އެއްވެސް އަތެއް އަދި އެއްވެސް ފައެއް ނެތް ކުއްޖަކު އިންޑިއާގެ ދެމަފިރިއަކަށް ލިބިއްޖެއެވެ. މިކުއްޖާ އުފަންވީ އިއްޔެގެ ވަގުތެއްގައެވެ.

އުމުރުން 28 އަހަރުގެ އަންހެންނަކަށް ލިބުނު ކުއްޖާ އުފަންވީ މަދްޔަ ޕްރަދޭޝްގެ އަވަށަކަށެވެ.

ހަތަރެސްފައި ނެތް ކުއްޖާގެ ހާލަތު ބެލި ޑޮކްޓަރު ބުނީ މިކުއްޖާގެ އަތާއި ފައި ނެތުން ފިޔަވައި އިތުރު ސިއްހީ އެއްވެސް މައްސަލައެއް ކުއްޖާގެ ކިބައިން ފާހަގަ ކުރެވިފައި ނެތް ކަމަށެވެ. ނަމަވެސް އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަން އަދި އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށް ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދީފައި ވެއެވެ.

އުފަންވާއިރު އަތާއި ފައި ނެތި ކުދިން އުފަންވުމަކީ ވަރަށް މަދުން ދިމާވާ ކަމެކެވެ. ކޮންމެ އެއްލައްކަ ކުއްޖަކުން އެއް ކުއްޖަކަށް މިފަދަ ހާލަތެއް ދިމާވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އެމެރިކާގެ ކެރިލޮއިނާ އަށް ވެސް މީގެ ކުރިން މިފަދަ ކުއްޖަކު އުފަން ވެފައި ވެއެވެ. ޖޭސްމިން ސެލްފް ކިޔާ އަންހެނަކަށް ލިބުނު ފިރިހެން ކުއްޖާގެ އަތާއި ފައި ބޮޑުވަމުން ނުދާކަން ޖޭސްމިންގެ ބަނޑަށް ފަސް މަހުގައި ހެދި ސްކޭނުން އެނގުނެވެ. ޑޮކްޓަރު އޭރު ޖޭސްމީން އަށް ލަފާދިނީ ދަރިވައްޓާލާށެވެ. ނަމަވެސް ޖޭސްމީން ވަނީ އެކަމާއި ދެކޮޅު ހަދައި، ދުވަސް ފުރައި ދަރިފުޅު ވިހާފައެވެ. އެދަރިފުޅުގެ ހާލު އަދިވެސް ރަނގަޅެވެ.

މީގެ އިތުރުން މިފަދަ ނުކުޅެދުންތެރިކަމެއް ހުންނަ އޮސްޓްރޭލިއާގެ ނިކޮލަސް ޖޭމްސް އަކީ ވެސް އެތައް ބައެއްގެ ލޯބި ހޮދާފައިވާ މީހެކެވެ. މިހާރު އުމުރުން 44 އަހަރުގެ ނިކޮލަސް އަކީ އެތައް ފޮތެއް ލިޔެ، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަންވީ ގޮތް ކިޔައި ދިނުމަށް އެތައް ތަޤުރީރެއް ދީފައިވާ މީހެކެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އުފަންވާއިރު އަތާއި ފައި ނުއުފެދެނީ ޖެނެޓިކް ނުކުޅެދުންތެރިކަމެއްގެ ސަބަބުންކަން އެނގުނު ނަމަވެސް އެހެން ދިމާވާން މެދުވަނި ކީއްވެކަމެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތުނިޔަ

  ޢަވަށު މީހުން ތިކުއްޖާޔަށް އަޅުކަން ކުރަން ނުފަށައިފިއްޔާ ރދާނެ..

  17
  8
 2. ކާފަރު

  އަވަހަށް އަޅުކަން ކުރަން ފަށާ ދެން.. ބޯ ގަޅިތައް..

  7
  4
 3. މައި

  ހާދަ ލޯބި ކުއްޖެކޭ. ما شاء الله

  28
 4. ނަން

  އިންސާނުންގެ ހަށިގަނޑުގައި ބައިވަރު އަތާއި ފައި ހުންނާތީތަ އެއްވެސް އަތެއް އެއްވެސް ފައެއް ނެތޭ ތިކިޔަނީ