ބޮލީވުޑްގެ އަރަމުން އައި ތަރި، ސުޝާންތު ސިންގު އަމިއްލަ އަށް މަރުވީތޯ ނުވަތަ ބަޔަކު ރާވައިގެން އޭނާ މަރާލީތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. ސުޝާންތް ސިންގްގެ ކަރުގައި ދެ ނިޝާނެއް ހުރުމަކީ ގިނަ އާންމުން އެކަމަކާ މެދު ކަންބޮޑުވުން ފާޅުކުރި އެއް ކަމެވެ. ސުޝާންތުގެ ކަރުގައި ހުރި ނިޝާންތަކުގެ ތެރޭގައި ދަން ޖެހިގެން މަރުވާ މީހެއްގެ ކަރުގައި ނުހުންނާނެ ނިޝާންތައް ހުރި ކަމަށް އިންޑިއާގެ ބައެއް އަމިއްލަ އިންވެސްޓިގޭޓަރުން ވަނީ ބުނެފައެވެ.
ނަމަވެސް ޕޯސްޓްމޯޓަމް ރިޕޯޓުން އޭނާ މަރުވެފައި ވަނީ އަމިއްލައަށް ކަމަށް މެޑިކަލް ޓީމުން ވަނީ ޔަގީންކޮށްދީފައެވެ. އަދި ފުލުހުން ހާމަކުރި އާ މައުލޫމާތު ތަކަށް ބަލާއިރު އެންމެ ފުރަތަމަ ސުޝާންތު ދަންޖެހެން މަސައްކަތް ކުރީ ބާތްރޯބް ބެލްޓަކުން ކަމަށާއި އެއިން ސުޝާންތްގެ ބަރުދަން ނުހިފެހެއްޓި ކަނޑައިގެން ދިޔަ ކަމަށް ފުލުހުން ބުންޏެވެ. ސުޝާންތު ފަހުން ދަން ޖެހުނީ ފެހި ކުރުތާއަކުން ކަމަށާއި އެ ކުރުތާއަށް ސުޝާންތުގެ ބަރުދަން ހިފެހެއްޓޭނެތޯ ބަލަން އިތުރަށް ތަހުލީލުތައް ކުރުމަށް ވަނީ ނިންމައިފައެވެ.
ސުޝާންތް މަރުވުމުގެ ކުރިން މީސްމީޑިއާއަށް ލާފައިވާ ފޮޓޯތަކުގައި ވެސް އޭނާ މާޔޫސްވާކަން އެނގޭ ފަދަ ލިޔުންތައް ހިމަނާފައިވެއެވެ. އެގޮތުން ހަޔާތާއި ދުރަށް ދާން ބޭނުންވާ ވާހަކައާއި އިތުރަށް ކެތް ކުރެވޭނީ ކިހާ ދުވަހަކުކަން ނޭނގޭ ވާހަކަ ބުނެފައިވެއެވެ. އަދި ހުނަރަށް ވުރެ ހުނަރުގެ އަގު ބޮޑުކަމަށްވެސް އޭނާގެ އެއް ޕޯސްޓްގައި ވެއެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުން އެ ޕޯސްޓްގައި އޭނާ ވާހަކަދައްކަނީ ބޮލީވުޑްގައި ހުރި ތަފާތުކުރުންތަކަށެވެ.
ކީކޭ ދެން ބުނާނީ.. ދުނިޔެމަތިން އިންސާފު ނުލިބިގެން އެހެންނޫނީ ކޮންމެވެސް އެހެން ކަމާކާ ހިތް ދަތި ވެގެން އަމިއްލަޔަށް މަރުވީމަ ދެން ދުނިޔެއއއައް އަ ވުރެއްއއއ ހިތް ދަތި ކަމާއި ވޭނާ ތަކުލީފުގައި އުޅުން ޖެހޭނީ ކިތައ ގުނަޔަށް ކަމެއް ނޭގެނީބާ... ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ
ރިޔާ ހައްޔަރު ކުރޭ...ބޮޑު ގޯލްޑްޑިގަރ އެއް
ޝުބާންތުޔާ އިނދެބަލަ???
މި ވަރަށް މި ބޭފުޅާގެ ޚަބަރު މި ލިޔަނީ ކީއަވެގެންކަން ވިސްނާ ވިސްނާ ނުވިސްނުނު!
ލިޔާނެ ވާހަކަތައް ހުސްވީ
ޢެއްފަހަރު ދަންޖެހެން އުޅެގެން ކަނޑައިގެން ދިޔައީމަ ނުކެރޭނެ ދެވަނަފަހަރު ދަންޖެހޭކަށް