ބޮލީވުޑްގެ ކުޅަދާނަ ބަތަލް ސުޝާންތު ސިންގ އަމިއްލައަށް މަރުވިތާ 13 ދުވަސް ވުމާއި ގުޅިގެން އޭނާގެ އާއިލާއިން ނެރުނު ބަޔާނުގައި އެ މީހުންގެ އިހުސާސްތައް ވަނީ ބަންޑުން ކޮށްލާފައެވެ.

އަބަދުވެސް ހިނިތުންވެފައި ހުންނަ ސުޝާންތުގެ ހުނުމުގެ އަޑު ދެން ދުވަހަކުވެސް ނީވޭނެކަން ޤަބޫލު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން އާއިލާއިން ފާހަގަކުރެއެވެ. އޭނާގެ އުޖާލާ ލޯ ދެން ނުފެންނާނެކަން އަދިވެސް ޤަބޫލުކުރަން އުނދަނގޫކަން އެ އާއިލާއިން ފާހަގަކުރެއެވެ.

" ސުޝާންތް އަކީ ވަރަށް މިނިވަން ޚިޔާލާ ފިކުރުގެ މީހެއް. ވަރަށް އަނގަ ގަދަ. ވަރަށް ތޫނު ފިލި މީހެއް. އަބަދުވެސް ކަންކަން ހޯދާ ބަލަން ކެތް މަދުވެފައި ހުންނާނީ. ވަރަށް ބޮޑެތި ކަންކަން ހާސިލް ކުރަން ހުވަފެންތަކެއް ދުށް، ވަރަށް ހިއްވަރު ގަދަ މީހެއް. ސާދާ ހިނިތުން ވުމެއްގެ ވެރިއެއް. ތަރިތަކަށް ލޯބި ކުރި މީހެއް. ކުދި ކުދި ކަންކަމުން އުފާވެރިކަން ހާސިލް ކުރާ މީހެއް އޭނާ އަކީ." ސުޝާންތު އާއިލާއިން ވަނީ ބުނެފައެވެ.

ސުޝާންތު ނެތުމަކީ ފޫ ނުބެއްދޭނެ ފަދަ ހިތާމައެއް މުޅި އާއިލާ އަށް ކުރިމަތި ކުރުވި ކަމެއް ކަަމަށް އާއިލާއިން ވަނީ ބުނެފައެވެ. ސުޝާންތު އަކީ އެންމެން އުފާކޮށް ދޭން މަސައްކަތް ކުރި ފޭނުންނާއި، އާއިލާ އަދި ރަހުމަތްތެރިންގެ ހިތްތައް ފަތަހަ ކުރި މީހެއް ކަމަށް އާއިލާއިން ފާހަގަކުރެއެވެ.

އޭނާގެ އާއިޅާއިން ވަނީ ޕަޓްނާގައި ހުންނަ ސުޝާންތުގެ ގެ އޭނާގެ ހަނދާނުގައި ފައުންޑޭޝަން ހޯމް އަކަށް ބަދަލުކޮށްފައެވެ.

ސުޝާންތް މަރުވީ އަމިއްލައަށް ކަން އަދިވެސް އާއިލާއަށް ގަބޫލުކުރަން އުނދަނގުލެވެ. ދިއްލީ ފުލުހުން ދަނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުނިޔަ

    ސުޝާންތު ދުނިޔޭގައިހުރި އިރު ޢާއިލާއިން ތިލޯބިވީނަމަ....
    ޑިޕްރެޝަން ހުންނަ މީހަކު އެކަނި ދިރިއުޅެން ދޫކޮށްލީ ކީތްވެ؟

    26
    2