ޤައުމުތަކުގައި ސުލްހަ އާއި ހަމަހަމަކަމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ، އދ.ގެ މެމްބަރުންތަކެއް އެ ޖަމިއްޔާގެ ވެހިކަލެއްގެ ތެރޭގައި ބަދުއަހުލާޤީ އަމަލު ހިންގި މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވެ އެ މައްސަލަ ހޫނުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއިލްގެ އާންމު މަގެއްގެ މަތިން ނަގާފައިވާ މި ވީޑިއޯ ދައުރުވުމާއި ގުޅިގެން ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުން، ވީޑިއޯގައި ފެންނަނީ އިސްރާއިލްގައި ހަރަކާތްތެރިވާ އދ.ގެ މުވައްޒަފުންތަކެއް، އެ ޖަމިއްޔާގެ ލޯގޯ ޖެހި ވޭނެއްގެ ތެރޭގައި ބަދުއަހުލާގީ ހިންގަމުންދިޔަ މަންޒަރު ކަމަށެވެ. ވީޑިއޯގައި ފެންނަނީ ކާރުބާރުބޮޑު މަގަކުން ވޭނު ދަތުރުކޮށްފައި ދިޔަވަގުތު، އޭގެ ފަހަތުގައި އަންހެނަކާއި ފިރިހެނަކު ގައިގޯޅިވެ ޖިންސީ ގުޅުން ހިންގަމުންދިޔަ މަންޒަރުކަމަށް ވެސް ބީބީސީން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން އދ.ގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައި ވަނީ، ވީޑިއޯއިން ފެންނަނީ އެ ޖަމިއްޔާގެ މެމްބަރުންތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ އިސްރާއިލްގެ ޓެލް އަވިވް އަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ މުވައްޒަފުންތަކެއް ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލް ބުނެފައި ވެއެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުން އެ ހާދިސާއަށް އަމާވެފައި ވާއިރު އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު، ސްޓެފަނީ ޑުޖެރިކް ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެގޮތުން ވީޑިއޯ އާއި ގުޅިގެން އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ސްޓަފަނީ ބުނެފައި ވަނީ މިއީ އދ.ގެ މެމްބަރުންގެ ފަރާތުން ފެނިގެންވާނެ ފަދަ މަންޒަރެއް ނޫން ކަމަށާއި، އެކަން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އަހުލާޤީ މިންގަނޑު ދަށް މި އަމަލު މިހާރު އެ ޖަމިއްޔާއިން ތަހުޤީޤު ކުރަމުންދާއިރު، މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އދ.ގެ މެމްބަރުގެ މިފަދ މައްސަލަތައް އެ ޖަމިއްޔާއިން ތަހުޤީޤު ކުރަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައެވެ. އަދި އެފަދަ ކަންކަމުގައި ކުށްވެރިވާ ފަރާތްތަކަށް ޖަމިއްޔާއިން ހަރުކަށި އަބަދުވެސް ކަނޑައަޅާފައި ވެއެވެ. މީގެ ކުރިންވެސް އެ ޖަމިއްޔާގެ މެމްބަރުންނަށް މިފަދަ ތުހުމަތުތައް ކުރެވިފައި ވެއެވެ. ނަމަވެސް މިއީ ގިނަބައެއްގެ ސަމާލުކަމަށް މިފަދަ މައްސަލައެއް އައި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޛިމާން

    އެމެރި ކާ ބައެއްތަ؟ އޯ ކޭ ވާނެ އޭރުން....
    ތީ ޕޮނޯގްރޮފީގެ ވެސް 90 ޕަސެންޓް ޝާމިލްވާ ބައެއް ނު.... ތީ ހުއްދަ ކަމެއް އެމީހުންނަށް....

    18
    1
  2. ޞަބީ

    އިންސާނީ ހައްޤު ހޯދައިދެނީ

    22
  3. ދަރަނި ދަންތުރަ

    އެމީހުން ޒިނޭކުރީތަ ؟ ނޫނީ ބަދުއަހުލާގީ އަމަލެއް ހިންގީތަ ؟ މިއީ ތަފާތު ދެކަމެއްދޯ ؟ ރީތިކޮންލަންތަ ތިޔައުޅެނީ