހި ހޭކަނޑާލާފައި ބަލަނީ....ހަރާ މޭ ހެޔޮ މެސެޖެއް ލިބެނިއްޔެއް ނޫނޭ.....?