ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަ ސެނިޓައިޒާ ބޮއެގެން މެކްސިކޯއިން ތިން މީހަކު މަރުވެ، އެކަކުގެ ލޯ އަނދިރިވެއްޖެއެވެ

އެގައުމުގެ ހެލްތުން ބުނެފައިވަނީ މި ހަތަރު މީހުންގެ އިތުރުން އެހެން ތިން މީހެއްގެ ހާލު ސީރިއަށް ކަމަށާއި، މި ހަތް މީހުންނަކީ "މެތަނޯލް" ހިމެނޭ ސެނިޓާއިޒާ ބުއި މީހުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެ ގައުމުން ހެލްތުން ބުނީ، މިދިޔަ މަހު މި މައްސަލަ ހުށަހަޅާފައިވަނީ އެގައުމުގެ "ނިއު މެކްސިކޯ ޕޮއިޒަން ކޮންޓްރޯލް" އަށް ކަމަށެވެ. އަދި އެމައްސަލައިގެ އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައިނުވާ ކަމަށް ހެލްތުން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ދިޔައީ ކޮވިޑް-19 ގެ ސަބަބުން މަސްތުވާތަކެތި ލިބުން ދަތިވުމުގެ ސަބަބުން ސެނިޓައިޒާ އެބޭނުމަށް ބޭނުން ކުރަމުންނެވެ. އެހެން ކަމުން ބައެއް ދުނިޔޭގެ ޖަލުތަކުގައިވެސް ސެނިޓައިޒާ ވަނީ މަނާ ކޮށްފައެވެ. އެހެން ނަމަވެސް ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އެފަދަ ތަންތަނުން ހާއްސަ ފިޔަވަޅުތަކެއް އަޅައި ސެނިޓައިޒާ ބޭނުން ކުރުމަށް އެދިފައެވެ.

މި ހަފްތާގެ ތެރޭގައި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ "އެސްބައިކެމް އެސްއޭ" އިން އުފައްދާފައިވާ ސެނިޓައިޒާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް ގޮވާލާފައެވެ.

މެކްސިކޯގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ ސެނިޓައިޒާއިން މެތަނޮލް ފެނިފައިވާ ކަމަށާއި އޭގެ ސަބަބުން ހޮޑުލެވި، ބޮލުގައި ރިއްސާ، ލޮލުގެ ފެނުމަށް ބަދަލު އައިސް، ދާއިމަށް ލޯފަންވެ، ކޯމާއަށް ގެއުމުގެ އިތުރުން ނާރުގެ އެކިބަލި ޖެހި މަރާއި ކުރިމަތި ލާން ޖެހޭ ކަމަށެވެ.