މޫނުގައި ނަގާ އޮށަޅަ (ޕިންޕަލްސް) އާއި އޮށަޅަ ނެގުމަށްފަހު ހަންގަނޑަގެ އޮށަޅަނެގި ހިސާބަށް އަންނަ ހަޅުކަން (ބުލެކްހެޓްސް) ފިލުވާލުމަށް ވަރަށް ގިނަ އަގުބޮޑެތި ކުރީމްތައް ބޭނުން ކުރެއެވެ. އެހެންނަމަވެސް ގިނަ ފަހަރަށް މިކުރީމްތަކުގެ ސަބަބުން ހަންގަނޑަށް އަންނަނީ އިތުރު މޮޅިވެރިކަމެކެވެ.

ބުލެކްހެޓްސް އަދި ޕިންޕަލްސްއިން ދުއްވާލުމަށް ދަތްއުނގުޅާ ބޭސްހަކީ ވަރަށްވެސް މޮޅު ހަކީމެކެވެ. ދަތް އުނގުޅާ ބޭހުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ބުލެކްހެޓްސް އަދި ޕިންޕަލްސްއިން ދުރުވުމަށް އެހީތެވެދެއެވެ.

ބޭނުން ކުރާނެ ގޮތް

ފުތަރަމަ ކަމަކަށް ދަތް އުނގުޅާ ބޭސް މޫނުގެ ތަންކޮޅެއްގައި ހާކާލުމަށްފަހު، 15 މިނެޓްވަން ހުންނާށެވެ. ދެން ދޮވެލާށެވެ. އަދި އެއްވެސް ކަހަލަ ރަތްކަމެއް ހުރިތޯ ބަލާށެވެ. މިއީ ހަންގަނޑު ދަތްއުގުޅާ ބޭހުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އެލާޖިކް ވޭތޯ ބެލުމަށް ކުރާ ކަމެކެވެ. މިގޮތަށް ކަންކުރުމުން ރަތްވާނަމަ ދެން އޮތީ ހަމަ ކުރީމް ބޭނުން ކުރުމެވެ. ރަތް ނުވާނަމަ ނިދުމުގެ ކުރިން މޫނުގައި ޕިންޕަލްސް ނުވަތަ ބުލެކްހެޓްސް ނަގާފައިވާ ތަނުގައި އުގުޅައިގެން ނިދާށެވެ. އަދި ތެދުވެ، ފިނިފެނުން މޫނު ދޮވެލާށެވެ.

މިގޮތަށް ކަންކުރުމުގެ ކުރިން މިކަންކަމަށް ސަމާލުވޭ:

ދަތް އުނގުޅާ ބޭހުގައި ފުލޮރިން މިމާއްދާ ނެތްތޯ ޔަގީން ކުރަންވާނެއެވެ. ފުލޮރިންއަކީ ބައެއް މީހުންގެ ހަންގަނޑު އަންދާލުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ މާއްދާއެކެވެ. އަދި މީގެ އިތުރުން އެކި ކުލަ ކުލައިގެ ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ހުދު ދަތް އުނގުޅާ ބޭސް ބޭނުން ކުރާށެވެ. އެކި ކުލަ ކުލައިގެ ދަތް އުގުޅާ ބޭހުގައި ހުންނަނީ އެކި ކަހަލަ މާއްދާ އެކުލެވިފައެވެ. މީގެ ތެރެއިން ބައެއް މާއްދާތަކަކީ ހަންގަނޑަށް ގެއްލުން ހުރި މާއްދާތަކެއް ކަމުގައި ވެދާނެއެވެ.