މީސް މިޑީއާ ފެށި މުޒާހަރާއެވެ. ހަމުގެ ކުލަ ދޮން މީހުންނަށް ހާއްސަވެފައި ހުންނަ ޕްރޮޑަކްޓްތަކާއި ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލަން ފެށިއެވެ. މީގެ ތެރެއިން އުމުރުން 22 އަހަރުގެ ޗަންދަނާ ހިރާން ފެށީ މަޝްހޫރު "ފެއާ އެންޑް ލަވްލީ"އާ ދެކޮޅަށެވެ. އެއީ ފެއާ އެންޑް ލަވްލީގައި ދޮން މީހުންނަށް އިސްކަމެއް ދީފައި ވާތީ އޭނައަށް ކަމުނުދިޔައީއެވެ.

އެހެންވެ އޭނާ ވަނީ އެ ނަން ބަދަލު ކުރުމާއި ދެކޮޅަށް އަޑު އުފުލަން ފަށާފައެވެ. އޭނާ އާއެކު އިތުރު ބައިވެރިން މިކަމުގައި ބައިވެރިވުމާއެކު އެންމެ ފަހުން ހިންދުސްތާން ޔުނިލިވާއިން މި ވަނީ އެ މީހުންގެ ސްކިން ކެއާ ބްރޭންޑުން "ފެއާ"މި ބަސް ނަގާނެ ކަމަށް ބުނެފައެެވެ.

އޭނާގެ ޕެޓިޝަންގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އެ މީހުން އަސްލު އަންގައިދޭން ބޭނުންވަނީ ހަމައެކަނި ދޮން މީހުންނަކީ "ލަވްލީ"މީހުން ކަމަށެވެ.

"އެހެންވެ އަަހަރެން ޕެޓިޝަންއެއް ފައިލް ކުރީ ފެއާ އެންޑް ލަވްލީ އާ ދެކޮޅަށް، އެ މީހުންގެ އެ ނެރޭޓިވް ބަދަލު ކުރުމަށް، އެތައް އަހަރެއްވެއްޖެ އެ މީހުން އެ ގޮތަށް އިޝްތިހާރު ކުރަމުންދާތާ، އަދި އެގޮތަށް ވިއްކަމުންދާތާ"،އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން އެ މީހުން އެ ބްރޭންޑުން "ފެއާ"ނަން ކަނޑާލަން ނިންމާފައިވާއިރު، އެކަމާއި ހިރާން ވަނީ ޝުކުރު އަދާކޮށް ޓްވީޓެއްވެސް ކޮށްފައެެވެ.

ހިރާން ޗޭންޖް.އޯއާރްޖީގައި ފެށި އެ ޕެޓިޝަންއަށް 15000 އާ ގާތްކުރާ އަދަދަކަށް ސޮއި ލިބުނެވެ.

"މިއީ ވަރަށް ލަދުވެތި ކަމެއް، އަހަރެންގެ ކުލައިގެ ތިބޭ މީހުންގެ ހިއްސާ އަހަރުމެންގެ ސަގާފަތުގައި ކުޑަ، އަހަރެންގެ ކުލައިގައި ހުރި ލީޑިންގ އެކްޓަރުންނެއް ނެތް، މޮޑެލުންނެއް ނެރް. މީސް މީޑިއާގެ ފިލްޓަރތަކުންވެސް އަބަދުވެސް މީހުން ދޮން ކުރަން ސަމާލުކަން ދެނީ". ހިރާން ބުނެފައި ވެއެވެ.

މޔުނިލިވާއިން އިން ވަނީ، އެ މީހުންގެ އެހެން ސްކިން ކެއާ ޕޯޓްފޯލިއާތައްވެސް ހަމަ އެގޮތަށް އެންމެންނަށް އިހުތިރާމް ކުރާ އަދި އެންމެންގެ ހަމުގެ ކުލައަށް ހާއްސަކޮށް އެ ވިޝަންގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

މިހާރު އެ މީހުން ދަނީ އެ ނަން ބަދަލު ކުރުމުގެ މަސައްކަތް ފަށާއި، އެ ކަމުގެ ހުއްދައަށް އެދިފައެވެ. އަދި އާނަމާއެކު ނެރޭ އެ ބްރޭންޑްގެ އުފެއްދުންތައް ކުރިއަށް އޮތް މަސްތަކުގައި ފެނިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މައިމޫނާ

    ޝައިޠާނާގެ ޢާލާތްތައް

    16
    2
  2. ޑިމޮކްރަޓިސްޓް

    އެމީހުނަށް ނޭންގުނުދޯ އެ ޕްރޮޑަކްޓަކީ ފެއަރ އަދި ލަވްލީ ކޮށްދޭ ޕްރޮޑަކްޓެއްވީމަ އެޕްރޮޑަކްޓަށް އެނަންދިނީއޭ ބުނާކަށް.