ރިއަލިޓީ ޓީވީ ޝޯ ކީޕިން އަޕް ވިތް ދަ ކަޑާޝިއަންސްއިން މަޝްހޫރުވި ކައިލީ ޖެނަގެ މަޝްހޫރު މޭކަޕް ބްރޭންޑް ކަައިލީ އިން އޭނާގެ ކޮއްކޮ ކެންޑަލް ޖެނަ އާ ގުޅިގެން އާ މޭކަޕް ލައިނެއް ތައާރަފްކޮށްފިއެވެ.

ރީތިވުމަށް ބޭނުން ކުރާ އެކި ބާވަތުގެ ސާމާނާއެކު ލޯންޗް ކުރި މި ކޮސްމެޓިކްސް ލައިން އަށް ނަން ދީފައިވަނީ "ކެންޑަލް"ގެ ނަމުންނެވެ. ކެންޑަލް އަކީ ކަޑާޝަން އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ފަހުން ކައިލީ އާ ގުޅިގެން އޭނާގެ މޭކަޕް ބްރޭންޑާ ގުޅޭ އައިޓަމްތަކެއް ތައާރަފް ކުރި މެމްބަރެވެ. މީގެ ކުރިން ކިމް ކަޑާޝިއަން އާއި ކްލޯއި ކަޑާޝިއަންވެސް ވަނީ ކައިލީ އާ ގުޅިގެން މެކަޕް ބްރޭންޑްތަކެއް ގެނެސްދީފައެވެ.

ނަމަވެސް ކައިލީގެ އަމިއްލަ އޮރިޖިނަލް ބްރޭންޑްތަކާއި އެއްވަރުގެ މަގްބޫލްކަމެއް އެ ބްރޭންޑްތަކަށް ނުލިބެއެވެ.

ކެންޑަލް ޖެނައަކީ މުޅި ދުނިޔޭގައި ވެސް އެންމެ އަގު ބޮޑު މޮޑެލްއެވެ.

ކެންޑަލްގެ ރިލީޒް ފާހަގަކުރަން އޭނާވަނީ ގާތް މީހުންނާއި އެކު އޭނާގެ ބޭސްމެންޓްގައި ޚާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިޖްތިމާއީ ގައިދުރުކަން ފަރިތަކުރަން ޖެހޭތީ ބޮޑު ހަފްލާއެއް ނުބޭއްްވުމުން، އެ ޕްރޮޑަކްޓް އިޝްތިހާރު ކުރުމުގެ މަސައްކަތް ކައިލީ އާ ކެންޑަލް ކުރީ މީސް މީޑިއާ މެދުވެރިކޮށެވެ.

އެ ދެ މީހުން ވަނީ ކައިލީގެ ދަރިފުޅު ސްޓޯމީ އާއެކު ކުޅެފައިވާ ވީޑިއޯއެއްގައި އެ މޭކަޕް ޕްރޮޑަކްޓްތައް ގަތުމަށް ފޭނުންގެ ކިބައިން އެދިފައެވެ.

އެ ބްރޭންޑްގެ ބޭރުގައި ޖަހާފައި ވަނީ ކެންޑަލް އާއި ކައިލީގެ ފޮޓޯއެވެ.

މިފަދަ ޕްރޮޑަކްޓެއް ނެރެފައި މިވަނީ ކައިލީ އަކީ ބިލިއަނަރެއް ކަމަށް ދެއްކުމަށް މަކަރު ހަދާފައިވާކަން ފަޅާ އެރުމުން އެނާގެ ފޭން ބޭސް ކުޑަ ވަމުންދާ ދުވަސްކޮޅެއްގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ތުނިޔަ

  ކޮބާ މިހާރު ފިޓްފާޒިލްގެ ޚަބަރަކީ..

  11
  1
 2. އަބޫ ޒަކަރިއްޔާ

  ރީތިކަން އިތުރުކުރުމަށް އެދޭމީހާއަށް އޮތީ އަޅުކަންކުރުން އތިރުކޮށް ﷲ އަށް ތަޤްވާވެރިވުން.. އޭރުން ސުވަރުގޭގައި އެމީހެއްގެ ރީތިކަން އިތުރުވާނެ.

  10